Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސުޕްރީމް ކޯޓުގެ ހުކުމް

ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު

ސުޕްރީމް ކޯޓުން އަމުރު ނެރެފައިވަނީ ބިރުވެރިކަން އެއްފަރާތް ކޮށްފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2018 | ހުކުރު 11:24
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން

ޤައުމެއްގެ ޙާލަތަށް ވެސް އަންނަނީ ތަފާތު ހިނދުކޮޅު ތަކެކެވެ. އެކިއިރުއެކި ގޮތަށެވެ. ސިޔާސީ ގޮތުން އަންނަ ދެބަސްވުންތަކާއި ބާރާއި އާރު ދެހެއްޓުމުގައެވެ. ހެދޭ ގޯސްތަކާއި ކުރެވޭ ކަންކަމުން ނުކުންނަ ތަފާތު ނަތީޖާތަކުގައެވެ.

އެކަންކަން ހައްލުކޮށް އެންމެ ހެޔޮ މަގުން ގެންދިއުމަށްޓަކައި ކަނޑައެޅިފައި އޮންނަ އެއްޗަކަށް ވަނީ އެޤައުމެއްގެ ދުސްތޫރެވެ. ޤާނޫން އަސާސީއެވެ. މަގުން ކައްސާލައިގެންދާ ޙާލަތްތަކުގައިވެސް ޢަމަލް ކުރުމަށް ލިޔެވިފައި އޮންނަ ގައިޑްލައިނަކީ އެ ޤާނޫން އަސާސީއެވެ. އެޤާނޫން އަސާސީ ދަމަހައްޓައި ނެގެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ތިން ބާރަކަށް ދައުލަތް އޮންނަނީ ބަހާލެވިފައެވެ. ކޮންމެ ހާލަތެއްގައިވެސް ޤާނޫނުއަސާސީ ނެގެހެއްޓުމަކީ ތިން ބާރުގެ މައްޗަށް ކުރުން ލާޒިމުވެގެންވާ ކަމެކެވެ.

އެބީދައިން ރާއްޖޭގެ ދުސްތޫރު މާނަ ކުރުމާއި އެދުސްތޫރާ އެއްގޮތައް ކަން ހިނގާތޯ ބަލާ ބައެއްގެ ގޮތުގައި އޮންނަނީ ޤާނޫނީ ގޮތުން އެންމެ ފަހު ބަސް ބުނާ ރާއްޖޭގެ ސުޕްރީމް ކޯޓެވެ.

ސުޕްރީމް ކޯޓުން އައީ އެކަން ކުރަމުންނެވެ. އެއިރެއްގައި ކުރަން ޖެހޭ ހުކުމެއްކޮށް ނެރެން ޖެހޭ އަމުރެއް ނެރެ ބާތިލް ކުރަން ޖެހޭ ޤާނޫނެއް ނުވަތަ ޤާނޫނުގެ ބައެއް ބާތިލް ކުރަމުންނެވެ. ހިފަހައްޓާން ޖެހޭ ޙައްޤެއް ޤާނޫން އަސާސީގައި ބުނާ މިންވަރަށް ހިފަހައްޓަމުންނެވެ.

ސިޔާސީ ގޮތުން ހަލަބޮލިވެ އެކެއްގެ އަތްމައްޗަށް ބާރުތައް ކެހިފައިވީއިރު ސުޕްރީމް ކޯޓުން ނިންމި ނިންމުން ބައެއް ފަހަރަށް ބައެއް ފަރާތްތަކަށް ޤަބޫލު ކުރަން ދަތި އެއްޗަކަށް ވިއެވެ. ޚާއްޞަކޮށް ރައީސް ޔާމީންގެ ވެރިކަމުގައި ނުކުތް ހުކުމްތަކާމެދު އިދިކޮޅު ފަރާތްތަކުން އެންމެ ގަޔަކާ ނުވިއެވެ. އެހެންނަމަވެސް އެފަރާތްތަކުން އައީ އެ ނިންމުންތައް ބަލައިގަނެ ފުރިހަމައަށް އެއަށް އިހްތިރާމްކޮށް އެއަށް ބޯ ލަންބަމުންނެވެ.

ހަމަ އެހެންމެ އޭރު އެހުކުމްތަކާއި ނިންމުން ތަކަކީ ސަރުކާރަށް ވަރަށް ކަމުދާ އެއްޗެކެވެ. ޚާއްޞަކޮށް ދިވެހި ދައުލަތުގެ ބަންޑާރަނައިބު ވަޑައިގެން ހުށަހެޅުއްވި މައްސަލަތައް ނިންމަވާ ކުރެއްވި ހުކުމްތައް ސަރުކާރުން ވަރަށް ގަޔާވިއެވެ. އޭގެ ތެރެއިންވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެންބަރުކަން ގެއްލޭ ގޮތާ ގުޅޭގޮތުން މިދިޔަ އަހަރު ނެރުއްވި ހުކުމް އެއީ ސަރުކާރަށް ވަރަށް ބޮޑު ޤާނޫނީ ހުއްޖަތަކަށް ވެގެން ދިޔައެވެ. ރައީސް ޔާމީނަށް ލިބިދީފައި އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ކެހިގެން ދިޔަވަގުތު އެކަމަށް ބާރު ފޯރުވަން ސަރުކާރަށް ލިބުނު ބާރަކަށް ވީތީއެވެ. ނަތީޖާއެއްގެ ގޮތުން ކޯޓުން ނެރޭ އަމުރަކީ އެއަށް ތަބާވާނެ އެއްޗެއް ކަމަށާއި އެއަށް ފުރިހަމައަށް ބޯނލަބަން ޖެހޭނެ ކަމަށް ސަރުކާރުން ދިޔައީ ޤަބޫލު ކުރަމުންނެވެ. ޚުދު ރައީސް ޔާމީންވެސް ގެންދެވީ އެމޭރުމުން ވިދާޅުވަމުންނެވެ.

އެހާލަތުގައިވެސް ސުޕްރީމް ކޯޓުން ޤާނޫނާ ޤާނޫން އަސާސީން ހައްލު ހޯދައިދިނެވެ. އެއީ އިދިކޮޅު ފަރާތްތަކަށް ލިބުނު ބޮޑު ގެއްލުމަކަށް ވިޔަސްވެސް މެއެވެ.

އެހެންނަމަވެސް ސުޕްރީމް ކޯޓުގެ އެހުކުމާއެކު ސަރުކާރާ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމުން އަމަލް ކުރަމުންދިޔަގޮތުން ޤާނޫނީ ޙުކޫމާތެއް އެބައޮތްތޯ ގިނަބަޔަކަށް ސުވާލު އުފެދުނެވެ. ސަރުކާރުން ހިތު ހުރިހާ ގޮތް އެއީ ޤާނޫން އަސާސީ އާއި ޤާނޫންގައި އޮންނަ ގޮތްކަމަށް ބެލެވުނެވެ. ރައްޔިތުން ތިބީ އެކަމުގައި ގޮތް ހުސްވެފައެވެ. ކުރެވޭނެ ކަމެއް ނެތިފައެވެ.

އެހާލަތުގައި ޤައުމު ވަނިކޮށް ބޮޑު ބަދަލެއް ގެނައީ ސުޕްރީމް ކޯޓުން ނެރުނު އަމުރެވެ. ކުރިންވެސް ބުނެވުނު ހިނދުކޮޅު އެއައީ ބުރާސްފަތި ދުވަހުގެރޭ ނެރުނު ހިތްވަރު ގަދަ ދުސްތޫރީ އަމުރުގެ ސަބަބުންނެވެ.

ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުން ބުރާސްފަތި ދުވަހުގެރޭ އެނެރުއްވީ އާދައިގެ އަމުރެއް ނޫނެވެ. އެ އަމުރަށްފަހު ސަރުކާރުން ކަންކުރަން ފެށި ގޮތަށް ބަލާއިރު ފަހުމް ވަނީ އެފަސްފަނޑިޔާރުން އެއަމުރު އެރުއްވީ ފުރާނަ އަތްމައްޗަށް ލައްވައިގެން ތިބެ ކަމެވެ. އެއީ ހިތްވަރުގަދަ ނިންމެވުމެއްކަމެވެ. ރާއްޖޭގެ ދުސްތޫރު ނަގަހްއޓާ ދެމެހެއްޓުމަށް އެފަސްފަނޑިޔާރުން އެޅުއްވި އެފިޔަވަޅަކީ ތައުރީފް ޙައްޤު ފިޔަވަޅެކެވެ. ކުރިން ނެރެވިފައިވާ އަމުރުތަކާއި ނިންމެވުންތަކުގެ ސަބަބުން ޤައުމު ވެއްޓުނު ހާލަތާއި އުފެދުނު ހަމަނުޖެހުންތައް ޙައްލުކޮށް ޤައުމު ހަމަމަގަށް އަޅުވާނެ ނިންމެވުމެކެވެ. އެންމެންނަށްވުރެވެސް ބޮޑީ ދުސްތޫރު ކަމާއި އެއްވެސް މީހަކު ޤާނޫނާއި ޤާނޫން އަސާސީއަށްވުރެ މަތީގައި ނުހުރެވޭނެކަން ހަނދާންކޮށްދިން ހުކުމަކަށެވެ. ކޮންމެ މީހަކުވެސް ހަމަޔާ އިންސާފް ޤަބޫލް ކުރަން ޖެހޭނެ ކަމަށާއި ކުރެވޭ ހުވަޔާ އެއްގޮތައް ދެމިހުންނަން ޖެހޭނެ މީހެއްކަން އަންގައިދީފައެވެ. ހެދޭ ގޯހަކީ ތާއަބަދު އެގޮތުގައި ބާއްވަން ޖެހޭނެ އެއްޗެއް ނޫންކަން އެންމެހާ ފަރާތްތަކަށް ހަނދާން ކޮށްދިން އަމުރެކެވެ.

ކޮންމެއަކަސް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ޤައުމަށްޓަކއި ދިވެހި ޤައުމުގެ ދުސްތޫރަށްޓަކައި އެނިންމެވީ އަގުހުރި ނިންމެވުމެކެވެ. ތައުރީފް ޙައްޤު ނިންމެވުމެކެވެ. ބިރު ދެއްކުމެއް ދޭ އިންޒާރަކަށް ބެލުމެއް ނެތި ރައްޔިތުންގެ ޙައްޤުގައި ސާބިތު ކަމާއެކު ހުންނެވިކަމުގެ ހިތްވަރުގަދަ ނިންމެވުމެކެވެ. ދެން އޮތީ ހަމަ އެންމެ ކަމެކެވެ. ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުން އެދައްކުވައިދިން ރީތި ނަމޫނާ ބަލައިގަނެ ފުލުހުންނާ ސިފައިންވެސް އެމަގުން ހިނގައިގަތުމެވެ. މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޤައުމާ ދިވެހި ރައްޔިތުންގެ ޙައްޤުގައި ކޮށްފައިވާ ހުވަޔާ އެއްގޮތައް ޢަމަލް ކުރަން ފެށުމެވެ. ޤާނޫނާއި ޤާނޫން އަސާސީ ނެގެހެއްޓުމަށް ސުޕްރީމް ކޯޓުން އެދައްކުވައިދިން މިސާލާ އެއްގޮތައް ފަހުބަސް ބުނާ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ކުރުމެވެ. ޤައުމުގެ ދަރީންނޭވެ. ލޮބުވެތި ފުލުހުންނާ ސިފައިންނޭވެ. ފަހަށް ޖެހިވަޑައި ނުގަންނަވާށެވެ. މާތް ﷲ ގަންދީ ކުރައްވައިގެން ތިޔަ ތިއްބެވި ހުވަޔަށް އަވަހަށް ކަމޭ ހިތްތަވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތިޔާރުގެ އުފެއްދުމުގައި އެންމެ އުހުގައި އުޅެނީ މި ފަސް ކުންފުނި

ހަތިޔާރުގެ އުފެއްދުމުގައި އެންމެ އުހުގައި އުޅެނީ މި ފަސް ކުންފުނި

13 އޮކްޓޯބަރު 2017
ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟

ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟

06 އޮކްޓޯބަރު 2017
ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ ފަސް އަހަރު،  ޖަރީމާ ހިންގި މީހުނަށް އަދަބެއް ނުދެވުނު!

ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ ފަސް އަހަރު، ޖަރީމާ ހިންގި މީހުނަށް އަދަބެއް ނުދެވުނު!

01 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

16 އޯގަސްޓު 2017
މަޑުލަކުން މަޑުލަކުން ލުހިގެންދަނީ، ފަޅުވެރިން ހިކިފަސް ހޯދުމުގައި!

މަޑުލަކުން މަޑުލަކުން ލުހިގެންދަނީ، ފަޅުވެރިން ހިކިފަސް ހޯދުމުގައި!

06 ޖުލައި 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު