Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެގުއާ ހައްޔަރުން ދޫކޮށްލުން

އަނބުރާ އިންގްލެންޑަށް ދިޔުމުގެ ހުއްދަ މެގުއާއަށް ދީފި

ގްރީސްގެ ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 22 އޯގަސްޓު 2020 | ހޮނިހިރު 10:12
މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އަނބުރާ އިންގްލެންޑަށް ދިޔުމުގެ ހުއްދަ ކޯޓުން ދީފިއެވެ.

ގްރީސްގެ ޖަޒީރާ ރަށެއް ކަމަށްވާ މައިކޯނޯސްގައި ޗުއްޓީ ހޭދަކުރަމުން އައި މެގުއާ ފުލުހުން ހައްޔަރުކުރީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. ގްރީސްގެ ފުލުހުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ފުލުހުންނާ މާރާމާރީ ހިންގުމާ ގުޅިގެން ތިން ފަތުރުވެރިއަކު މައިކޯނޯސް ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވާ ކަމަށެވެ. އެ ތިން ފިރިހެނުން ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ ދެބަސްވުމެއް ހިނގުމުން އެ ސަރަހައްދަށް ދިޔަ ފުލުހުންނަށް އެ މީހުން ހުތުރު އެއްޗިސް ކިޔާ އެތަނުން ފުލުހަކު ކޮއްޕާލުމާ ގުޅިގެންނެވެ. އަދި ޕޮލިސް ސްޓޭޝަން ތެރެއިން ހައްޔަރުކުރަން އުޅުމުން އެކަމަށް ދެކޮޅު ހަދައި، ފަހުން އެތަނުން އެކަކު ފުލުހުންނަށް ރިޝްވަތު ދޭން މަސައްކަތްކުރި ކަމަށްވެސް ގްރީސްގެ ފުލުހުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ހުކުރު ދުވަހު ގްރީސްގެ ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 27، 28 އަދި 29 އަހަރުގެ ތިން ފިރިހެނުންނެވެ. މީގެ ތެރެއިން އުމުރުން 27 އަހަރުގެ ފިރިހެނަކީ ޔުނައިޓެޑްގެ ކެޕްޓަން މެގުއާއެވެ. އަދި އަނެއް ދެ މީހުންނަކީ މެގުއާގެ ބޭބެ އާއި ރައްޓެއްސެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހޮނިހިރު ދުވަހުގެ ވަގުތެއްގައި މެގުއާ ކޯޓަށް ހާޒިރުކުރުމުން، އޭނާ ވަނީ ހައްޔަރުން ދޫކޮށްލާފައެވެ. އަދި އަނބުރާ އިންގްލެންޑަށް ދިޔުމުގެ ހުއްދަވެސް ވަނީ ދީފައެވެ. އެކަމަކު ކޯޓުން މައްސަލަ އަދިވެސް ބަލަމުންދާއިރު، މި މަހުގެ 25 ވަނަ ދުވަހު އޮންނަ ޝަރީއަތަށް މެގުއާގެ ވަކީލުން ހާޒިރުވާން ޖެހޭނެ ކަމަށް ވަނީ އަންގާފައެވެ.

މި މައްސަލައާ ގުޅިގެން ޔުނައިޓެޑުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގޭ ކަމަށާއި، އެ މައްސަލައިގެ ތަހުގީގުގައި މެގުއާ ފުލުހުންނަށް އެއްބާރުލުން ދެމުން އަންނަ ކަމަށް ބުނެފައެވެ.

ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީފައިނަލްގައި ސެވިއްޔާ އަތުން ޔުނައިޓެޑް ކެޓުމާއެކު، މެގުއާ އައީ އޭނާގެ އާއިލާއާއެކު ގްރީސްގައި ޗުއްޓީ ހޭދަކުރަމުންނެވެ. ދެ ހަފުތާގެ ޗުއްޓީއަކަށް މެގުއާ ގްރީސްއަށް ދިޔައިރު، އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2017

ޕީއެސްޖީއާއެކު މަޝްވަރާކުރުމުގެ ހުއްދަ ރޮނާލްޑޯ އޭނާގެ އެޖެންޓަށް ދީފި

25 ނޮވެމްބަރު 2017
ޕީއެސްޖީއާއެކު މަޝްވަރާކުރުމުގެ ހުއްދަ ރޮނާލްޑޯ އޭނާގެ އެޖެންޓަށް ދީފި
21 ނޮވެމްބަރު 2017

ނަތީޖާތައް އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް: ޒިދާން

21 ނޮވެމްބަރު 2017
ނަތީޖާތައް އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް: ޒިދާން
21 ނޮވެމްބަރު 2017

އަލުން އަނބުރާ ޔޫރަޕުގެ ޓީމަކަށް ނުދާނަން: ޑޭވިޑް ވިޔާ

21 ނޮވެމްބަރު 2017
އަލުން އަނބުރާ ޔޫރަޕުގެ ޓީމަކަށް ނުދާނަން: ޑޭވިޑް ވިޔާ
26 އޯގަސްޓު 2017

ްރޫނީގެ ނިންމުން އަނބުރާ ގެންނަން ފެނޭ: ރޯއީ ހޮޑްސަން

26 އޯގަސްޓު 2017
ްރޫނީގެ ނިންމުން އަނބުރާ ގެންނަން ފެނޭ: ރޯއީ ހޮޑްސަން
05 އޯގަސްޓު 2017

އަނބުރާ އިނގިރޭސިވިލާތަށް ދާން ބޭނުންވާ ކަމަށް ރޮނާލްޑޯ ބުނެފި

05 އޯގަސްޓު 2017
އަނބުރާ އިނގިރޭސިވިލާތަށް ދާން ބޭނުންވާ ކަމަށް ރޮނާލްޑޯ ބުނެފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު