Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޖީޑީޕީއާރް އިއުލާންކުރުން

ޖީޑީޕީއާރް އިއުލާންކުރުމާއެކު ގޫގުލްް އަދި ފޭސްބުކް އާއި ދެކޮޅަށް ބިލިއަން ޑޮލަރުގެ މައްސަލަތަކެއް

ޖީޑީޕީއާރ ގެ ސަބަބުން އޮންލައިންކޮށް މައުލޫމާތު ހޯދުމަށް ހުއްދަ ހޯދަން ޖެހޭނެ

މުހައްމަދު ޝަރުހާން
މުހައްމަދު ޝަރުހާން, ރާއްޖެ އެމްވީ | 27 މެއި 2018 | އާދީއްތަ 12:47
ފޮޓޯއިން: މީހަކު އޭނާގެ ލެޕްޓޮޕްގެ ބްރައުޒާ ހިސްޓްރީ ޑިލީޓްކުރަނީ ؛  މެއި 25 ގައި ޖީޑީޕީއާރ އަށް އަމަލުކުރަން ފަޝާފައިވާއިރު ގިނަ ކުންފުނި ތަކަކާއި ދެކޮޅަށް ވަނީ ކޯޓުގައި މައްސަލަ ހުށަހަޅާފައި

ފޮޓޯއިން: މީހަކު އޭނާގެ ލެޕްޓޮޕްގެ ބްރައުޒާ ހިސްޓްރީ ޑިލީޓްކުރަނީ ؛ މެއި 25 ގައި ޖީޑީޕީއާރ އަށް އަމަލުކުރަން ފަޝާފައިވާއިރު ގިނަ ކުންފުނި ތަކަކާއި ދެކޮޅަށް ވަނީ ކޯޓުގައި މައްސަލަ ހުށަހަޅާފައި

މެއި 25 ވަނަ ދުވަހު ޖީޑީޕީއާރް އަށް އަމަލުކުރަން ފެށުމާއެކު ގޫގުލް އަދި ފޭސްބުކް އާއި ދެކޮޅަށް 8.8 ބިލިއަން ޑޮލަރު ހޯދަން ކޯޓުތަކަށް މައްސަލަތަކެއް ވައްދައިފިއެވެ.

ގޫގުލް އަދި ފޭސްބުކް އާއި ދެކޮޅަށް މައްސަލަ ވައްދާފައި ވަނީ އޮސްޓްރޭލިއާގެ ޕްރައިވެސީ އެކްޓިވިސްޓެއް ކަމަށްވާ މެކްސް ޝްރެމްސް އެވެ. ޖީޑީޕީއާރް އަކީ ޔޫރަޕްގެ ޖެނެރަލް ޑާޓާ ޕްރޮޓެކްޝަން ރެގިއުލޭޝަން ކަމަށްވާއިރު މިއީ ޔޫރަޕްގެ ގައުމުތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ގަވާއިދެކެވެ. ނަމަވެސް އިންޓަނެޓަކީ ދުނިޔޭގެ އެންމެންވެސް ބޭނުންކުރާ އެއްޗަކަށް ވުމާއިއެކު މިކަމުގެ ފައިދާ އިންޓްނެޓް ބޭނުންކުރާ ހުރިހާ ފަރާތްތަކަކަށްވެސް ވާނެއެވެ. ޖީޑީޕީއާރް ގެ ގާނޫނުގެ ދަށުން އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު ރައްކާކުރާނަމަ އެ މައުލޫމާތު ރައްކާ ކުރުމުގެ ހުއްދައާއި މައުލޫމާތު ރައްކާކުރާ ސަބަބެއް ސާފުކޮށް ބަޔާންކުރަން ޖެހެއެވެ.

މެއި 25 ވަނަ ދުވަހު ޖީޑީޕީއާރްގެ ގަވާއިދަށް އަމަލު ކުރަން ފެށުމުގެ ކުރިން ގިނަ ސޯޝަލް މީޑީއާ ވެބްސައިޓްތައް އަދި ކުންފުނިތަކުންވަނީ އެމީހުންގެ ޕްރައިވެސީ ޕޮލިސީ އިސްލާހުކޮށް ބޭނުންކުރާ ފަރާތްތަކާއި އެކަން ހިއްސާކޮށްފަ އެވެ. ގޫގުލް އަދި ފޭސްބުކް އާއި ދެކޮޅަށް ކޮށްފައިވާ ދައުވާތައް ގިނަ ބައިތަކަކަށް ބެހިފައިވާއިރު ފޭސްބުކް އާއި ދެކޮޅަށް ކޮށްފައިވާ ދައުވާގެ ބައިތަށް މަޝްހޫރު ފޮޓޯ ޝެއާރިންގް ޕްލެޓްފޯމް އިންސްޓްގްރާމް ގެ އިތުރުން ޗެޓް ކްލަޔަންޓް ވަޓްސްއެޕްގެ މައްޗަށްވެސް ވަނީ ކޮށްފައިއެވެ. މީގެ އިތުރުން ހަތަރުވަނަ މައްސަލަ ހުށަހަޅާފައިވަނީ ގޫގުލްގެ އެންޑްރޮއިޑް އޮޕަރޭޓިންގް ސިސްޓަމްގެ މައްޗަށެވެ.

ޖީޑީޕީއާރް އިއުލާންކުރުމާއި ގުޅިގެން އޮންލައިން މައުލޫމާތު ހޯދުން މަދުވާނެ ކަމަށް ބައެއް ފަރާތްތަކުން އުންމީދުކުރާއިރު މިކަމުން ނިކުންނާނެ ނަތީޖާއެއް އިނގޭނީ ކުރިއަށްއޮތް ތަނުގައި ބޮޑެތި ކުންފުނިތަކުން އަމަލުކުރާ ގޮތަށް ބެލުމަށް ފަހުގައެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

ސަބްމެރިން ކޭބަލް މައްސަލަ ޖެހި އުރީދޫ އާއި އާރުއޮންލައިންގެ އިންޓަރނެޓް ލިބުމުގައި ދަތިތަކެއް

06 ޖޫން 2017
ސަބްމެރިން ކޭބަލް މައްސަލަ ޖެހި އުރީދޫ އާއި އާރުއޮންލައިންގެ އިންޓަރނެޓް ލިބުމުގައި ދަތިތަކެއް
22 މެއި 2017

އިސްލާމީ ޝަރީޢާއާ އެއްގޮތް ގަނެވިއްކުމުގެ ފައިނޭންސް ސްކީމެއް އެލިއާއިން ތައާރަފްކޮށްފި

22 މެއި 2017
އިސްލާމީ ޝަރީޢާއާ އެއްގޮތް ގަނެވިއްކުމުގެ ފައިނޭންސް ސްކީމެއް އެލިއާއިން ތައާރަފްކޮށްފި
22 މެއި 2017

އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި

22 މެއި 2017
އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި
21 މެއި 2017

ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ

21 މެއި 2017
ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު