Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތް މިނިސްޓްރީ- ވެންޓިލޭޓަރު މައްސަލަ

މާލިއްޔަތު ކޮމެޓީއަށް ހާޒިރުވުމަށް މަޖިލީހުގެ އިދާރާއިން އަންގާފައެއް ނެތް: ނިޝާމާ

24 އޯގަސްޓު 2020 | ހޯމަ 08:47

ކަމާ ގުޅުންހުރި ފަރާތްތައް ހާޒިރު ވުމަށް ކޮމެޓީން އެންގީ ހެލްތް މިނިސްޓްރީއަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 އޯގަސްޓު 2020 | ހޯމަ 08:47
ހެލްތް މިނިސްޓަރުގެ ނައިބު ނިޝާމާ މުހައްމަދު: ނިޝާމާ އަކީ ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ ރައީސް

ހެލްތް މިނިސްޓަރުގެ ނައިބު ނިޝާމާ މުހައްމަދު: ނިޝާމާ އަކީ ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ ރައީސް

ވެންޓިލޭޓަރުތައް ގަތުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުގައި، ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ ޗެއަރ އަދި ހެލްތް މިނިސްޓްރުގެ ނައިބު, ނިޝާމާ މުހައްމަދު އަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުވުމަށް މަޖިލީހުގެ އިދާރާއިން އޭނާ އަށް އަންގާފައި ނުވާ ކަމަށް ނިޝާމާގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ ޗެއަރ ނިޝާމާ އާއި ހެލްތް މިނިސްޓްރީ ފައިނޭންޝަލް އެގްޒެކެޓިވް އަހުމަދު އަސްލަމްގެ ގާނޫނީ ވަކީލު "ރާއްޖެއެމްވީ"އަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ވަޑައިގެންނެވުމަށް އެ ދެ ބޭފުޅުންނަށް މަޖިލީހުގެ އިދާރާ އިން މިހާތަނަށް އަންގަވާފައި ނުވާ ކަމަށެވެ. އަދި ނިޝާމާ އާއި އަސްލަމް މާލިއްޔަތު ކޮމެޓީއަށް ހާޒިރުވާނެ ކަމަށް ބުނެ، ހެލްތް މިނިސްޓްރީން، މާލިއްޔަތު ކޮމެޓީއަށް ލިސްޓެއް ފޮނުވީ، އެ ދެބޭފުޅުންގެ ބަހެއް ނެތި ކަމަށް ވެސް އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލު ވިދާޅުވި އެވެ.

Advertisement - newsAdvertisement

މީގެއިތުރުން، އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލު ވިދާޅުވީ، މާލިއްޔަތު ކޮމެޓީއަށް ހާޒިރު ނުވާނެ ކަމަށް ބުނެ، މަޖިލީހުގެ އިދާރާ އަށް އަންގާފައި ނުވާނެ ކަމަށާއި، ނަމަވެސް ހެލްތް މިނިސްޓްރީން ގުޅުމުން، އެއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ، އެމައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް، ތަހުގީގު އިދާރާ ފިޔަވާ އެއްވެސް އެހެން އިދާރާއަކަށް ހިއްސާ ކުރުމަށް އުޒުރުވެރިވާ ކަމަށް ދަންނަވާފައިވާ ކަމަށެވެ. އަދި އެބޭފުޅުންނަކީ މިވަގުތު މަގާމުގެ މަސްއޫލިއްޔަތުން ސަސްޕެންޑް ކުރެވިފައިވާ ދެ ބޭފުޅުން ކަމަށްވާތީ ހެލްތް މިނިސްޓްރީއާއެކު މުއާމަލާތް ކުރެވެމުން ނުދާ ކަމަށް ވެސް އެ ދެ ބޭފުޅުންނާ ހަވާލާ ދެއްވައި އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ވިދާޅުވީ، ހެލްތް މިނިސްޓްރީގެ ކޮވިޑް-19ގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން، މާލިއްޔަތު ކޮމެޓީއަށް މައުލޫމާތު ހޯދުމަށް، ކަމާ ގުޅުންހުރި ބޭފުޅުން ހާޒިރު ވުމަށް، ދެންނެވުމުން، ހެލްތް މިނިސްރީން ހެލްތް މިނިސްޓަރު އަބްދުﷲ އާމީނާއެކު 10 ބޭފުޅުން ހިމެނޭ ލިސްޓެއް ފޮނުވާފައިވާ ކަމަށެވެ.

ނާޝިޒު ވިދާޅުވީ، މަޖިލީހުގެ އިދާރާއިން ބަލަމުންދަނީ ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ކަންކަމަށްވާއިރު، ކަމާ ގުޅުން ހުރި ފަރާތްތައް ހާޒިރުވުމަށް އެންގާނީ ވެސް ހެލްތް މިނިސްޓްރީއަށް ކަމަށެވެ. އެގޮތުން ހޯމަ ދުވަހު ބާއްވާ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވާނެ 11 ބޭފުޅުންގެ ލިސްޓެއް ހެލްތް މިނިސްޓްރީން ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ހޯމަ ދުވަހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަށް އައިއިރު، ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ ޗެއާރ، ނިޝާމާ އާއި ފައިނޭންޝަލް އެގްޒެކެޓިވް އަސްލަމް މާލިއްޔަތު ކޮމެޓީއަށް ހާޒިރުވުމަށް އުޒުރުވެރިވާ ކަމަށް ހެލްތް މިނިސްޓްރީން ކޮމެޓީއަށް އަންގާފައިވާ ކަމަށެވެ.

މާލިއްޔަތު ކޮމެޓީގެ ހޯމަ ދުވަހުގެ ބައްދަލުވުމުގައި އެކޮމެޓީގެ މެމްބަރުން ވަނީ، އެ ދެ ބޭފުޅުންނަކީ މިކަމުގެ މައުލޫމާތު ހޯދަން ބަލާއިރު، އެންމެ މުހިއްމު ދެ ބޭފުޅުން ކަމަށްވާތީ ކޮމެޓީއަށް ހާޒިރު ކުރަންޖެހޭ ކަމަށެވެ. އަދި އޮޑިޓް ރިޕޯޓްގައި ވެންޓިލޭޓަރުތައް ގަތުމުގައި ޑަބްލިއުއެޗްއޯ އާއި ފިނޭންސް މިނިސްޓްރީއާއެކު ހެލްތް މިނިސްޓްރީން ހިންގާފައިވާ ހުރިހާ މުއާމަލާތްތަކަކާއި ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރި ދުބާއީ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާއެކު ހެލްތް މިނިސްޓްރީ ވެފައިވާ އެއްބަސްވުން ފަދަ މުހިއްމު ބައެއް ލިޔެކިޔުންތައް ވެސް މިހާތަނަށް ކޮމެޓީއަށް ލިބިފައިނުވާތީ، ލިޔެކިޔުންތަށް ހޯދުން މުހިއްމު ކަމަށެެވެ.

އެހެންކަމުން، ހޯމަ ދުވަހުގެ މާލިއްޔަތު ކޮމެޓީން ނިންމާފައިވަނީ، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ބިޑް ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ ޗެއަރ، ނިޝާމާ އާއި އެމިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަސްލަމް، އަންގާރަ ދުވަހު ބާއްވާ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވުމުގެ އަމުރެއް ނެރުމަށެވެ. އަދި ކަމާ ގުޅުންހުރި ހުރިހާ ލިޔެކިޔުންތަކެއް ހެލްތް މިނިސްޓްރީން ހޯދުމަށް ވެސް ކޮމެޓީން ވަނީ ނިންމާފައެވެ.

އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިން އަކީ، ވެންޓިލޭޓަރު ގެންނަން ހަވާލު ކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުންޏެވެ. އެމީހުން ރާއްޖެއަށް ވެންޓިލޭޓަރެއް ފޯރުކޮށްދޭނެ އަގެއް ކަމަށް ބުނެފައިވަނީ، 32،500 ޑޮލަރަށެވެ. އެއީ އެހެން ކުންފުނިތަކުން ހުށަހެޅި އަގަށްވުރެ މާބޮޑުތަނުން ވެސް ބޮޑު އަގެއް ކަމަށް ވެއެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށްވާއިރު، މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހު، ވެންޓިލޭޓަރުތައް ގެނައުމުގެ އެގްރީމަންޓްގައި ސޮއިކޮށްފައިވެއެވެ.

އަދި އޭޕްރީލް މަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އެޑްވާންސަށް 30.9 މިލިއަން ރުފިޔާ ވެސް ވަނީ ދައްކާފައެވެ. އެގްރީމަންޓްގައި 14 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ރާއްޖެ ގެނެވޭނެ ކަމަށް ބުނެފައިވާއިރު، މިހާތަނަށް އެ ވެންޓިލޭޓަރުތައް ލިބިފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި

21 ފެބުރުއަރީ 2017
ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
10 ޖެނުއަރީ 2017

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް