Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޕީއެލްގެ ސާފު ފައިދާ

އެމްޕީއެލްއަށް ސާފު ފައިދާ އިތުރުކުރުމަށްޓަކައި ކުންފުނީގެ ޚަރަދުތައް ކުޑަކުރިން: ސީއީއޯ ޝާހިދު

މުވައްޒަފުންގެ ޕްރޮޑަކްޓިވިޓީ ރޭޓް މަތިކުރެވުނު

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޖޫން 2023 | ބުދަ 14:54
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ، ޝާހިދު އަލީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ، ޝާހިދު އަލީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ސާފު ފައިދާ އިތުރުކުރުމަށްޓަކައި ކުންފުނީގެ ޚަރަދުތައް ކުޑަކުރައްވައި، މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރެއްވިކަމަށާއި، ނަތީޖާ ވަރަށް ރަނގަޅު ކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިޔުގައި ޝާހިދު ވިދާޅުވީ، 2021އާ އަޅައިބަލާއިރު 2022ގައި ލެވަލް އޮފް އޮޕަރޭޝަން ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔަކަމަށާއި، ކޮވިޑް-19ގެ ހާލަތާ ގުޅިގެން، 2020 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރެވުނު މުދަލުގެ ބާވަތްތައް އަދަދު ވަރަށް ބޮޑުތަން ދަށްވެގެންދިޔަ ކަމަށެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން އިމްޕޯޓު އިތުރުވާން ފެށިކަމަށާއި، 2021 ވަނަ އަހަރާ އަޅައިބަލާއިރު 2022 ވަނަ އަހަރު ވަރަށް ބޮޑުތަން ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެން ދިޔަކަމަށް ޝާހިދު ވިދާޅުވިއެވެ.

ކުންފުނީގެ ރެވެނިއު ބޮޑަށް ގުޅިފައިވަނީ ރާއްޖެއަށް އެތެރެކުރެވޭ މުދަލާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ކޮންޓެއިނަރުގައި އެތެރެކުރެވޭ މުދަލުގެ އަދަދު އިތުރުވާ ވަރަކަށް ކުންފުނީގެ އާމްދަނީވެސް އިތުރުވާ ކަމަށެވެ. އެގޮތުން 2022 ވަނަ އަހަރު ވަރަށް ބޮޑަށް ފައިދާވިކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ އާމްދަނީ އިތުރުވެގެން ދިޔައިރު ކުންފުނީގެ ޚަރަދުތައްވެސް ހިފެހެއްޓުމަށް ހަރުދަނާ ފިޔަވަޅުތައް އަޅައި އެގޮތަށް މަސައްކަތްކުރިކަމަށެވެ. އެގޮތުން ކުންފުނީގެ ޚަރަދު ކުޑަކުރިކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ މުވައްޒަފުން ތަމްރީން ކުރުމުގެ ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދެވި ކަމަށެވެ. އެގޮތުން މުވައްޒަފުންގެ ޕްރޮޑަކްޓިވިޓީ ރޭޓް މަތިވުމަކީވެސް ކުންފުންޏަށް ލިބުނު ކުރިއެރުމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލްއަށް 2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ޖުމްލަ 809 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2021 ވަނަ އަހަރާ އަޅައިބަލާއިރު، 15 އިންސައްތައިގެ ކުރިއެރުމެކެވެ. ސާފު ފައިދާގެގޮތުގައި ޖުމްލަ 108.9 މިލިއަން ރުފިޔާ ލިބުނުއިރު، މިއީ 2021 އަޅައިބަލާއިރު 43 އިންސައްތަގެ ކުރިއެރުމެއް ކަމަށް އެމްޕީއެލުން ބުނެއެވެ.

މީގެ އިތުރުން ސަރުކާރަށް، ޑިވިޑަންޓުގެގޮތުގައި 67.5 މިލިއަން ރުފިޔާ ދެއްކުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. މިއީ 2021 ވަނަ އަހަރާ އަޅައިބަލާއިރު 78 އިންސައްތައިގެ ކުރިއެރުމެކެވެ.

އެމްޕީއެލްޝާހިދު އަލީ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
05 ނޮވެމްބަރު 2025

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
03 ނޮވެމްބަރު 2025

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
02 ނޮވެމްބަރު 2025

މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ

02 ނޮވެމްބަރު 2025
މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
24 އޮކްޓޯބަރު 2025

ސަރުކާރުގެ އިސްފަރާތެއްގެ އެހީގައި ވަގަަށްނެގިކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓް ކޮންޓެއިނަރުތައް އުފުލިކަމަށް ބެލެވޭ ދޯނީގެ ކައްޕި ހައްޔަރުކޮށްފި؛ ކޯޓުން ނިންމީ އޭނާ 7 ދުވަހަށް ބަންދުކުރަން

23 އޮކްޓޯބަރު 2025

ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި

23 އޮކްޓޯބަރު 2025
ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި
23 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު