Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމްއެމްއޭ އިން އަޅާފައިވާ ފިޔަވަޅުތައް

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފި

ޑޮލަރު ލިބުމަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2020 | އަންގާރަ 16:33
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިންގަމުން އަންނަ އިމާރާތް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިންގަމުން އަންނަ އިމާރާތް

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތައް ދެނަގަނެ، މި ގެއްލުންތައް ކުޑަކުރުމަށްޓަކައި އެމްއެމްއޭ އިން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައި ކަމަށެވެ. އެގޮތުން، މާލީ ނިޒާމަށް ކުރިމަތި ވެދާނެ ލޮޅުންތައް ކުޑަ ކުރުމަށް އެޅޭ ފިޔަވަޅުތަކުގެ އިތުރުން ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް އައިސްދާނެ ޕްރެޝަރ ކުޑަކުރުމަށް ވެސް އެތަކެއް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

Advertisement - businessAdvertisement

އެމްއެމްއޭ އިން އިތުރަށް ބުނީ ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލޭ މިންވަރު ނުވަތަ އިންފްލޭޝަން، ގައުމީ އުފެއްދުންތެރިކަމާއި އެކަށޭނަ މިންވަރެއްގައި ހިފެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުވެފައި އޮންނަނީ އެމްއެމްއޭ އާ ކަމަށާއި، މިގޮތުން، ބާޒާރުގެ އަގުތައް އެއް މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް އައިސްދާނެ ބަދަލުތައް ކުޑަކޮށް ދިވެހި ރުފިޔާގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށް އެމްއެމްއޭގެ މަނިޓަރީ ސިޔާސަތުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އޭގެތެރޭގައި، އެކްސްޗޭންޖް ރޭޓަށް ކުރާ ޕްރެޝަރ ކުޑަކުރުމަށްޓަކައި ބޭންކިންގ ނިޒާމުގެ ތެރޭގައި އިތުރަށް ދައުރުވާ ދިވެހި ރުފިޔާގެ އަދަދު މަނިޓަރީ ވަސީލަތްތައް މެދުވެރިކޮށް މެނޭޖްކުރުމާއި، ފޮރިން އެކްސްޗޭން އިންޓަވެންޝަން ސިޔާސަތުގެ ދަށުން ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ރާއްޖޭގެ ބާޒާރަށް ބޭރު ފައިސާ ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ.

އަދި މިދުވަސްވަރު ފައިސާ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ޕްރެޝަރ ކުޑަކުރުމަށްޓަކައި ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު ވަނީ ކޮވިޑް-19 އަށް ޚާއްސަ ކޮށްގެން އޭޕްރިލް، މެއި، ޖޫން އަދި ޖުލައި މަހުގެ ތެރޭގައި އިތުރު ކޮށްފައެވެ. ހަމައެއާއެކު، ސެޕްޓެމްބަރ މަހުން ފެށިގެން އިތުރު ތިން މަސް ދުވަހަށް ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން އިތުރު ކުރުމަށް ރޭވިފައިވާއިރު، މި އަދަދު ހާއްސަ ކުރެވޭނީ ޒަރޫރީ ބޭނުންތައް ކަމުގައިވާ ކާބޯތަކެތި އަދި ބޭސް ފަރުވާއަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމަށެވެ. އޭގެ އިތުރުން، ވިޔަފާރި ބޭންކުތަކަށް ދިމާވެފައިވާ ބޭރު ފައިސާ އަދި ދިވެހި ރުފިޔާގެ ލިކުއިޑިޓީގެ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން، ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ދިވެހި ރުފިޔާ އަދި ބޭރު ފައިސާގެ މިނިމަމް ރިޒާރވް ރިކުއަޔަމަންޓް (އެމްއާރްއާރް) ކުރިން ހުރި 10 އިންސައްތަ އިން 7.5 އިންސައްތަ އަށް އޭޕްރިލް މަހުގެ ތެރޭގައި ދަށް ކުރެވިފައިވާއިރު، ޖުލައި މަހުގެ ތެރޭގައި ބޭރު ފައިސާގެ އެމްއާރްއާރް 7.5 އިންސައްތަ އިން 5އިންސައްތަ އަށް ވަނީ އިތުރަށް ދަށް ކުރެވިފައި ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ބޭރު ފައިސާގެ ބާޒާރަށް ޑޮލަރު ވިއްކުމުގައި އެމްއެމްއޭ އިން ޚަރަދު ކުރަން ހުންނާނީ ރާއްޖޭގެ ރަސްމީ ރިޒާރވްއެވެ. ނަމަވެސް، ރާއްޖޭގެ ރަސްމީ ރިޒާރވަށް އިތުރުވާ ބޭރު ފައިސާގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ ބޭރު ފައިސާކަމުން، ފަތުރުވެރިކަން މަޑުޖެހިފައިވާ މި ދަނޑިވަޅުގައި މީގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާރވްއަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށްޓަކައި އެމްއެމްއޭ އިން ދަނީ ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން، އެމްއެމްއޭ އާއި ރިޒާރވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު، މި ސްވޮޕްގެ މުއްދަތު މިހާރު ވަނީ އިތުރު ކުރެވިފައެވެ. އަދި، އެމްއެމްއޭ އާއި ސަރުކާރާއި ގުޅިގެން ވަނީ އައިއެމްއެފް އަދި ބޭރުގެ އެހެނިހެން މާލީ އިދާރާތަކުން ތަފާތު އެކި މާލީ އެހީތެރިކަން ހޯދާފައެވެ. މީގެ އިތުރުން، އިންޑިއާ ސަރުކާރުން ރާއްޖެއަށް 250 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިންގ ދިނުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. މިފަދަ އެހީތަކާއި އަދި މީގެ އިތުރުން ސަރުކާރާއި އެމްއެމްއޭ އާއި ގުޅިގެން ބޭރު ފައިސާގެ އެހީ ހޯދުމަށް ކެނޑިނޭޅި ކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިތަކަށް ހައްލެއް ހޯދުމަށް މަގުފަހި ވެގެންދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖީޑީޕީއާރް އިއުލާންކުރުމާއެކު ގޫގުލްް އަދި ފޭސްބުކް އާއި ދެކޮޅަށް ބިލިއަން ޑޮލަރުގެ މައްސަލަތަކެއް

ޖީޑީޕީއާރް އިއުލާންކުރުމާއެކު ގޫގުލްް އަދި ފޭސްބުކް އާއި ދެކޮޅަށް ބިލިއަން ޑޮލަރުގެ މައްސަލަތަކެއް

27 މެއި 2018
12.3 ބިލިއަން ޑޮލަރުގެ މަތިންދާބޯޓު ގަންނަން އެމެރިކަން އެއަރލައިންސް އިން ނިންމައިފި

12.3 ބިލިއަން ޑޮލަރުގެ މަތިންދާބޯޓު ގަންނަން އެމެރިކަން އެއަރލައިންސް އިން ނިންމައިފި

07 އެޕްރީލު 2018
ޖެނުއަރީ މަހު އިންފްލޭޝަން އިތުުރުވި މިންވަރު ދަށަށް

ޖެނުއަރީ މަހު އިންފްލޭޝަން އިތުުރުވި މިންވަރު ދަށަށް

28 މާރިޗު 2018
އިކޮނޮމިކް މިނިސްޓްރީ އިން ނަންބަރު ދޫކުރާ ގަޑިތަކަށް ބަދަލު ގެނެސްފި

އިކޮނޮމިކް މިނިސްޓްރީ އިން ނަންބަރު ދޫކުރާ ގަޑިތަކަށް ބަދަލު ގެނެސްފި

25 ޖެނުއަރީ 2018
ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 99 ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 99 ޕަސެންޓް އިތުރުވެއްޖެ

19 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު