Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމެރިކަން އެއަރލައިންސް

12.3 ބިލިއަން ޑޮލަރުގެ މަތިންދާބޯޓު ގަންނަން އެމެރިކަން އެއަރލައިންސް އިން ނިންމައިފި

47 މަތިންދާބޯޓަށް އޯޑަރުކުރުމަށް ވަނީ ނިންމާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 7 އެޕްރީލު 2018 | ހޮނިހިރު 14:27
އެމެރިކަން އެއަރލައިންސްއަށް އެންމެ ފުރަތަމަ ގެނައި ބޮއިންގ ޑްރީމްލައިނަރ

އެމެރިކަން އެއަރލައިންސްއަށް އެންމެ ފުރަތަމަ ގެނައި ބޮއިންގ ޑްރީމްލައިނަރ

ދުނިޔޭގެ އެންމެ ބޮޑު އެއަރލައިން ކަމަށްވާ އެމެރިކަން އެއަރލައިންސް އިން 12.3 ބިލިއަން އެމެރިކާ ޑޮލަރަށް ބޮއިންގ ކުންފުނީގެ 47 މަތިންދާބޯޓު ގަންނަން އޯޑަރުދޭން ނިންމައިފިއެވެ.

އެމެރިކަން އެއަރލައިންސް އިން މިހާ ގިނަ އަދަދެއްގެ މަތިންދާބޯޓަށް އޯޑަރު ދޭން ނިންމީ އެކުންފުނީގެ ބާ ވަމުންދާ ފްލީޓް އައުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. އާ މަތިންދާބޯޓުތައް ގަންނަން އެމެރިކާގެ ބޮއިންގ ކުންފުންޏާ އެމެރިކަން އެއަރލައިންސްއާ އެކު ހެދޭ އެއްބަސްވުމުގެ ތަފްޞީލެއް މިހާތަނަށް ހާމައެއް ނުކުރެއެވެ. އާއްމުކޮށް މިހާ ގިނަ އަދަދެއްގެ މަތިންދާބޯޓަށް އޯޑަރު ކުރާ ނަމަ މަތިންދާބޯޓު އުފައްދާ ކުންފުނިން އެއެއަރލައިނަކަށް ރަނގަޅު ޑިސްކައުންޓެއް ދެއެވެ.

އެމެރިކަން އެއަރލައިންސް އިން އޯޑަރު ދިނުމަށް ނިންމާފައި ވަނީ ބޮއިންގ 787 ނުވަތަ އާއްމު ނަމުން ނަމަ ޑްރީމްލައިނަރތަކަށެވެ. ޑްރީމްލައިނަރގެ އޯޑަރާ އެކު އެކުންފުނިން މީގެ ކުރިން އޯޑަރު ދިން ބޮއިން 737 މަރުކާގެ 40 މަތިންދާބޯޓުގެ އޯޑަރު ވަނީ ކެންސަލްކޮށްފައެވެ. އަދި އެމެރިކަން އެއަރލައިންސްއާ އެއްކޮށްލުމުގެ ކުރިން ޔޫއެސް އެއަރވޭސް އިން 2005 ވަނަ އަހަރު ބޮއިންގއާ ވާދަވެރި އެއަރބަސް ކުންފުންޏަށް އޯޑަރު ދީފައިވާ އޭ-350 މަރުކާގެ 22 މަތިންދާބޯޓުގެ އޯޑަރު ވެސް ވަނީ ކެންސަލްކޮށްފައެވެ.

އެމެރިކަން އެއަރލައިންސްގެ ޕްރެޒިޑެންޓް ރޮބަރޓް އައިސޮމް ވިދާޅުވީ ބޮއިންގ 737ގެ އޯޑަރުތަކާއި އެއަރބަސްގެ މަތިންދާބޯޓުތަކުގެ އޯޑަރުތައް ކެންސަލްކުރީ އެކުންފުނިން ބޭނުންކުރާ މަތިންދާބޯޓުތަކުގެ މޮޑެލްތައް މަދުކުރުމަށް ކަމަށެވެ. މަދު މޮޑެލްތަކެއް ގެންގުޅުމުން ކުންފުންޏަށް ފަސޭހަތަކެއްވެ، ޚަރަދު ކުޑަވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އަލަށް އޯޑަރކުރާ މަތިންދާބޯޓުތަކުގެ ތެރެއިން 2020ވަނަ އަހަރު ބޮއިންގ ކުންފުނިން ޑެލިވަރކުރާ މަތިންދާބޯޓުތައް އައުމުން އެމެރިކަން އެއަރލައިންސްއިން ބޭނުންކުރާ ބޮއިންގ 767 މަރުކާގެ މަތިންދާބޯޓުތައް ބޭނުންކުރުން ހުއްޓާލާނެއެވެ. އަދި ބާކީހުރި ޑްރީމްލައިނަރތައް ޑެލިވަރކުރުމުން 2023ވަނަ އަހަރު އެމެރިކަން އެއަރލައިންސްއިން ބޭނުންކުރަމުން އައި އެއަރބަސް އޭ-330 އަދި ބޮއިންގ 777ގެ މަތިންދާބޯޓުތައް ބޭނުންކުރުން ހުއްޓާލާނެއެވެ.

އެމެރިކަން އެއަރލައިންސްއިން މިހާރު ވެސް 35 ޑްރީމްލައިނަރ ބޭނުންކުރަމުންދާއިރު، އަލަށް އޯޑަރުކުރި ޑްރީމްލައިނަރތަކާއި ކުރިން އޯޑަރކޮށްފައިވާ ޑްރީމްލައިނަރތައް ޑެލިވަރކުރުމުން އެކުންފުނީގައި 89 ބޮއިންގ ޑްރީމްލައިނަރ ބޭނުންކުރާނެއެވެ.

އެންމެ ބޮޑު އެއް އެއަރލައިނުން އެއަރބަސްގެ އޯޑަރތަކެއް ކެންސަލްކުރުމާ ގުޅިގެން ޔޫރަޕަށް ނިސްބަތްވާ އެެއަރބަސް ކުންފުންޏަށް ގޮންޖެހުންތަކެއް ކުރިަމަތިވާނެ ކަމަށް މުހައްލިލުން ދެކެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

14 އެޕްރީލު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު