Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިނޭންސް މިނިސްޓްރީ

ކުޑަކުރި މުސާރަތައް އިޔާދަކޮށްފި

25 އޯގަސްޓު 2020 | އަންގާރަ 06:15

ރައްޔިތުންގެ މަޖިލީހުގެ ހުއްދަ އާއި އެކު ކުޑަކުރި މުސާރަތަކަށް ބަދަލު ގެންނަން ހުއްދަ ދީފައި ވަނީ ޖުލައިމަހުގެ ނިޔަލަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 އޯގަސްޓު 2020 | އަންގާރަ 06:15
ފިނޭންސް މިނިސްޓަރި އިބްރާހިމް އަމީރު

ފިނޭންސް މިނިސްޓަރި އިބްރާހިމް އަމީރު

ކޮވިޑް-19 އާއި ގުޅުގެން ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ކުޑަކޮށްފައިވާ މުސާރަތައް އަލުން އިޔާދަކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ވަނީ ސިޔާސީ މުވައްޒަފުންގެ މުސާރަ އާއި ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މުސާރަ އަދި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން 20،000 ރުފިޔާއަށް ވުރެން މަތިން އަސާސީ މުސާރަ ލިބޭ ފަރާތްތަކުގެ މުސާރަ ކުޑަކޮށްފައެވެ. އަދި ރައްޔިޔުންގެ މަޖިލީހުގެ ހުއްދައެކު މަޖިލީހުގެ މެންބަރުން މުސާރަ އާއި ރައީސުލް ޖުމްހޫރިއްޔާގެ މުސާރަ އަދި މިނިވަން މުއްސަސާތަކުގެ މުސާރަތައް ކުޑަކުރި ނަމަވެސް އެގޮތަށް ހުއްދަ ދީފައި ވަނީ ޖުލައި މަހުގެ ނިޔަލަށެވެ.

Advertisement - newsAdvertisement

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކޮށްފައިވާ އެސާކިއުލާގައިވަނީ ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމުގެ އުސޫލަށް ފިނޭންސް މިނިސްޓްރީ އިން ގެނަސްފައިވާ ބަދަލުތައް އާންމު ކޮށްފައެވެ. ފިނޭންސް މިނިސްޓްރީ އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އާންމު ކޮށްފައިވާ ހަރަދު ކުޑަކުރުމުގެ ދެ އުސޫލަށް އަމަލު ކުރުން ވަގުތީގޮތުން މެދުކަނޑާލުމަށް ބުނެފައެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން މާރޗު 17 ވަނަ ދުވަހުގެ ނިޔަލަށް ހުއްދަ ދީފައިވާ މަގާމުތައް ފިޔަވައި އައު މަގާމުތަކަށް މުވައްޒަފުން ނުނެގުމަށާއި އެއްވެސް އައު މަގާމަކަށް މިނިސްޓްރީގެ ހުއްދަ ނެތި މުވައްޒަފުން ނުނެގުމަށް ވަނީ ބުނެފައެވެ. މިހާތަނަށް މުވައްޒަފުންނަށް ދެމުންނުދާ އެއްވެސް އައު އެލަވަންސެއް ނުދިނުން ސާކިއުލާގައި ބުނެފައިވާ އިރު، ވަޒީފާ އިން ވަކިވާ މުވައްޒަފުންގެ ބަދަލުގައި ވެސް ފިނޭންސްގެ ހުއްދަ ނެތި މުވައްޒަފުން ނުނެގުމަށް ވަނީ ބުނެފައެވެ.

އޭގެއިތުރުން، އިތުރުގަޑީގެ ގޮތުގައި ބަޖެޓްކޮށްފައިވާ މިންވަރުގައި ހަރަދުތައް ހިފެހެއްޓުމަށް، މަސައްކަތްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށާއި 14:30 ގައި އޮފީސްތައް ބަންދުކުރުމަށް ފިނޭންސް އިން ބުނެއެވެ.

ފިނޭންސް އިން ވަނީ ދައުލަތުގެ ހުރިހާ އިދާރާއަކުން ރާއްޖެއިން ބޭރަށް ކުރާ ހުރިހާ ދަތުރުތަކެއް ހުއްޓާލުމަށް އަންގާ، ކޮންމެހެން ކުރަންޖެހޭ ދަތުރެއްނަމަ އެ މިނިސްޓްރީގެ ހުއްދަ ހޯދުމަށް ބުނެފައެވެ. އަދި ދައުލަތުގެ އިދާރާތަކުން އަމަލީ މަސައްކަތް ފަށާފައިވާ މަރާމާތުގެ މަސައްކަތްތަކާއި، މަރާމާތަށް މިހާތަނަށް ރައީސް އޮފީހުން ނުވަތަ ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ މަސައްކަތްތައް ފިޔަވައި، އިތުރު އެއްވެސް މަރާމާތުގެ މަސައްކަތެއް ނުފެށުމަށް ވެސް ފިނޭންސް ބުނެފައެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގައި ހިމެނޭ ކެޕިޓަލް ހަރަދުތައް ފިޔަވައި އެހެން ހުރިހާ ކެޕިޓަލް ހަރަދުތައް ކުރުން ހުއްޓާލުމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ އަންގާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2023

މުސާރަތައް ބޮޑުކޮށްދިނުމަށް އެދެމުންދާތާ ދުވަސްތަކެއް ވަނީ ވެފައި، އެ ނިންމުން ނިންމީ އެންމެން ރުހިގެން: އެމްޑީޕީ

20 ޑިސެމްބަރު 2023
މުސާރަތައް ބޮޑުކޮށްދިނުމަށް އެދެމުންދާތާ ދުވަސްތަކެއް ވަނީ ވެފައި، އެ ނިންމުން ނިންމީ އެންމެން ރުހިގެން: އެމްޑީޕީ
06 ޑިސެމްބަރު 2023

ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރިނަމަވެސް ކުންފުންޏަށް މާލީ ބުރައެއް ނެތް: ފަޒުލް

06 ޑިސެމްބަރު 2023
ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރިނަމަވެސް ކުންފުންޏަށް މާލީ ބުރައެއް ނެތް: ފަޒުލް
28 ޖޫން 2023

އެމްޕީއެލްއަށް ސާފު ފައިދާ އިތުރުކުރުމަށްޓަކައި ކުންފުނީގެ ޚަރަދުތައް ކުޑަކުރިން: ސީއީއޯ ޝާހިދު

28 ޖޫން 2023
އެމްޕީއެލްއަށް ސާފު ފައިދާ އިތުރުކުރުމަށްޓަކައި ކުންފުނީގެ ޚަރަދުތައް ކުޑަކުރިން: ސީއީއޯ ޝާހިދު
06 މާރިޗު 2023

ހުރިހާ ދާއިރާއެއްގެ މުސާރަތައް އެއްހަމަކުރުމުގެ މަސައްކަތް ނިމުމަކާއި ގާތަށް

06 މާރިޗު 2023
ހުރިހާ ދާއިރާއެއްގެ މުސާރަތައް އެއްހަމަކުރުމުގެ މަސައްކަތް ނިމުމަކާއި ގާތަށް
04 ނޮވެމްބަރު 2020

ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި މައްސަލަ ނުބެލޭނެ: ސުޕްރީމް ކޯޓް

04 ނޮވެމްބަރު 2020
ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި މައްސަލަ ނުބެލޭނެ: ސުޕްރީމް ކޯޓް
15 އޮކްޓޯބަރު 2020

ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި މައްސަލަައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުން ކުރިއަށް ގެންގޮސްފި

15 އޮކްޓޯބަރު 2020
ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި މައްސަލަައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުން ކުރިއަށް ގެންގޮސްފި
09 އޯގަސްޓު 2020

ފަރުވާކުޑަކުރި މީހުން ޖަވާބުދާރި ނުކުރެވެންޏާ މަރުތައް ތަހުގީގު ނުކުރެވޭނެ: ތޮލާލް

09 އޯގަސްޓު 2020
ފަރުވާކުޑަކުރި މީހުން ޖަވާބުދާރި ނުކުރެވެންޏާ މަރުތައް ތަހުގީގު ނުކުރެވޭނެ: ތޮލާލް
09 ޖޫން 2020

ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

09 ޖޫން 2020
ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
23 މާރިޗު 2019

ހޯމް މިނިސްޓަރު އަތުން ނިގުޅައިގަނެވުނު ބާރުތައް އިޔާދަކޮށްފިން: ރައީސް

23 މާރިޗު 2019
ހޯމް މިނިސްޓަރު އަތުން ނިގުޅައިގަނެވުނު ބާރުތައް އިޔާދަކޮށްފިން: ރައީސް
07 ޖެނުއަރީ 2018

ސިވިިލް ސަރވިސް މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމުގެ މަޝްވަރާތައް ފަށައިފި

07 ޖެނުއަރީ 2018
ސިވިިލް ސަރވިސް މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމުގެ މަޝްވަރާތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް