Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހީވާގި ކަނބަލުން

ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް

ޑިރެކްޓަރުގެ ބޯޑުގެ 40 ޕަސެންޓް އަންހެނުންނަށް ހަދާނަން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 24 ފެބުރުއަރީ 2017 | ހުކުރު 04:52
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

ދިވެހި ކަނބަލުން ކުރާ މަސައްކަތްތަކީ އުންމީދާ ފޯރިޔާއެކު ކުރާ މަސައްކަތްތަކަށް ހަދަން ޖެހޭ ކަމަށާއި މި ސަރުކާރުން އަންހެން ކަނބަލުންގެ މަސައްކަތްތަކަށް ހިތްވަރުދެއްވާނެ ކަމަށް ރައީސުޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ.

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިސް ނަންގަވައިގެން އިންތިޒާމުކުރި ހީވާގީ ކަނބަލުންގެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި އެކްސްޕޯގައި އަންހެނުންގެ ހުނަރުވެރި ގިނަ މަސައްކަތްތަކެއް ފެނިގެންގޮސްފައިވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މިފަދަ އެކްސްޕޯތަކުން ފެންނަ ހުނަރު ތަކަކީ މިހާރަށްވުރެ ފުޅާ ދައިރާއެއްގައި ލިބޭނެ ތަކެތި ކަމުގައި ވާޏްޖެހޭ ކަމަށާއި މިފެނިގެންދިޔަ މަސައްކަތްތަކަށް ރާއްޖޭގެ ރަގަޅު މާކެޓެއް އޮންނަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އެކަން ކުރުމަށްޓަކާ ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އަންހެނުންނަކީ އިގްތިސާދީ ފުދުންތެރިކަމާއި މަސައްކަތް ކުރުމުގެ ދައިރާގައި ހަމަހަމަ ފުރުސަތުތަކެއް ލިބިގެންވާ ބަޔަކަށް ވާންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

"މިހާރު މިކުރެވޭ އެކިއެކި މަސައްކަތުގެ ތެރެއިން މާސް ޕްރޮކްޝަން އަކަށް ވަކިވަކި އަންހެނަކު އެކަނި ދާކަށް ފަސޭހައެއް ނުވާނެ" ރައީސް ޔާމީން ވިދާޅުވި.

އަންހެނުންނަށް ހައްގުތައް ފޯރުކޮށްދިނުމުގައި މިއަދު ރާއްޖެ އޮތީ ފަހުރުވެރިވާންޖެހޭ ހާލަތެއްގައިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ސިއްހީ ދައިރާ އާއި ކިޔަވާދިނުމުގެ ދައިރާއަށް ބަލާލިޔަސް ފެނިގެން މިދަނީ ގިނަ އަދަދެއްގެ އަންހެނުން އެ މަސައްކަތްތަކުގައި އުޅެމުންދާ މަންޒަރުކަމަށެވެ. މި ކަމަކީ މި ސަރުކާރުން ކުރެވިފައި އޮތް ކަމެެއް ނޫނެވެ. ޒަމާނުއްސުރެ ވެސް ސިއްހީ ދާއިރާ އާއި ސްކޫލްތަކުގައި ގިނައީ އަންހެން މުވައްޒަފުންނެވެ.

އަދި ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުގެ ސިޔާސީ މަގާމުތަކަށްވެސް އަންހެންނަށް އިތުރު ފުރުސަތުތަކެއް ލިބި، ބާރުވެރި އަންހެނުންތަކެއް އުފެދިންދާނެ ކަަމަށް އުންމީދު ކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.

އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ 20 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށްފައިވާ ކަމަށާއި މި ސަރުކާރުގެ ފަސް އަަހަރުގެ ތެރޭގައި ޑިރެކްޓަރުންގެ ބޯޑުގައި 40 ޕަސެންޓް އަންހެނުން ހިއްސާވާނެފަދަ ގޮތަށް ބަދަލުކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގައުމީ ހިސާބުތައް ހަދާގޮތުން، ގޭތެރޭގެ އެކުރާ މަސައްކަތްތަކެއް ޖީޑީޕީއަކަށް ނުވަދޭ. އެހެން ނަމަވެސް އަންހެނުންގެ ހިވާގި މަސައްކަތްތައް ފެންނަލެއް ދަނީ އިތުރުވަމުން" ރައީށް ޔާމީން ވިދާޅުވި އެވެ.

ހީވާގި ކަނބަލުންގެ މައުރަޒުގައި 420 ފަރުދުން ބައިވެރިވެފައިވާއިރު ގްރޫޕުތަކުން 90 ފަރާތުން ވަނީ ބައިވެރިވެފަ އެވެ. އަދި 92 ޖަމިއްޔާއެއް މި މައުރަޒުގާ ތަކެތި ބައިވެރިކޮށްފައިވެ އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު