Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށި ހޮސްޕިޓަލް

ޖުލައި މަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން 10،000އަށް ވުރެގިނަ މީހުން ހިދުމަތް ހޯދި!

29 އޯގަސްޓު 2020 | ހޮނިހިރު 08:20

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ހިދްމަތް ހޯދަން ދާމީހުން ދުވަހަކަށްވުރެ ދުވަހެެއް އިތުރުވަމުންދޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 އޯގަސްޓު 2020 | ހޮނިހިރު 08:20
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ދާއޫދު (ކ)

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ދާއޫދު (ކ)

މިދިޔަ ޖުލައި މަހު ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން (ކޭއާރުއެޗް) 10،000 އަށްވުރެގިނަ މީހުން ހިދުމަތް ހޯދައިފި އެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ކުޅުދުއްފުށި އޮންލައިނަށް ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ރިއާޔަތްކޮށް، ބުނެފައިވަނީ، މިދިޔަ ޖުލައި މަހު އެ ހޮސްޕިޓަލުން 10،145 މީހުން ހިދުމަތް ހޯދާފައިވާ ކަމަށެެވެ. މިދިއަ އަހަރުގެ ޖުލައި މަހު ހިދްމަތް ހޯދާފައިވަނީ 8501 މީހުންނެވެ.

Advertisement - newsAdvertisement

މިއަހަރުގެ ޖޫން މަހު، 9830 މީހުން ހިދުމަތް ހޯދިއިރު، މިދިޔަ 2019 ވަނަ އަހަރުގެ ޖޫން މަހު އެ ހޮސްޕިޓަލުން ހިދުމަތް ހޯދާފައިވަނީ 7401 މީހުންނެވެ.

މިއަހަރުގެ މެއި މަހު 2945 މީހުން ހިދުމަތް ހޯދިއިރު، މިދިއަ އަހަރުގެ މެއި މަހު، 6072 މީހުން ހިދްމަތް ހޯދާފައި ވެއެވެ. އަދި މިއަހަރުގެ އޭޕްރީލް މަހު، 3723 މީހުން ހިދުމަތް ހޯދާފައިވާއިރު، މިދިއަ އަހަރުގެ އޭޕްރީލް މަހު 8554 މީހުން ހިދްމަތް ހޯދާފައި ވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު މާލެ ސަރަހައްދަށް ބޭސްފަރުވާ ހޯދުމަށް ހުރި ދަތިތަކުގެ ސަބަބުން މާލޭން އުތުރުގެ ގިނަ ބަޔަކު ހިދުމަތް ހޯދައި އަންނަ އެ މަންޒިލަކަށް ކުޅުދުއްފުށި ސިޓީ ވެފައިވެ އެވެ. އެގޮތުން މާލެ އަތޮޅާއި ޅ އަތޮޅުގެ އިތުރުން ބ އަދި ރ އަތޮޅުންވެސް އެ ސަރަހައްދުތަކުގެ ހޮސްޕިޓަލުތަކުން ލިބެން ނުހުންނަށް ފަރުވާ ހޯދުމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށްދާ ކަމަށް ކުޅުދުއްފުށި އޮންލައިނުން ހާމަކޮށްފައި ވެއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުން އަތޮޅުގެ އެހެން ރަށްތަކާއި އުތުރުގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށް ބަލިމީހުން ބެލުގެ ޕްރޮގްރާމެއްވެސް މިއަހަރުގެ ތެރޭގައި ހިންގާފައި ވެއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ހިދުމަތް ހޯދަން އަންނަ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު އެ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދާ ހަވާލާ ދެއްވައި ކުޅުދުއްފުށި އޮންލައިންގައި ބުނެފައިވަނީ، ކުޅުދުއްފުށިން ރަށުން ބޭރުން އަންނަ ފަރާތްތަކަށް ދަތިވާ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކާ މަސައްކަތްތަކެއް ހޮސްޕިޓަލުން ކުރަމުންދާ ކަމަށެވެ. އެގޮތުން ރަށުން ބޭރުން ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހާއްސަ ގޮތްތަކެއް ހޯދައިދުމުގެ ގޮތުން އެ ރަށްރަށުގެ ހެލްތް ސެންޓަރުތަކާއި ފެރީގެ ހިދުމަތް ދޭ ފަރާތްތަކާ ވާހަކަ ދައްކަމުންގެންދާކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ.

އަހުމަދު ވިދާޅުވެފައިވަނީ، ދަތިތަކާއެކުވެސް ހޮސްޕިޓަލާއި ކަމާ ގުޅުން ހުރި ސަރުކާރުގެ މުއައްސަސާތަކުގެ އެއްބާރުލުމާއެކު އާ ހިދުމަތްތަކެއް ތައާރަފްކުރެވި ގިނަ ކުރިއެރުންތަކެއްވެސް ހޯދިފައިވާ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެން މައްސަލަތަކާއި އެހެނިހެން ހިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކުގެ މައްސަލަވެސް ބޮޑުކަން އަހުމަދު ވަނީ ފާހަގަ ކުރައްވާފަ އެވެ.

އަހުމަދު ވިދާޅުވީ، އެޑްމިޓް ކުރާނެ އެނދު މަދުވުމުގެ ސަބަބުން އިތުރު ޕްރޮސީޖާތައް ފެށުމާއި ހިދްމަތް ފުޅާކުރުމަށް ވެސް ދަތުތަކެއް އެބަހުރި ކަމަށެވެ. މީގެ އިތުރުން، ޕްރައިވެޓް ރޫމްތައް އެއްގޮތަކަށް ވެސް ނެތުމުގެ ސަބަބުން ގިނަ ދަތިތަކެއް އެބަހުރި ކަމަށްވެސް އަހުމަދު ވަނީ ފާހަގަ ކުރައްވާފަ އެވެ. މީގެއިތުރުން ވެސް، މެޑިކަލް ކޮންސިއުމަބްލްސް އަދި ފާމަސިއުޓިކަލްސް ލިބުމުގައިވެސް މިދުވަސްވަރު ދަތިތަކެއް ދިމާވެފައިވާ ކަމަށް ވެސް އަހުމަދު ވިދާޅުވެފައި ވެއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތެރޭގެ އެންމެ ގިނަ މީހުން ހިދުމަތް ހޯދަމުންދާ އެއް ހޮސްޕިޓަލެވެ. އެވްރެޖްކޮށް ދުވާލަކު އެ ހޮސްޕިޓަލުން 300-400 ދެމެދުގެ އަދަދަކަށް މީހުން ހިދުމަތް ހޯދާކަމަށް ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް