Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން

އިންޑިއާގެ ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުން ވަނީ އިސްލާހު ކުރަން ތެދުވެވަޑައިގެންފައި

ރާއްޖެ އެމްވީ | 13 ޖެނުއަރީ 2018 | ހޮނިހިރު 12:23
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

އެންމެ މަތީ ކޯޓުން ކަތި ފިޔަވަޅެއް އެޅުމަކީ ޤައުމުގެ އެންމެހައި އިންތިޒާމުތަކަށް ލޮޅުންއަރާނޭ ކަމެކެވެ. އަޅުގަނޑުމެން ބަލަން ތިއްބާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކިތަންމެ ފަހަރަކު ކައްޗާ ދުއްވައިފިއެވެ. ޝަރުއީ ޙުކުމްތަކުން ސިޔާސީ މީހުންގެ މުހުތާދުތައް ފުއްދައިދެމުން ދިޔައީ ހާމަކަން ބޮޑުކޮށެވެ. އަޅުގަނޑު ހިތުން، ސިޔާސީ ރުނބާގެ ވިޔަގޮއްވަށް ވެގެން އޮންނަންޖެހޭ ވަރަށް ވުރެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މާ ޢިލްމީއެވެ. ދުނިޔޭގެ އާޖުފާޖާއި ކަންކުރަންޖެހޭ ގޮތް އޮޅިފައި ތިބޭނޭ ހަމައެކަކު ވެސް އެތާކު ނެތެވެ. ގޯހަކީ ގޯސްކަން އެ ބޭފުޅުންނަށް މާ ސާފުކޮށް އެނގިވަޑައިގަންނަވާނެއެވެ. ފަނޑިޔާރެއްގެ ނުފޫޒުގައި ގޯހެއް ހަދާއިރު އެކަމާ އެންމެ ކުޑަމިނުން އިޢުތިރާޟުނުކޮށް ހުރުމަކީ ތައުލީމުޔާފުތާޔަކު ހިފައިގެންވާނޭ މަގެއް ނޫންކަން އެބޭފުޅުން ޤަބޫލުކުރައްވާނެއެވެ.

އިންޑިޔާގެ ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރުން އެ ޤައުމުގެ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ތެދުވިއިރު، އިންޑިޔާގެ ސުޕްރީމް ކޯޓުން ސިޔާސީ މީހުންގެ އައްޑަނައަކަށް ވެފައި އޮތްކަމުގެ ގިނަ ތުހުމަތުތަކެއް ކުރެވިފައި އޮތީއެއް ނޫނެވެ. އުއްތަމަ ފަނޑިޔާރު ރިޝްވަތު ނަގާކަމުގެ ތުހުމަތެއް ވެސް ނެތެވެ. ހަމައެކަނި އޮތީ ބައެއް މައްސަލަތަކުގައި އުއްތަމަ ފަނޑިޔާރު ބޭނުންފުޅުވާ ފަނޑިޔާރުންގެ ބެންޗު އެކުލަވާލުމަށް ބާރު އަޅާ ކަމުގެ ތުހުމަތެވެ. ޤާނޫނާ ޚިލާފު އެ ފަދަ ފިޔަވަޅުތައް ތަކުރާރުވެ، ފުނިޖެހުނީއެވެ. ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރުން ނިންމެވީ ނުޙައްޤު މަގެއްގައި ހިނގާލިކަމުގެ މަދު ތުހުމަތުތަކެއް ވެސް ބަރުދާސްތުނުކޮށް، ފާޅުގައި ބަސް ވިދާޅުވުމަށެވެ. ކަން ހިނގަމުންދާ ގޮތް ތެދުވެރިކަމާއެކު ރައްޔިތުންނަށް ހާމަކޮށްދެއްވީއެވެ. އެހެން އެވަނީ ކޯޓުތަކުގެ އިންސާފުވެރިކަން ކަށަވަރުކުރުމާއި، ކަރާމާތްތެރިކަން ރައްކާތެރިކުރުމުގެ ރޫހު ހުރި މިންވަރުންކަމުގައި ފެނެއެވެ. ޢަދުލުއިންސާފުގެ މުޅި ދާއިރާ ބިނާވަނީ އެ ދާއިރާއަށް ޢާންމުންކުރާ އިތުބާރެއްގެ މައްޗަށްކަން އެ ފަނޑިޔާރުން ދަނެއެވެ. އަދުލުއިންސާފު ޤާއިމުކޮށްދިނުމުގެ މަސައްކަތަކީ ވެސް ރައްޔިތުންނަށްޓަކައި ކޮށްދޭންޖެހޭ މަސައްކަތެކެވެ. އެކަމުގައި ހުރަސްތަކެއް ހުރިނަމަ، އަދި އެކަށައެޅިފައިވާ އިންތިޒާމުތަކުގެ ތެރެއިން އެކަންކަން ޙައްލުނުކުރެވޭނަމަ ރައްޔިތުންނަށް އެކަމުގެ މަޢުލޫމާތު ލިބެންޖެހެއެވެ. އެ ބޭފުޅުން އެ ކުރެއްވީ އެ މަސައްކަތެވެ.

މިރާއްޖޭގައި އެހެންތޯއެވެ. އުއްތަމަ ފަނޑިޔާރުގެ އަމިއްލަފުޅު ރަޢުޔަށް ކަންތައްތައް ނިންމަވާފައި ހުރިކަމަށް ތުހުމަތުކުރެވުނީ މަދު ފަހަރަކުއެއް ނޫނެވެ. ކޮންމެ ނިންމުމަކަށް ފަހުގައި ‘އެ ނިންމުމުން އަޅުގަނޑު ބަރީޢަވަން’ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮތީ ކޮންމެވެސް ބައެއްގެ ގާތުގައި ވިދާޅުވެވިފައެވެ. އެއީ ރައްޔިތުންގެ މަޖިލިސްގެ ގޮނޑިއެއްގެ ސައްޙަކަމާމެދު ނިންމުމެއް ނިންމުން ކަމުގައިވީނަމަވެސް، ނުވަތަ ޤާނޫނީ ވަކީލުން ސަސްޕެންޑްކުރުން ކަމުގައި ވީނަމަވެސް، އެފަދަ ހުރިހާ ވިޔާނުދާކަމެއްގެ ފޫޅުކެނޑެނީ ހަމައެކަނި އުއްތަމަފަނޑިޔާރަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިތްވަރު ލިބިގަންނަންވީއެވެ. އުއްތަމަ ފަނޑިޔާރަކީ ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުގެ މައްޗަށް، ނުވަތަ އެހެން ކޯޓެއްގެ ފަނޑިޔާރެއްގެ މައްޗަށް ވިޔަސް ޚާއްސަ ބާރެއް ލިބިފައިވާ ފަރާތެއް ނޫނެވެ. ޤާނޫނާ ޚިލާފް، އަދި އެތައް ތުހުމަތުތަކެއް ބޮލުގައިއެޅޭ ގޮތަށް ނިންމާ ނިންމުންތަކުގެ ބައިވެރިންނަށްވެގެން ތިބުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަނާވެގަންނަންޖެހޭ ވަގުތަކީ މިއީއެވެ.

ފަނޑިޔާރަކު މިނިވަން މުއައްސަސާތަކަށް ފޮނުވާ ސިޓީތައް، އެ މުއައްސަސާތަކުން ބޭރުވެ، އުއްތަމަފަނޑިޔާރުގެ އަތްޕުޅަށް އަރާކަން ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާނެއެވެ. އެ ސިޓީތަކާމެދު މުއްސަސާތަކުން ފިޔަވަޅު އެޅުއްވުމުގެ ބަދަލުގައި ޝަކުވާ ރައްދުވާފަރާތާ މަޢުލޫމާތު ޙިއްސާކުރުމަކީ ކޮށްގެންވާނޭކަމެއް ނޫނެވެ. އުއްތަމަ ފަނޑިޔާރުގެ ޝަކުވާ ޖޭ.އެސް.ސީ އަށް ހުށަހަޅަން މަސައްކަތްކުރި ފަނޑިޔާރުން އޮބިއެޅުވުމަށް އުއްތަމަ ފަނޑިޔާރު ކުރެއްވީ ކީއްކަން ފަނޑިޔާރުންގެ ހަނދުމަފުޅުގައި ހުންނާނެއެވެ. އެ ޝަކުވާ ހުށަހެޅުމުގެ މަގު ބަންދުކުރެއްވީ އުއްތަމަ ފަނޑިޔާރެވެ. އެފަދަ ކަންކަމަށް ދެން ޙައްލު ހޯދައިދޭނީ ރައްޔިތުންނެވެ.

ސުޕްރީމް ކޯޓާއި، ޝަރުޢީ ދާއިރާގެ އަގު ހިފެހެއްޓުމަކީ އުއްތަމަ ފަނޑިޔާރު ދަންވަރުގެ ވަގުތުގައި ނެރުއްވާ ކޯޓު އަމުރަކުން ކުރެއްވޭނޭ ކަމެއް ނޫނެވެ. ޝަކުވާ ހުށަހަޅަން މަސައްކަތްކުރާ ފަނޑިޔާރުންނަށް ބިރު ދައްކައިގެންވެސް ޙުރުމަތުގެ ހާސަރެއް ދެން ވިކޭކަށް ނެތެވެ. ސުޕްރީމް ކޯޓުން ޤާނޫނާ ޚިލާފްވުން ހުއްޓާލައި، ޤާނޫނުއަސާސީއަށާއި، ރައްޔިތުންނަށް އިޚްލާސްތެރިވާންފަށާ ދުވަހު ސުޕްރީމް ކޯޓަށް ވެސް ރައްޔިތުން އިޙްތިރާމް ކުރާނެއެވެ.

ސުޕްރީމް ކޯޓުގެ ނިވާފަތްގަނޑުގައި އުއްތަމަފަނޑިޔާރު ނިންމާ ނިންމުންތަކުގެ ބައިވެރިންނަށް ވެގެން ތިއްބެވުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިފުން ރީތި މަގެއް ނޫނެވެ. ރައްޔިތުން ތިބޭނީ އިންސާފު ޤާއިމުކުރަން މަސައްކަތްކުރާ ބަޔަކާއެކުގައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިތްވަރު ލިބިގަނެ، މި ދަނޑިވަޅުގައި ނިންމުމެއް ނިންމަންޖެހެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮތީ އެންމެ ސުވާލެކެވެ. ތަބާވާނީ އުއްތަމަ ފަނޑިޔާރަށްތޯ ނުވަތަ ޤާނޫނުއަސާސީއަށް ތޯއެވެ.

އެޑިޓަރުގެ ނޯޓް: މިއީ ގާނޫނީ ވަކީލު މަހުފޫޒް ސައީދު ލިޔުއްވާފައި ލިޔުއްވުމެކެވެ. މަހުފޫޒުއަކީ ރައީސް މުހައްމަދު ނަޝީދުއާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލެކެވެ. މީގެ އިތުރުން ވެސް ޖިނާއީ ބޮޑެތި މައްސަލަތަކުގައި މަހުފޫޒު މަސައްކަތް ކުރައްވާފައިވެއެވެ. 56 ވަކީލަކު ސޮއިކުރައްވައި، ހުށަހަޅަން މަސައްކުރި ޕެޓިޝަނާއި ގުޅިގެން ސަސްޕެންޑް ކުރިގޮތަށް އޭނާ ހުންނެވީ އަދިވެސް ސަސްޕެންޝަނުގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު

ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު

02 ފެބުރުއަރީ 2018
ސުޕްރީމް ކޯޓުގެ ހުކުމާއެކު މުޅި ޤައުމު އުފަލުން ރޮއްވާލައިފި

ސުޕްރީމް ކޯޓުގެ ހުކުމާއެކު މުޅި ޤައުމު އުފަލުން ރޮއްވާލައިފި

01 ފެބުރުއަރީ 2018
މި އަހަރު ހިތްވަރު ލިބިގަންނަންވީ މި މީހުންގެ ކިބައިން!

މި އަހަރު ހިތްވަރު ލިބިގަންނަންވީ މި މީހުންގެ ކިބައިން!

09 ޖެނުއަރީ 2018
އިންސާފު ޤާއިމްކުރުމުގައި ސުޕްރީމް ކޯޓު ވަނީ ފެއިލްވެފައި!؟

އިންސާފު ޤާއިމްކުރުމުގައި ސުޕްރީމް ކޯޓު ވަނީ ފެއިލްވެފައި!؟

07 ޖެނުއަރީ 2018
ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

19 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު