Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ރައީސް ޔާމީން

ވަކީލުންނަށް ރައީސް ޔާމީނާއި ހޯމަ ދުވަހު ބައްދަލު ކުރެވޭނެ: ކަރެކްޝަންސް

24 އޯގަސްޓު 2020 | ހޯމަ 02:13

ގައިދީއަކަށް ޤާނޫނީ ވަކީލުންނާއި ބައްދަލު ކުރުމަށް ހުރަސް އަޅާފައި ނުވާނެ ކަމަށް ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 24 އޯގަސްޓު 2020 | ހޯމަ 02:13
ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ޤާނޫނީ ޓީމުގެ ބައެއް މެންބަރުން

ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ޤާނޫނީ ޓީމުގެ ބައެއް މެންބަރުން

މަނީލޯންޑްރިންގެ ކުށް ސާބިތުވެ, ޖަލުހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމާއި ބައްދަލުވުމުގެ ފުރުސަތު ހަމަޖައްސައިދީފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ބުނެފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ"ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ރައީސް ޔާމީނަށް އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލު ކުރުމުގެ އިންތިޒާމް ހޯމަ ދުވަހުގެ 2:00 އަށް ހަމަޖައްސައިދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ކްރިމިންލް ކޯޓުގެ އެދުމާއި އެކު މީގެ ކުރިން އިންތިޒާމް ނުކުރާ މިންވަރަށް ހޯދަން ޖެހޭ ހުއްދަ ތަކާއި އިތުރު އިންތިޒާމް ތައް ހަމަޖައްސައިދީފައިވާކަން އަހުމަދު މުހައްމަދުފުޅު ފާހަގަ ކުރެއްވިއެވެ.

އެގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މާފުށި ކައުންސިލުން ހޯދަން ޖެހޭ ހުއްދަތައް ހޯދާފައިވާ ކަމަށެވެ. އަދި ޖަލަށް ވަޑައިގަތުމުގެ ދެ ގަޑިއިރު ކުރިން ކަނޑައެޅިފައި ހުންނަ ވިޒިޓް އޮފިސަރަށް ފޯނުން ގުޅައި އެކަން އެންގުމުން އެތެރެއިން ހަމަޖައްސަންޖެހޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލުންނަށް އެމަނިކުފާނާއި ބައްދަލުކުރެވޭނެ އިންތިޒާމު ކަރެކްޝަނުން ހަމަޖައްސާފައި ނުވާތީ އެމަނިކުފާނާއި ބައްދަލުވެފައި ނުވާކަމަށް ޤާނޫނީ ޓީމުން މީގެ ކުރިން ވަނީ ބުނެފައެވެ. އެކަމާއި ގުޅޭ ގޮތުން އަހުމަދުފުޅު ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން އެއްވެސް ގައިދީއަކަށް ޤާނޫނީ ވަކީލުންނާއި ބައްދަލު ކުރުމަށް އެއްވެސް އިރެއްގައި ހުރަސް އަޅާ އަދި ހުރަސް އަޅަން މަސައްކަތް ކޮށްފައި ނުވާނެ ކަމަށެވެ.

ވަކިން ޚާއްސަކޮށް ކުރީގައި ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކަށް ވީތީ ރައީސް ޔާމީނާއި ދޭތެރޭ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގައި ހެދިފައި އޮތް ކުރީގެ ޚާއްސަ މަޤާމުތައް ފުރުއްވާފައި ތިއްބަވާ ބެފުޅުންނާއި މެދު އަމަލު ކުރަންޖެހޭ ޚާއްސަ އުސޫލުގެ ތެރެއިން ހަމަ އަމަލު ކުރަމުންދާކަމަށެވެ.

ހައިކޯޓުގައި ހިނގި އިސްތިއުނާފްގެ އަޑުއެހުމުގައިވެސް ދައުލަތުގެ މައްޗަށް އެބައްދަލުވުން އިންތިޒާމް ކޮށްދިނުމުގެ ކަންކަން ހަމަޖައްސައިދިނުމަށް އެދިފައިވާ ކަމަށާއި އެކަމާއި ގުޅިގެން މިދިޔަ ޖުލައި މަހު ކަރެކްޝަންސްއިން އިސްވެ ސިޓީއަކުން ބައްދަލުވުމަށް އެދުނުހާ އަވަހަކަށް ބައްދަލުކުރުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ޔާމީންގެ ލޯޔަރުންނަށާއި އަދި ރައީސް ޔާމީނަށް ދަންނަވާފައިވާނެ ކަމަށް އަހުމަދު މުހައްމަދުފުޅު ވިދާޅުވިއެވެ.

ގިނަ ދުވަސްތަކަކަށްފަހު މިހިނގާ އޮގަސްޓް މަހުގެ 4 ވަނަ ދުވަހު ލޯޔަރު ބައްދަލުވުމުކަށް އެދި ފޯމް ހުށަހެޅި ކަމަށާއި ޖަލަށް ވަޑައިގަތުމުން ރައީސް ޔާމީނާއި ބައްދަލުވުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު ވަކީލުންގެ ޓީމުން ރައީސް ޔާމީނާއި ބައްދަލު ކުރުމަށް ގޮސްފައިވަނީ ހޯދަން ޖެހޭ ހުއްދަތައް ނުހޯދާ ހަމަޖެހިފައިވާ އުސޫލްތަކުގެ ބޭރުންނެވެ. އެހެންކަމުން ޔާމީންގެ ލޯޔަރުންގެ ޓީމަށް ވަނީ މާފުއްޓަށް އެރޭ ގޮތް ނުވެ އެމަނިކުފާނާއި ބައްދަލު ނުވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް