Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިއުރޭޑިއަންޓަށް 41 އަހަރު ފުރުން

ނިއުރޭޑިއަންޓަށް 41 އަހަރު، ކުލަބު އޮތީ ކޯމާއެއްގައި

"އަލުން އަނބުރާ ފުޓްބޯޅައަށް ނިއުރޭޑިއަންޓް އަންނާނެ ދުވަހެއް ބުނަންވެސް ނޭނގޭ"

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2020 | ހުކުރު 11:08
2017 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ތައްޓާއެކު ނިއުރޭޑިއަންޓްގެ ކުޅުންތެރިން އުފާފާޅު ކުރަނީ

2017 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ތައްޓާއެކު ނިއުރޭޑިއަންޓްގެ ކުޅުންތެރިން އުފާފާޅު ކުރަނީ

ދިވެހިރާއްޖޭގެ އޮތް ސަޕޯޓަރުން އެންމެ ގިނަ ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ބުދަ ދުވަހު 41 އަހަރު ފުރުނުއިރު، ކުލަބު އޮތީ ކޯމާއެއްގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. 41 އަހަރުވީ ދުވަސްވީ ކުލަބަކީ ދިވެހިރާއްޖޭގައި މިހާތަނަށް އޮތް އެންމެ ކާމިޔާބު ކުލަބުވެސް މެއެވެ. މިކަމާ ދިވެހި ފުޓްބޯޅައަށް ލޯބިކުރާ އެއްވެސް މީހަކު ދެބަސް ނުވާނެކަން ކަށަވަރެވެ.

އެހެނަސް 41 އަހަރުވީ ކުލަބަށް މިއަދަކީ ހިތްދަތި ދުވަހެކެވެ. އަނދިރިކަމެއްގެ ތެރޭގައި ކުލަބު އޮތްއިރު، އަލުން އަނބުރާ ފުޓްބޯޅައަށް ކުލަބު އަންނާނެ ދުވަހެއް ބުނަންވެސް ނޭނގެއެވެ.

ނިއުރޭޑިއަންޓަށް 41 އަހަރު ފުރުނުއިރު، އެ ކުލަބު އޮތީ ސަސްޕެންޝަނެއްގައެވެ. މާލީ ގޮތުން ކުލަބު އަޑިއަޅާލާފައިވާއިރު، އެތައް މިލިޔަން ރުފިޔާއަކުން ކުލަބު ވަނީ ދަރަނިވެރިވެފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާވާ ހިންގާ ހުރިހާ ހަރަކާތަކުން ނިއުރޭޑިއަންޓް ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. ސަސްޕެންޑް ކުރަން ނިންމާ އެފްއޭއެމްއިން ނެރުނު ބަޔާނުގައި އެއިދާރާއިން ބުނީ އެ އިދާރާގެ ހިންގާ ގަވާއިދުގެ 14 ވަނަ މާއްދާއިން އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ލިބިދޭ ބާރުތަކުގެ ތެރެއިން ނިއުރޭޑިއަންޓުން މުސާރައިގެ މައްސަލަ ހައްލުކޮށް، އެ ކުލަބުން ދައްކަންހުރި ހުރިހާ ފައިސާ އާއި އުޖޫރަ ދައްކާ ޚަލާސްކުރުމާ ހަމަޔަށް އެފްއޭއެމުން ހިންގާ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ.

ފުޓްބޯޅައިގެ ހަރަކާތްތަކުން ނިއުރޭޑިއަންޓް ސަސްޕެންޑްވެފައިވާއިރު، ރާއްޖޭގައި އޮތް އެންމެ ދުވަސްވީ އެއް ކުލަބުގެ ޗެއާމަންގެ މަގާމުގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) "ރާއްޖެ.އެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ކާމިޔާބު ކުލަބު ނިއުރޭޑިއަންޓަށް މިއަދު ދިމާވެފައިވަނީ ހިތްދަތި ގޮތެއް ކަމަށެވެ. މޮސްޓާ ގަބޫލުކުރައްވާ ގޮތުގައި ނިއުރޭޑިއަންޓް ކޯމާއަކަށް ދިޔައީ އެފްއޭއެމްގެ އިސްވެރިންގެ ސަބަބުންނެވެ.

މޮސްޓާ ވިދާޅުވީ ނިއުރޭޑިއަންޓް ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށާއި، މިވަގުތު ކޮވިޑް-19 ގެ ސަބަބުން ކުލަބުގެ މެނޭޖުމަންޓުން ފައިސާ ހޯދުމަށް ކުރަމުން އައި މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. އެކަމަކު ނިއުރޭޑިއަންޓުން ފައިސާ ހޯދުމަށް ރާއްޖެއިން ބޭރުގެ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، އެފަރާތްތަކުން ވަރަށް އުންމީދީ ޖަވާބެއް ދީފައިވާ ކަމަށެވެ. މީގެ އިތުރުން މޮސްޓާ ވިދާޅުވީ ސަރުކާރުން ލޯނެއްގެ ގޮތުގައި ނިއުރޭޑިއަންޓަށް ދޭން އެއްބަސްވި ތިން މިލިޔަން ރުފިޔާ ލިބިއްޖެނަމަ، ނިއުރޭޑިއަންޓްގެ އެންމެ ބޮޑު އެއް ސްޕޮންސަރު ކަމަށްވާ "ނެސްލޭ މައިލޯ" އިން އެއް މިލިޔަން ރުފިޔާ ދޭން އެއްބަސްވެފައިވާ ކަމަށެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކޯޗު އަދި ޒަމާނުއްސުރެ ނިއުރޭޑިއަންޓާ އެންމެ ވާދަވެރި ކޯޗުގެ ގޮތުގައި ފާހަގަކުރެވޭ އަލީ ސުޒޭން ބުނީ ނިއުރޭޑިއަންޓަށް މިހާރު ދިމާވެފައިވާ ހާލަތާ މެދު ކަންބޮޑުވާ ކަމަށާއި، ނިއުރޭޑިއަންޓަކީ ރާއްޖޭގެ ތާރީޚުގައި އެފަދަ ދެވަނައެއް ނުވާ ކުލަބެއް ކަމަށެވެ. އަދި 41 އަހަރުވީ ތާރީޚެއް އޮތް ކްލަބަކީ ރާއްޖޭގައި އޮތް އެންމެ ފަޚުރުވެރި މާޒީ އޮތް ކުލަބު ކަމަށާއި، ނިއުރޭޑިއަންޓް ކުޅިވަރުގައި އެކްޓިވްކޮށް ނޫޅެވުން އެއީ ކުޅިވަރަށް ލިބުނު ނިކަމެތި ކަމެއް ކަމަށެވެ.

41 އަހަރުވީ މާޒީގައި ނިއުރޭޑިއަންޓް ވަނީ ރާއްޖެ އާއި ބައިނަލްއަގުވާމީ މުބާރާތްތަކުން އެތަކެއް ކާމިޔާބީތަކެއް ހޯދާފައެވެ. މީގެ ހެއްކަކީ ނިއުރޭޑިއަންޓަކީ މިހާތަނަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދަތުރުކުރި ހަމައެކަނި ދިވެހި ކުލަބެވެ. މިކަން ނިއުރޭޑިއަންޓުން ކޮށްފައިވަނީ އެންމެ ފަހަރަކު ނޫނެވެ. 2005 ވަނަ އަހަރު އޭއެފްސީ ކަޕްގެ ތިންވަނަ ނިއުރޭޑިއަންޓުން ހޯދިއިރު، 2013 ވަނަ އަހަރު އެޓީމު ވަނީ ކުއާޓާފައިނަލާ ހިސާބަށް ދަތުރު ކޮށްފައެވެ.

މީގެ އިތުރުން ނިއުރޭޑިއަންޓް ވަނީ މެޗަކުން ބަލިނުވެ ދިވެހި ލީގު ކާމިޔާބުކޮށްފައެވެ. އަދި ދިވެހި ލީގުގެ އެންމެ ކާމިޔާބު ކުލަބަކީވެސް ނިއުރޭޑިއަންޓެވެ.

ނިއުރޭޑިއަންޓްގެ މާޒީ ކިތަންމެ އުޖާލާވެ ރަން އަކުރުން ދިވެހި ފުޓްބޯޅައިގައި ފަވާލެވިފައިވީ ނަމަވެސް، ކޯމާއިން ސަލާމަތްވެ ކުލަބަށް އަލުން އަނބުރާ ފުޓްބޯޅައިގެ ތެރެއަށް އާދެވެން އޮތް ހަމައެކަނި ގޮތަކީ ކުލަބުގެ ދަރަނި ދެއްކުމެވެ. ސަބަބަކީ ނިއުރޭޑިއަންޓް އޮތީ ފީފާގެވެސް ސަސްޕެންޝަނެއްގައި ކަމަށްވާތީއެވެ.

ފުޓްބޯޅައިގެ ހުރިހާ ކަމަކުން މިދިޔަ އަހަރު ނިއުރޭޑިއަންޓް ސަސްޕެންޑު ކުރިއިރު، ނިއުރޭޑިއަންޓުން ދިވެހި ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި 2.4 މިލިޔަން ރުފިޔާ ދޭން އޭރު ޖެހުނެވެ. އެކަމަކު އެފްއޭއެމްގައި ހުރި ނިއުރޭޑިއަންޓްގެ ފައިސާއިން ދިވެހި ކުޅުންތެރިންނަށް ވަނީ މިހާރު މުސާރަ ދީފައެވެ.

އެކަމަކު އަފްޣާނިސްތާނުގެ ޑިފެންޑަރު ހާރޫން އަމީރީއަށް މުސާރައިގެ ގޮތުގައި އަދި އުސޫލުން ބޭރުން އެއްބަސްވުން ބާތިލުކޮށްފައިވާތީ 703،707 (ހަތް ލައްކަ ތިންހާސް ހަތްސަތޭކަ ހަތް) ރުފިޔާ ދޭން ފީފާއިން ވަނީ ނިއުރޭޑިއަންޓަށް އަންގާފައެވެ. އަދި ކުރީގެ ކޯޗު ބެނާޑޯ ޓަވަރޭޒް އަށް 511،342 (ފަސް ލައްކަ އެގާރަހާސް ތިންސަތޭކަ ސާޅީސް ދޭއް) ރުފިޔާ ދޭންވެސް ވަނީ އަންގާފައެވެ.

ރާއްޖޭގައި އޮތް އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސަސްޕެންޑް ވެފައިވީ ނަމަވެސް، އެ ކުލަބު ފާހަގަވެގެން ގޮސްފައިވަނީ ރާއްޖޭގެ ސަޕޯޓަރުން އެންމެ ގިނަ ކުލަބުގެ ގޮތުގައެވެ. އެގޮތުން ނިއުރޭޑިއަންޓް ކުޅޭ މެޗުތަކަށް ގައުމީ ފުޓްބޯޅަ ދަނޑުގެ މަޖީދީ މަގާވީ ފަޅީގެ ސިޑިބަރި ފުރޭއިރު، އެ ސިޑިބަރިއަކީ ނިއުރޭޑިއަންޓް ސަޕޯޓަރުންގެ ރަސްމީ ސިޑިބަރިއެވެ. އެ ސިޑިބަރިން ނިއުރޭޑިއަންޓާއެކު އެ ކުލަބުގެ ސަޕޯޓަރުން އަލުން ފެންނަން ފުޓްބޯޅައަށް ލޯބިކުރާ އެންމެންވެސް އެދެއެވެ. ކޯމާއިން ސަލާމަތްވެ ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު އަލުން އަނބުރާ އައުމަކީ ދިވެހި ފުޓްބޯޅައަށް ލިބޭނެ ކުރިއެރުމެއްކަން ކަށަވަރެވެ. ފުޓްބޯޅައިގެ ތަޚުތު އަލުން ނޫ ދަންމަރުން ދިއްލާލުމަކީ ނިއުރޭޑިއަންޓްގެ ސަޕޯޓަރުންގެ ދެކެން ބޭނުންވާ ދުވަހެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު