Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްއީއޯސީގެ މަސައްކަތްތައް

ރައީސްގެ އިރުޝާދުގެ ދަށުން އެޗްއީއޯސީގެ މަސައްކަތްތައް ކުރިއަށްދަނީ ނައިބު ރައީސްގެ ބެއްލެވުމުގެ ދަށުން

ބައްދަލުވުމުގެ ރިޔާސަތު ރިޔާސަތު ބަހަލައްޓަވަނީ ނައިބު ރައީސް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2020 | އަންގާރަ 08:18
31 އޮގަސްޓުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން

31 އޮގަސްޓުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން

ފާއިތުވި ހަފްތާގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށްފައިވާއިރު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އިރުޝާދުގެ ދަށުން އެޗްއީއޯސީގެ މަސައްކަތްތައް މިހާރު ކުރިއަށްދަނީ ނައިބު ރައީސް ފައިސަލް ނަސީމްގެ ބެއްލެވުމުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ފާއިތުވި ހަފްތާގައި ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލާ ނެރުނު ވީޑިއޯއެއްގައި ބުނެފައިވަނީ ކޮންމެ ދުވަހެއްގެ މެންދުރު ކުރީގައި ބާއްވާ ހެލްތް އިމަރޖެންސީ ކޮޑިނޭޝަން ކޮމެޓީގެ ބައްދަލުވުމުގެ ރިޔާސަތު ބަހަލައްޓަވަނީ ނައިބު ރައީސް ކަމަށެވެ.

Advertisement - newsAdvertisement

އާންމުކޮށް މި ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނެވެ. އެގޮތުން ފުލުހުންނާއި އެލްޖީއޭއާ އައިޖީއެމްއެޗް، ފިނޭންސް މިނިސްޓްރީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ވެސް މި ބައްދަލުވުންތަކުގައި ބައިވެރިވެއެވެ.

މި ބައްދަލުވުންތައް ކޮންމެ ދުވަހަކު ވެސް ކުރިއަށްދަނީ 11:00ން 12:00ށެވެ. ކޮޑިނޭޝަން ކޮމެޓީގެ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ހޮސްޕިޓަލުގެ އެނދުތައް އިތުރު ކުރުމަށާއި ގުޅީފަޅުގައި ހުރި ފެސިލިޓީ އިންސްޕެކްޓްކޮށް މީހުން އެތަނެއް ގެންދެވޭނެ ގޮތެއް ހަމަޖެއްސުމަށާއި ފަރުކޮޅުފުށި ފެސިލިޓީގެ އޮޕަރޭޝަންތައް ރަސްމީކޮށް ފެށުމަށް ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ. މީގެއިތުރުން ރިޓަޔަރކޮށްފައި ތިބި ލެބްރޯޓަރީ ޓެކްނީޝަނުންނާއި ނަރުހުން ހިދުމަތަށް ގެނައުމަށް މަޝްވަރާ ކުރެވުނު ކަމަށް ވެސް އެޗްއީއޯސީން މައުލޫމާތުދެއެވެ.

ހެލްތް އިމަރޖެންސީ ކޮޑިނޭޝަން ކޮމެޓީގެ ބައްދަލުވުމުގެ ރިޔާސަތު ނައިބު ރައީސް ބައްލަވާއިރު އެޗްއީއޯސީން އަންނަނީ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ ރާއްޖޭގެ ހާލަތާއި ގުޅޭ މައުލޫމާތު ފޯރުކޮށްދެމުންނެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ
07 މާރިޗު 2017

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017
އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
24 ފެބުރުއަރީ 2017

ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް

24 ފެބުރުއަރީ 2017
ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު