Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސާއި ނާއިބު ރައީސްގެ މުސާރަ

ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

9 ޖޫން 2020 | އަންގާރަ 11:55

ރައީސާއި ނާއިބު ރައީސްގެ މުސާރައިން 35 ޕަސެންޓް ކުޑަކުރުކުރުމަށް ނިންމާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 9 ޖޫން 2020 | އަންގާރަ 11:55
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު، ނާއިބު ރައީސް ފައިސަލް ނަސީމް އަދި ކެބިނެޓް މިނިސްޓަރުން: މުސާރަ ކުޑަކުރަން މަޖިލީހުން ނިންމި މައްސަަލަ އަމިއްލަ ފަރާތަކުން މިވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި

ރައީސް އިބްރާހީމް މުހައްމަދު ޞާލިހު، ނާއިބު ރައީސް ފައިސަލް ނަސީމް އަދި ކެބިނެޓް މިނިސްޓަރުން: މުސާރަ ކުޑަކުރަން މަޖިލީހުން ނިންމި މައްސަަލަ އަމިއްލަ ފަރާތަކުން މިވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި

ކޮޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސްގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ މުސާރަތައް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

މިކަން ސުޕްރީމް ކޯޓުން ވެސް ވަނީ ރާއްޖެ.އެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ. ރައީސާއި ނައިބު ރައީސްގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރަ ކުޑަކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެ ނިންމުން ބާޠިލްކުރަން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި، ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.

Advertisement - newsAdvertisement

މައްސަލަ ހުށަހެޅުމުގެ މައިގަނޑު ސަބަބަކީ، ރައީސާއި ނައިބު ރައީސް އަދި ބައެއް މިނިވަން މުއައްސަސާތަކުގެ ގާނޫނުގައި، މަގާމުތަކުގެ މުސާރައާ ގުޅޭގޮތުން ވަކިގޮތަކަށް ބަޔާންކޮށްފައިވާތީ ކަމަށް ވެއެވެ. އަދި ބައެއް ގާނޫނުތަކުގައި އެމަގާމެއްގެ ދައުރުގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ކުޑަ ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވާތީ ކަމަށް ވެއެވެ.

ކޮވިޑް-19އާ ގުޅިގެން، ދައުލަތުގެ ޚަރަދުކުޑަކުރުމުގެ ގޮތުން ރައީސާއި ނާއިބު ރައީސްގެ މަހު މުސާރައިން 35 ޕަސެންޓް ކުޑަ ކުރުމަށް ގާނޫނަށް އިސްލާހު ނުގެނައީ، ވަގުތީ ބަދަލަކަށް ވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ވަނީ މިމައްސަލަ ފެންމަތިވުމުން ވިދާޅުވެފައެވެ.

މި ނިންމެވުމަކީ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ, ގެ ލަފައަކަށް އެދުމުން، ދެއްވި ލަފާގެ މަތިން ނިންމެވި ނިންމެވުމެއް ކަމަށް ނާޝިޒް ވިދާޅުވެފައިވެއެވެ. ކައުންސެލް ޖެނެރަލް ލަފާދެއްވީ ގާނޫނު އިސްލާހުކުރަން ނުޖެހޭނެކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ރައީސާއި ނައިބު ރައީސާއި މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ތިން މަހަށް ކުޑަކުރަން މަޖިލީހުން ފާސްކޮށްފައިވާއިރު، ނާޝިޒް ވިދާޅުވެފައިވަނީ، ގާނޫނެއްގައި މުސާރަ ކަނޑައަޅާފައިވާ ފަރާތްތަކުގެ މުސާރަ ފިޔަވާ އެހެން ހުރިހާ ފަރާތްތަކެއްގެ މުސާރަ އަށް 'އޮޓޮމެޓިކުން' ބަދަލު އަންނާނެ ކަމަށެވެ.

ރައީސް އަދި ނައިބު ރައީސްގެ މުސާރަ ގާނޫނަކުން ކަނޑައަޅާފައި އޮތް ނަމަވެސް، މުސާރައަށް ބަދަލު ގެނައުމަށް ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިންނެވެ. ރައީސް އެކަމަށް އިއުތިރާޒް ނުކުރައްވާނަމަ، ގާނޫނަށް ބަދަލު ގެންނަން ނުޖެހޭނެއެވެ. ނާޝިޒް ވިދާޅުވެފައިވަނީ، އެ ގާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ، އެ އިސްލާހު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މެމްބަރެއްގެ ސްޕޮންސަރޝިޕްގެ ދަށުން މަޖިލީހަށް ހުށަހަޅުއްވަން ޖެހޭނެ ކަމަށެވެ.

މެއި މަހުގެ މުސާރަ ކުޑަކުރަން ހުށައެޅުއްވީ، މެއި މަހުގައި ކަން ފާހަގަކުރައްވާ ނާޝިޒް ވަނީ އެއީ އެންމެ ރަނގަޅުގޮތް ނޫން ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އޮގަސްޓް މަހުގެ މުސާރައަށް ބަދަލުގެންނަން ޖެހޭނަމަ، އަންނަ މަހުން ފެށިގެން ކޮމެޓީން އެކަން ދިރާސާ ކުރަން ފަށާނެ ކަމަށެވެ.

ރައިސުލްޖުމްހޫރިއްޔާއާއި ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާއި ބެހޭ ޤާނޫނުގައި ބުނާގޮތުން ރައިސުލްޖުމްހޫރިއްޔާގެ މުސާރައަކީ 100،000ރ. އެވެ. އަދި ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައަކީ 75،000ރ. އެވެ.

މަޖިލީހުން މެއި މަހުގެ 20 ވަނަ ދުވަހު ފާސްކުރި މާލިއްޔަތު ކޮމެޓީ ރިޕޯޓުގައި ވަނީ ރައިސުލްޖުމްހޫރިއްޔާގެ މުސާރަ 100،000ރ. އިން 65،000ރ. އަށް ކުޑަކުރުމަށެވެ. އަދި ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ 75,000ރ. އިން 48,750ރ. އަށް ކުޑަކުރުމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

ނައިބު ލީޑަރަކަށް ޝިފާ

10 ޖެނުއަރީ 2017
ނައިބު ލީޑަރަކަށް ޝިފާ
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް