Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭޑީކޭ އޮޕަރޭޝަން

އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ގިނަ އަދަދެއްގެ ތަޖުރިބާކާރު ޑޮކްޓަރުން ބައިވެރިވެވަޑައިގަންނަވާ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 15 އެޕްރީލު 2017 | ހޮނިހިރު 11:01
އޭޑީކޭ އިން ލައިވްކުރި ރާއްޖޭގެ ފުރަތަމަ ސްޕައިނަލް އޮޕަރޭޝަން ކުރިއަށް ދަނީ

އޭޑީކޭ އިން ލައިވްކުރި ރާއްޖޭގެ ފުރަތަމަ ސްޕައިނަލް އޮޕަރޭޝަން ކުރިއަށް ދަނީ

އެކްސްޕާޓް ޑޮކްޓަރުންގެ 100 އަށްވުރެ ގިނަ ޑޮކްޓާރުން ހިމެނޭ ގޮތުން ސްޕައިން ނުވަތަ މައިބަދައިގެ ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް އޭޑީކޭއިން ލައިވް ކާސްޓް ކޮށްފިއެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ގިނަ އަދަދެއްގެ ތަޖުރިބާކާރު ޑޮކްޓަރުން ބައިވެރިވެވަޑައިގަންނަވާ، ސްޕައިނަލް ކޮންފަރެންސް އަށްފަހު އޭޑީކޭއިން ވަނީ، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބު ކަމާ އެކު ނިންމާލާފައެވެ.

Advertisement - newsAdvertisement

ޔޫޓިއުބުން ވަގުތުން ދައްކަމުން ދިޔަ ސާޖަރީގައި އޭޑީކޭގެ ނިއުރޯ ސާޖަން އަލީ ނިޔާފާއި އެމެރިކާގެ ޑޮކްޓަރުން އެކުލެވޭ ގޮތުން އެކްސްޕާޓުންގެ ޓީމެއް ވަނީ ހަރަކާތްތެރިވެފައެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 8.00 ގައި ފެށި ކާމިޔާބު މި އޮޕަރޭޝަނާ ގުޅޭ ގޮތުން، އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ ރާއްޖޭގެ އިތުރުން އެމެރިކާ އާއި ސްރީ ލަންކާ އާއި އިންޑިއާ އަދި ނޭފާލް ފަދަ ގައުމުތަކުގެ ޑޮކްޓަރުންނާ އެކު ޖުމްލަ 100 އަށް ވުރެ ގިނަ ޑޮކްޓަރުން ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.

އަފްއާލް ވިދާޅުވި ގޮތުގައި މުޅިން އަލަށް ރާއްޖޭގައި މިފަދަ ކޮންފަރެންސެއް ބާއްވަނީ ސްޕައިން ސާޖަރީގައި ދުނިޔެ އަށް އަންނަމުންދާ ކުރިއެރުންތައް ރާއްޖެ އަށް ވެސް ގެނައުމަށެވެ.

"މައިބަދައިގެ މައްސަލައެއް ހުރި މީހެއްގެ ޑިސްކެއް، ކަނދުރާއާ ދިމާލުން ނެޗުރަލް ޑިސްކް ހަމަ އެއްކޮށް ނެގީ، ޓޯޓަލް ރިޕްލޭސްމަންޓެއް މިއީ،" އައްފާލު ވިދާޅުވިއެވެ.

އައްފާލު ވިދާޅުވީ، މައިބަދައިގެ މި އޮޕަރޭޝަންގައި ޕޭޝަންޓްގެ ކަނދުރާގެ ޑިސްކް ނަގައި އާޓިފިޝަލް ޑިސްކެއް ވަނީ ލައްވާފައެވެ.

ކިޔަވާ ދަރިވަރުން އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި އޭޑީކޭ އާއި އެމްއެންޔޫއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ މި ކޮންފަރެންސް އެމްއެންޔޫގެ ކޮންފަރެންސް އޮންނަ ހޯލުގެ އިތުރުން އޭޑީކޭގެ ސްކޫލް އޮފް ހެލްތު ސައިންސްގެ ކްލާސް ރޫމްގައި ސާޖަރީ ލައިވްކޮށް ވަނީ ދައްކާފައެވެ.

މި ކޮންފަރެންސްގައި ހުކުރުދުވަހުގެ ރޭވަނީ، ސްޕައިންއާ ގުޅޭ ސައިންޓިފިކް ކަރުދާސްތައް ހުށައަޅާ މައުލޫމާތު ބަދަލުކުރެވިފައި ކަމަށް އޭޑީކޭއިން ބުންޏެވެ.

އައްފާލު ވިދާޅުވީ، މިއީ މި ރީޖަންގައި ވެސް ވަރަށް މަދުން ތަޖުރިބާކުރި ކަމެއް ކަމުން ރާއްޖޭގެ ކިޔަވާ ކުދިންނަށާއި، ސިއްޚީ ދާއިރާއަށް ވެސް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެކެވެ.

"ރާއްޖޭގައި ސިއްހީ ދާއިރާ އިން ކިޔަވައިދިނުން އެހެން ހަރުފަތަކަށް މިކަމުން ގެންދާނެ،" އައްފާލު ވިދާޅިވިއެެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު