Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުސާރަ ބޮޑުކުރުމަށް ނިންމުން

މުސާރަތައް ބޮޑުކޮށްދިނުމަށް އެދެމުންދާތާ ދުވަސްތަކެއް ވަނީ ވެފައި، އެ ނިންމުން ނިންމީ އެންމެން ރުހިގެން: އެމްޑީޕީ

މުސާރަ ބޮޑުކޮށްދިނުމަށް އެދި މަޖިލީހަށް ސިޓީ ހުށަހަޅާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޑިސެމްބަރު 2023 | ބުދަ 13:49
ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ރައްޔިތުން މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތައް ބޮޑުކޮށްދިނުމަށް އެދެމުންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި، އެ ނިންމުން ނިންމީ ކޮމިޓީގައި މަޝްވަރާކުރުމަށްފަހު އެންމެންވެސް ރުހިގެން ކަމަށް، އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ)ން ބުނެފިއެވެ.

ބުދަ ދުވަހު ރައްޔިތުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، މި ދައުރުގައި ގިނަ ދުވަސްތަކެއް ވަންދެން މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ނުހިނގައި އޮތްކަމަށާއި، މަޖިލީހުގެ މަސައްކަތްތައް ރަނގަޅަށް ހިނގަން ފަށާފައިވަނީ ވަރަށް ފަހުން ކަމަށެވެ.

މުސާރަ ބޮޑުކުރުމަށް ނިންމާފައިވާ ނިންމުމަށް އިޝާރާތްކުރައްވައި މެންބަރު ވިދާޅުވީ، މުސާރަތައް ބޮޑުކުރަން ހަމަޖެއްސި 500 މިލިއަނުގެ ތެރެއިން 90 މިލިއަން ކަނޑައަޅަން ކޮމިޓީން ލަފާދީފައިވާކަމަށެވެ.

މެންބަރު ވިދާޅުވީ ކައުންސިލްތަކާއި، އަދުލުއިންސާފުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، ރައީސް އޮފީހުގެ މަސްލަހަތު އޮންނަ ތަންތަނުގެ މުސާރަ ބޮޑުކޮށްދިނުމަށް އެދި މަޖިލީހަށް ސިޓީ ހުށަހަޅާފައިވާ ކަމަށެވެ. ކައުންސިލްތަކުގެ ރައީސުން ގުޅިގެން މަޖިލީހުގެ ހުރިހާ މެންބަރުން ހިމެނޭ ވަޓްސްއަޕް ގުރޫޕެއް ހެދުމަށްފަހު މުސާރަ ބޮޑުކޮށްދިނުމަށް އެދިފައިވާކަމަށް މެންބަރު ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ މުސާރަ ބޮޑުކުރުމަށް ނިންމީ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު، އެ ހުށަހެޅުންތަކަށް ރިޔާއަތްކުރުމަށްފަހު ކަމަށެވެ.

މެންބަރު ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން، މަޖިލީހުން މުސާރަ ކަނޑައަޅަންޖެހޭ ހުރިހާ ބޭފުޅުންގެ މުސާރައަށްވެސް އެއް މިނެއްގައި އެ ބަދަލު ގެންނަން ކޮމިޓީން ނިންމީ ކަމަށެވެ. މިއީ މަޖިލީހަށް ވަކި ޚާއްސަ ގޮތެއްގައި އިސްކަންދީގެން ކުރެވޭ މަސައްކަތެއް ނޫންކަމަށް މެންބަރު ވިދާޅުވިއެވެ. އަދި މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުމަށް ބައެއް މެންބަރުން ފާޑުވިދާޅުވަނީ ސިޔާސީ ވަކި މަގުސަދެއް ހާސިލްކުރުމަށް ކަމަށެވެ.

ކޮމިޓީން މުސާރަތައް ބޮޑުކުރަން ނިންމިނަމަވެސް އެ ނިންމުން ތަންފީޒުކުރަން ފަށާނީ މަޖިލީހުގެ ތަޅުމުން އެ ނިންމުން ފާސްވުމުންނެވެ.

މަޖިލީހުގެ މެމްބަރެއްގެ މުސާރައަކީ މިހާރު 62،500 ރުފިޔާއެވެ. އަދި ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ވަޑައިގަންނަވާ މެމްބަރުންނަށް 20،000 ރުފިޔާގެ އިނާޔަތެކެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްތިފާގުން ވަނީ، މެމްބަރުންގެ މުސާރަ 80،000 ރުފިޔާއަށް ބޮޑުކުރަން ފާސްކޮށްފައެވެ. މި ބަދަލާއެކު މެމްބަރުންނަށް ކުރިއެކޭ އެއްގޮތަށް ކޮމިޓީ އެލަވަންސް ވެސް ލިބޭނެއެވެ. އެހެންކަމުން ކޮމިޓީ އެލަވަންސަށް ދޭ 20،000 ރުފިޔާ ހިމަނައިގެން މެމްބަރެއްގެ މުސާރައިގެ ގޮތުގައި އެއްލައްކަ ރުފިޔާ ޖެހެއެވެ.

މި ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މަޖިލީހުގެ މެންބަރުންނަށް ވަނީ އަމާޒުވެފައެވެ.

ބިގޭޕީޖީ އޮފީސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
27 އޮކްޓޯބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި
17 އޮކްޓޯބަރު 2025

ބިގޭ ގައުމުގެ ޒުވާނުންނަށް: ގައުމު މިދާ ނުރައްކާތެރި މިސްރާބުން ސަލާމަތް ކުރުމަކީ ޒުވާނުންގެ ފަރުދީ ޒިންމާއެއް!

17 އޮކްޓޯބަރު 2025
ބިގޭ ގައުމުގެ ޒުވާނުންނަށް: ގައުމު މިދާ ނުރައްކާތެރި މިސްރާބުން ސަލާމަތް ކުރުމަކީ ޒުވާނުންގެ ފަރުދީ ޒިންމާއެއް!
15 އޮކްޓޯބަރު 2025

ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

15 އޮކްޓޯބަރު 2025
ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
14 އޮކްޓޯބަރު 2025

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި

14 އޮކްޓޯބަރު 2025
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު