Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރުން

ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި މައްސަލަ ނުބެލޭނެ: ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓަށް އިހްތިސާސް ލިބިގެންވަނީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ނުވަތަ ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ފަދަ މައްސަލަތައް ބެލުމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2020 | ބުދަ 12:40
މިދިއަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު، ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގެ މަންޒަރެއް

މިދިއަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު، ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގެ މަންޒަރެއް

ކޮޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ މުސާރަތައް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް އެކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލައިގެ ހުކުމް އިއްވާ ދެއްވަމުން އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާން ވިދާޅުވީ ސުޕްރީމް ކޯޓަށް އިހްތިސާސް ލިބިގެންވަނީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ނުވަތަ ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ފަދަ މައްސަލަތައް ބެލުމަށް ކަމަށާއި، މުސާރަ ކުޑަކުރި މައްސަލައަކީ އެފަދަ މައްސަލައެއްކަން މިމައްސަލަ ހުށަހެޅުއްވި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ޤާނޫނީ ވަކީލު މުހައްމަދު ހަލީމަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

އެހެންކަމުން މިއީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އުއްތަމަ ފަނޑިޔާރުގެ އިތުރުން ދެން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ޑރ. މުޙައްމަދު އިބްރާހީމް ވަނީ އުއްތަމަ ފަނޑިޔާރުގެ ހުކުމަށް ތާއީދު ކުރައްވާފައެވެ.

މި މައްސަލައިގައި ހަލީމް އެދިލައްވާފައިވަނީ، މިނިވަން މުއައްސަސާތަކުގެ މުސާރަތައް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ޤާނޫނާ ޚިލާފަށް ކަނޑައަޅައި ދެއްވުމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެ، ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ، މިދިއަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމުގައި މައްސަލަ ހުށަހެޅުއްވި ޤާނޫނީ ވަކީލު ހަލީމަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވުމަށްފަހު، މި މައްސަލައާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރުން ވަނީ މި މައްސަލައިގައި ގައުމުގެ މަސްލަހަތާއި އާންމު މަސްލަހަތު ގުޅޭގޮތާއި، އަދި މުސާރަ ކުޑަ ކުރުމުން އެކަމުން ސީދާ ގެއްލުންވި ކަމަށް ބުނާ ފަރާތްތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ސުވާލުކޮށް ކަންކަން އޮޅުން ފިލުމަށް މަސައްކަތް ކުރެއްވިންތޯ ހަލީމާ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި ހަލީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ކުޑަ ކުރުމަކީ އެ ފަރާތްތަކަށް ލިބޭނެ ގެއްލުމެއް ކަމަށާއި، އެއީ ގައުމީ މަސްލަހަތާއި އާންމު މަސްލަހަތާއި ގުޅިފައިވާ ކަމެއް ކަމަށެވެ. އެކަމަކު މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ ވެރިޔަކާ ބައްދަލު ކުރައްވައި، ސުވާލު ކުރެއްވުމާއި، ކަންކަން އޮޅުން ފިލުވާފައިނުވާނެ ކަމަށް ހަލީމް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުން އެ ނިންމުން ނިންމި ސަބަބާއި ގުޅޭ ގޮތުން މަޖިލީހުގެ މެމްބަރަކާވެސް ވާހަކަ ދައްކަވާފައި ނުވާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 118 ވަނަ މާއްދާގައި ބުނަނީ، ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މުސާރަ އާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ، މައިގަނޑު ސަބަބަކީ، ރައީސާއި ނައިބު ރައީސް އަދި ބައެއް މިނިވަން މުއައްސަސާތަކުގެ ޤާނޫނުގައި، މަގާމުތަކުގެ މުސާރައާ ގުޅޭގޮތުން ވަކިގޮތަކަށް ބަޔާން ކޮށްފައިވާތީ ކަމަށްވެއެވެ. އަދި ބައެއް ޤާނޫނުތަކުގައި އެ މަގާމެއްގެ ދައުރުގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ކުޑަ ނުކުރެވޭނެ ކަމަށް ބަޔާން ކޮށްފައިވާތީ ކަމަށްވެއެވެ.

ކޮވިޑް-19 އާ ގުޅިގެން، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ރައީސާއި ނާއިބު ރައީސްގެ މަހު މުސާރައިން 35 އިންސައްތަ ކުޑަކުރުމަށް ޤާނޫނަށް އިސްލާހު ނުގެނައީ، ވަގުތީ ބަދަލަކަށް ވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ވަނީ މި މައްސަލަ ފެންމަތިވުމުން ވިދާޅުވެފައެވެ.

މި ނިންމެވުމަކީ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ލަފައަކަށް އެދުމުން، ދެއްވި ލަފާގެ މަތިން ނިންމެވި ނިންމެވުމެއް ކަމަށް ނާޝިޒް ވިދާޅުވެފައިވެއެވެ. ކައުންސެލް ޖެނެރަލް ލަފާދެއްވީ ޤާނޫނު އިސްލާހު ކުރަން ނުޖެހޭނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ރައީސާއި ނައިބު ރައީސާއި މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ތިން މަހަށް ކުޑަކުރަން މަޖިލީހުން ފާސްކޮށްފައިވާއިރު، ނާޝިޒް ވިދާޅުވެފައިވަނީ ޤާނޫނެއްގައި މުސާރަ ކަނޑައަޅާފައިވާ ފަރާތްތަކުގެ މުސާރަ ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއްގެ މުސާރަ އަށް "އޮޓޮމެޓިކުން" ބަދަލު އަންނާނެ ކަމަށެވެ.

ރައީސް އަދި ނައިބު ރައީސްގެ މުސާރަ ޤާނޫނަކުން ކަނޑައަޅާފައި އޮތް ނަމަވެސް، މުސާރައަށް ބަދަލު ގެނައުމަށް ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިންނެވެ. ރައީސް އެކަމަށް އިއުތިރާޒް ނުކުރައްވާނަމަ، ޤާނޫނަށް ބަދަލު ގެންނަން ނުޖެހޭނެއެވެ. ނާޝިޒް ވިދާޅުވެފައިވަނީ، އެ ޤާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ، އެ އިސްލާހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މެންބަރެއްގެ ސްޕޮންސަޝިޕުގެ ދަށުން މަޖިލީހަށް ހުށަހަޅުއްވަން ޖެހޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކާއި ބެހޭ ޤާނޫނުގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ 100،000ރ. އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައަކީ 75،000ރ. އެވެ.

މަޖިލީހުން މެއި މަހުގެ 20 ވަނަ ދުވަހު ފާސްކުރި މާލިއްޔަތު ކޮމިޓީ ރިޕޯޓުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 100،000ރ. ން 65،000ރ. ށް ކުޑަކުރުމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ 75,000ރ. ން 48,750ރ. ށް ކުޑަކުރުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު