Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީ ތަރައްޤީ

އައްޑޫ ސިޓީގެ ތަރައްޤީ އަށް މިސަރުކާރުން އިހުމާލެއް ނުވާނެ: ރޮޒައިނާ

31 އޯގަސްޓު 2020 | ހޯމަ 06:19

ރައީސް ސޯލިހުގެ ސަރުކާރުން އައްޑޫ ސިޓީއަށް އިހުމާލެއް ނުވާނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 31 އޯގަސްޓު 2020 | ހޯމަ 06:19
އައްޑޫ ސިޓީގެ ރަށްތައް ގުޅުވައިދޭ ކޯސްވޭ

އައްޑޫ ސިޓީގެ ރަށްތައް ގުޅުވައިދޭ ކޯސްވޭ

ވޭތުވެދިޔަ ސަރުކާރުތަކުން ހިންގާފައިނުވާވަރުގެ ގިނަ މަޝްރޫއުތައް އަހަރު ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގައި ހިންގަމުންދާ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ސިޓީއަށް އިހުމާލެއް ނުވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ތަރައްޤީ އަށް މި ސަރުކާރުން އެއްވެސް ވަރަކަށް އަޅާނުލާ ކަމަށް ބުނެ ސިޔާސީ އެކި ފަރާތްތަކުން ދަނީ ތަފާތު ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކަމުންނެވެ. އަދި އިންޑިއާ ސަރުކާރުގެ ގްރާންޓް އެހީގެ ދަށުން އައްޑޫ ސިޓީގައި ހަދަމުންދާ ޕޮލިސް އެކަޑަމީ އަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއް ކަމަށް ދޭހަވާ މޭރުމުން ވެސް އެފަރާތްތަކުންދަނީ ހަގީގަތާ ހިލާފު ވާހަކަ ފަތުރަމުންނެވެ.

Advertisement - newsAdvertisement

ރާއްޖެޓިވީގެ ސިޔާސީ ދުނިޔެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ، މިސަރުކާރުން ރާއްޖޭގެ ތަންތަން ވިއްކަނީ ކަމަށް ބުނެ ފަތުރާ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަދި ގައުމު ވިއްކާލަން ގާނޫނުތައް ހެދީ އިދިކޮޅު ފަރާތްތަކުން އޭރު ވެރިކަމުގައި ތިއްބަވައިގެން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ އައްޑޫ ސިޓީގައި ހަދާ ޕޮލިސް އެކަޑަމީގެ މަސައްކަތް އެއްކޮށް ނިމުމުން ދިވެހި ސަރުކާރާ ހަވާލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެތަނުގައި އެއްވެސް ވަރަކަށް އިންޑިއާގެ އަސްކަރިއްޔާގެ މަސައްކަތްތަކެއް ހިންގުމަށް ހަމަޖެހިފައިނުވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގެ ތެރެއިން ކޮވިޑް-19ގެ ހާލަތުގައިވެސް ގިނަ އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ. ވަކިން ހާއްސަކޮށް އައްޑޫގެ ތަރައްގީއަށް އިންޑިއާއިން ބޮޑު ހޭދައެއް ކުރަމުން އަންނަ ކަމަށް ރޮޒައިނާ ވިދަޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ އައްޑޫ ސިޓީގައި ސަރުކާރުން ހިންގަމުންދާ ޕްރޮޖެކްޓްތަކާއި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގެ ވާހަކަ އަޑު އިވުމުން އައްޑޫ ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ސަރުކާރުން ވެފައިވާ ވައުދުތަކާ އެއްގޮތަށް ޕްރޮޖެކްޓްތައް ކުރިއަށްދާކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ އައްޑޫ ސިޓީގެ ވަކިވަކި ރަށްތަކަށް ބެލި ނަމަވެސް ގިނަ މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ބައެއް މަޝްރޫއުތަކަށް މަޑުޖެހުމެއް އައި ނަމަވެސް އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ މަސައްކަތްތަކެއް ނިންމުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ކޮވިޑާ ގުޅިގެން ހުއްޓުމަކަށް އައިސްފައިވާނުވާ ކަމަށާއި މިހާލަތުގައި ވެސް ރައްޔިތުންނަށް ދޭންޖެހޭ ހުރިހާ އަސާސީ ހައްގެއް ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ކޮވިޑުގެ ހާލަތު މެނޭޖް ކުރުމުގައި ސަރުކާރުން ކުރަމުންދަނީ ހިކުމަތްތެރި މަސައްކަތްތަކެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް