Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއިންފްލޭޝަން

ޖެނުއަރީ މަހު އިންފްލޭޝަން އިތުުރުވި މިންވަރު ދަށަށް

އިންޕްލޭޝަން ރޭޓް ހުރީ 1.1 ޕަސެންޓް މަޑުޖެހިފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 28 މާރިޗު 2018 | ބުދަ 03:51
ބާޒާރު ސަރަހައްދުގައި ގިނަ އަދަދެއްގެ މުދާ ފިހާރަ ބޭރުގައި ބަހައްޓާފައި

ބާޒާރު ސަރަހައްދުގައި ގިނަ އަދަދެއްގެ މުދާ ފިހާރަ ބޭރުގައި ބަހައްޓާފައި

ރާއްޖޭގައި ތަކެއްޗާއި ހިދުމަތުގެ އަގުތަކުގެ އިންފްލޭޝަން ރޭޓް އިތުރުވި މިންވަރު 1.1 ޕަސެންޓް މަޑުޖެހިފައިވާ ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭގެ އިގްތިސާދީ މުރާޖައާ ރިޕޯޓްގައި ބުނެފައިވަނީ، 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް މަތިވި މިންވަރު 1.3 ޕަސެންޓްގައި ހުރުމަށް ފަހު 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު މި ރޭޓް އިތުރުވި މިންވަރު 1.1 ޕަސެންޓް އަށް ދަށްވެފައިވާކަމަށެވެ. މިކަމުގެ މައިގަނޑު ސަބަބަކީ މި މުއްދަތުގެ ތެރޭގައި ކަރަންޓާއި ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން ކާޑުގެ ބާވަތްތަކުގެ އަގު ދަށްވެފައިވުމެވެ. އެހެން ނަމަވެސް ދިރިއުޅޭ ތަންތަނުގެ ކުއްޔާއި ދުންފަތުގެ ބާވަތްތަކުގެ އަގުތައް މަތިވުމާއި ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް ހާއްސަކޮށް ތަރުކާރީގެ އަގު މައްޗަށް ގޮސްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

މީގެ އިތުރުން މަހު މަހަށް ބަލާ އިރު 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންފްލޭޝަން ރޭޓް 0.9 ޕަސެންޓްގައި ހުރުމަށް ފަހު 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އިންފްލޭޝަން ރޭޓް މަތިވެފައި ވަނީ 0.3 ޕަސެންޓަށެވެ.

މިކަމުގެ މައިގަނޑު ސަބަބަކީ ކާބޯތަކެތީގެ ތެރެއިން މަހުގެ ބާވަތްތަކާއި ތަރުކާރީގެ އަގާއި ދިރިއުޅޭ ތަންތަނުގެ ކުލި މި މުއްދަތުގެ ތެރޭގައި ކުޑަ މިންވަރަކަށް އިތުރުވެފައިވުން ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.

އިންފްލޭޝަން ރޭޓް ދަށްވެފައިވާ އިރު މިދިޔަ އަހަރު އިންފްލޭޝަން އެންމެ މައްޗަށް އަރާފައިވަނީ މެއި މަހު އެވެ. އެ މަހު އިންފްލޭޝަން ރޭޓް ވަނީ 4.6 ޕަސެންޓަށް އަރާފަ އެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
03 މާރިޗު 2017

ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!

03 މާރިޗު 2017
ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު