Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރުން

ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރިނަމަވެސް ކުންފުންޏަށް މާލީ ބުރައެއް ނެތް: ފަޒުލް

ވިނަރެސްގެ އެގްރީމެންޓަށް ރީ-އެޑްޖެސްޓްމެންޓް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2023 | ބުދަ 14:09
ވިނަރެސް ފްލެޓްތައް

ވިނަރެސް ފްލެޓްތައް

ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރި ނަމަވެސް ކުންފުންޏަށް މާލީ ބުރައެއް ނެތްކަމަށް, އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ހަވީރު އާބަންކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ، އެތަނުގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 އިންސައްތަ ކުޑަކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ނިންމަވާފައިވާތީ، އެއާ އެގޮތަށް އަމަލު ކުރުމަށް ބޯޑުން ނިންމަވާފައި ވާކަމަށެވެ. އަދި މަހުން މަހަށް ދައްކާ އަދަދުން އާންމުގޮތެއްގައި 4,200 ރުފިޔާ އުނިކޮށްދިނުމަށް ނިންމަވާފައި ވާކަމަށެވެ.

މީގެ އިތުރުން ފަޒުލް ވިދާޅުވީ، މިހާރު ވިނަރެސް ފްލެޓްތަކުގެ އެގްރީމެންޓް ހެދިފައިވާ ފަރާތްތަކާއި، އަދި ފައިސާ ދައްކާފައިވާ ފަރާތްތަކުގެ އެގްރީމެންޓް ރީ-އެޑްޖެސްޓްމެންޓް ގެނައުމުގެ މަސައްކަތް ފަށާފައި ވާކަމަށެވެ. އެ މަސައްކަތްތައް މިހާރު ކުރިއަށްދާތީ، ސޮއިކުރުމަށް ހުރި އެއްބަސްތަކުގެ ޕްރޮސެސްއަށް ލަސްކަމެއް އަތުވެދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ވިނަރެސްގެ ނުވިކި ހުރި ފްލެޓްތަކަށް އިޝާރާތް ކުރައްވައި ފަޒުލް ވިދާޅުވީ، މިހާރު ހުރީ ޕާކިންގއެއްގައި ކަމަށާއި، ޕާކިންގއިން ރިލީޒްވުމާމެދު އަމަލުކުރާނެ ގޮތެއް ހާމަކުރައްވާނެ ކަމަށެވެ. އެގޮތުން އެ ފްލެޓްތައް ގަތުމަށް ހުޅުވާލާނީތޯ، ނުވަތަ މިހާރު މައްސަލަޖެހިފައިވާ (މިސާލަކަށް ސީ-ލައިފުން ފްލެޓް ލިބުނު) ފަރާތްތަކަށް ފްލެޓްތައް ދޫކުރާނެތޯ ބަލާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން ފަޒުލް ވިދާޅުވީ ވިނަރެސް ފްލެޓްތަކުގެ ސަރަހައްދު ތަރައްގީކުރުމަށް އިތުރު ޓީމްތައް މޮބަލައިޒްކޮށް، މަސައްކަތް ކުރާނެ ކަމަށެވެ. އަދި އުންމީދުކުރައްވަނީ ރޯދައިގެ ކުރިން އެސަރަހައްދުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް ފަޒުލް ވިދާޅުވިއެވެ.

ވިނަރެސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025
އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ރަޖުނީ ޝުއައިބު މަސައްކަތުން އެކަހެރި ކޮށްފި

އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ރަޖުނީ ޝުއައިބު މަސައްކަތުން އެކަހެރި ކޮށްފި

21 ޑިސެމްބަރު 2024
ކޮރަޕްޝަންގެ ތެރެއިން ވިނަރެސް ފްލެޓު ގަތް ކަމަށް ތުހުމަތުކުރެވޭ ފުލުހުންގެ މައްސަލަ ތަހުގީގު ކުރަނީ

ކޮރަޕްޝަންގެ ތެރެއިން ވިނަރެސް ފްލެޓު ގަތް ކަމަށް ތުހުމަތުކުރެވޭ ފުލުހުންގެ މައްސަލަ ތަހުގީގު ކުރަނީ

21 ޑިސެމްބަރު 2024
ވިނަރެސް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: ދައުވާ ކުރުމާމެދު މި ހަފްތާ ތެރޭގައި ގޮތެއް ނިންމަނީ

ވިނަރެސް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: ދައުވާ ކުރުމާމެދު މި ހަފްތާ ތެރޭގައި ގޮތެއް ނިންމަނީ

22 ސެޕްޓެމްބަރު 2024

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު