Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސާއި ނާއިބު ރައީސްގެ މުސާރަ ކުޑަކުރުން

ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި މައްސަލަައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުން ކުރިއަށް ގެންގޮސްފި

ދެން އޮންނާނީ ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2020 | ބުރާސްފަތި 07:47
މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގެ މަންޒަރެއް

މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގެ މަންޒަރެއް

ކޮޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސްގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ މުސާރަތައް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވައިފި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ، ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ގާނޫނީ ވަކީލު މުހައްމަދު ހަލީމް (ހަލީމްބާއި) އެވެ.

Advertisement - newsAdvertisement

މި މައްސަލާގައި ހަލީމް އެދިލައްވާފައިވަނީ، މިނިވަން މުއައްސަސާތަކުގެ މުސާރަތައް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނާ ޚިލާފަށް ކަނޑައަޅައި ދެއްވުމަށެވެ.

މި މައްސަލައާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު އާއި ފަނޑިޔާރުން ވަނީ މި މައްސަލާގައި ގައުމުގެ މަސްލަހަތާއި އާއްމު މަސްލަހަތު ގުޅޭގޮތާއި، އަދި މުސާރަ ކުޑަ ކުރުމުން އެކަމުން ސީދާ ގެއްލުންވި ކަމަށް ބުނާ ފަރާތްތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ސުވާލުކޮށް ކަންކަން އޮޅުން ފިލުމަށް މަސައްކަތް ކުރެއްވިންތޯ ހަލީމްއާ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި ހަލީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސްގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ކުޑަ ކުރުމަކީ އެ ފަރާތްތަކަށް ލިބޭނެ ގެއްލުމެއް ކަމަށާއި އެއީ ގައުމީ މަސްލަހަތާއި އާއްމު މަސްލަހަތާއި ގުޅިފައިވާ ކަމެއް ކަމަށެވެ. ނަމަވެސް މި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސްގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ ވެރިޔަކާ ބައްދަލު ކުރައްވައި، ސުވާލު ކުރެއްވުމާއި ކަންކަން އޮޅުން ފިލުވާފައިނުވާނެ ކަމަށް ހަލީމް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުން އެ ނިންމުން ނިންމި ސަބަބާއި ގުޅޭ ގޮތުން މަޖިލީހުގެ މެމްބަރަކާ ވެސް ވާހަކަ ދައްކަވާފައި ނުވާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 118 ވަނަ މާއްދާގައި ބުނަނީ، ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ، މައިގަނޑު ސަބަބަކީ، ރައީސާއި ނައިބު ރައީސް އަދި ބައެއް މިނިވަން މުއައްސަސާތަކުގެ ގާނޫނުގައި، މަގާމުތަކުގެ މުސާރައާ ގުޅޭގޮތުން ވަކިގޮތަކަށް ބަޔާން ކޮށްފައިވާތީ ކަމަށް ވެއެވެ. އަދި ބައެއް ގާނޫނުތަކުގައި އެ މަގާމެއްގެ ދައުރުގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ކުޑަ ނުކުރެވޭނެކަމަށް ބަޔާން ކޮށްފައިވާތީ ކަމަށް ވެއެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައިގެ އަޑުއެހުންތައް މިވަނީ ނިންމާލާފައެވެ. މި މައްސަލަ ބައްލަވާ ފަނޑިޔާރުން އިތުރު ކަމެއް ސާފު ކުރަން ނެތްނަމަ، ދެން އޮންނާނީ ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތެވެ.

މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު މުއަތަސިމް އަދުނާނުގެ އިތުރުން، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ޑރ. މުހައްމަދު އިބްރާހީމްއެވެ.

ކޮވިޑް-19އާ ގުޅިގެން، ދައުލަތުގެ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ރައީސާއި ނާއިބު ރައީސްގެ މަހު މުސާރައިން 35 ޕަސެންޓް ކުޑަ ކުރުމަށް ގާނޫނަށް އިސްލާހު ނުގެނައީ، ވަގުތީ ބަދަލަކަށް ވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ވަނީ މި މައްސަލަ ފެންމަތިވުމުން ވިދާޅުވެފައެވެ.

މި ނިންމެވުމަކީ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ, ގެ ލަފައަކަށް އެދުމުން، ދެއްވި ލަފާގެ މަތިން ނިންމެވި ނިންމެވުމެއް ކަމަށް ނާޝިޒް ވިދާޅުވެފައިވެއެވެ. ކައުންސެލް ޖެނެރަލް ލަފާދެއްވީ ގާނޫނު އިސްލާހު ކުރަން ނުޖެހޭނެ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ރައީސާއި ނައިބު ރައީސާއި މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ތިން މަހަށް ކުޑަކުރަން މަޖިލީހުން ފާސް ކޮށްފައިވާއިރު، ނާޝިޒް ވިދާޅުވެފައިވަނީ، ގާނޫނެއްގައި މުސާރަ ކަނޑައަޅާފައިވާ ފަރާތްތަކުގެ މުސާރަ ފިޔަވާ އެހެން ހުރިހާ ފަރާތްތަކެއްގެ މުސާރަ އަށް 'އޮޓޮމެޓިކުން' ބަދަލު އަންނާނެ ކަމަށެވެ.

ރައީސް އަދި ނައިބު ރައީސްގެ މުސާރަ ގާނޫނަކުން ކަނޑައަޅާފައި އޮތް ނަމަވެސް، މުސާރަ އަށް ބަދަލު ގެނައުމަށް ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިންނެވެ. ރައީސް އެކަމަށް އިއުތިރާޒް ނުކުރައްވާނަމަ، ގާނޫނަށް ބަދަލު ގެންނަން ނުޖެހޭނެއެވެ. ނާޝިޒް ވިދާޅުވެފައިވަނީ، އެ ގާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ، އެ އިސްލާހު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މެމްބަރެއްގެ ސްޕޮންސަރޝިޕްގެ ދަށުން މަޖިލީހަށް ހުށަހަޅުއްވަން ޖެހޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާއި ބެހޭ ޤާނޫނުގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ 100،000ރ. އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައަކީ 75،000ރ. އެވެ.

މަޖިލީހުން މެއި މަހުގެ 20 ވަނަ ދުވަހު ފާސް ކުރި މާލިއްޔަތު ކޮމެޓީ ރިޕޯޓުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 100،000ރ. އިން 65،000ރ. އަށް ކުޑަ ކުރުމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ 75,000ރ. އިން 48,750ރ. އަށް ކުޑަ ކުރުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު