Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފުޓްބޯލް

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

އަންނަ އަހަރު އިތުރު ދާއިރާތަކުން އެވޯޑްތައް ލިބިގެންދާނެ: ބައްސާމް

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2017 | އަންގާރަ 13:18
މޯލްޑިވްސް ފުޓްބޯލް އެވޯޑު ލިބުނު ފަރާތްތަކާއި އެފްއޭއެމްގެ އިސްވެރިން އަދި ކުޅިވަރާބެހޭ މިނިސްޓަރު އިރުތިޝާމް އާދަމް

މޯލްޑިވްސް ފުޓްބޯލް އެވޯޑު ލިބުނު ފަރާތްތަކާއި އެފްއޭއެމްގެ އިސްވެރިން އަދި ކުޅިވަރާބެހޭ މިނިސްޓަރު އިރުތިޝާމް އާދަމް

މޯލްޑިވްސް ފުޓްބޯލްއާ އެފްއޭއެމް ގުޅިގެން މުޅިން އަލަށް ދޭން ފެށި "މޯލްޑިވްސް ފުޓްބޯލް އެވޯޑު" ގައި އަންނަ އަހަރުން ފެށިގެން އިތުރު ހަތް އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު ތައާރަފްކުރި މި އެވޯޑުގައި މިއަހަރު ދީފައި ވަނީ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ މޮޅު ކޯޗު އެންމެ އުންމީދީ ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް އެވޯޑެވެ.

އެފްއޭއެމް އެވޯޑު ނައިޓުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ކުރިއަށް އޮތް އަހަރަކީ މިއަހަރަށް ވުރެން ގިނަ އެވޯޑްތަކެއް ދެވިގެންދާނެ އަހަރެއް ކަމަށާއި އެހެން ކަމުން އެ ބަދަލާއެކު ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް އިތުރު ހިތްވަރަކަށް މިކަން ވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެގޮތުން މިއަހަރު ދޭން ނިންމި އިތުރު އެވޯޑްތަކުގެ ތެރޭގައި އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އާއި އަހަރުގެ އެންމެ މޮޅު އަންހެން ކޯޗް އާއި އެންމެ މޮޅު ގޯލް ކީޕަރު، އަހަރުގެ އެންމެ މޮޅު ގޯލު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ، ފެއާ ޕްލޭ ޓީމު އަދި ފޭން އެވޯޑް ދެވިގެންދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ފުޓްބޯޅަ ޚަބަރުތައް ގެނެސްދޭ މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް އިން ބުނީ، އަހަރުގެ އެންމެ މޮޅު ގޯލު ހޮވާނީ އެފްއޭއެމް އިން ރާވާ ހިންގާ މުބާރާތްތަކުގައި ޖަހާ ގޯލުތައް ޖަޖުންގެ ޕެނަލްއަކުން ބެލުމަށްފަހު އެންމެ މޮޅު ކަމަށް ގަބޫލު ކުރެވޭ ގޯލުތަކަށް ވޯޓް ދިނުމަށް އާންމުންނަށް ހުޅުވާލައިގެން އާންމުންގެ ވޯޓުން ކަމަށެވެ. އަދި މިއެވޯޑަށް ކިޔާނެ ނަމަކީ ޖޫލޭ އެވޯޑް އެވެ. ޖޫލޭ އެވޯޑްގެ ނަން މި އެވޯޑަށް ދީފައިވަނީ ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ ލަނޑެއް ކާމިޔާބުކޮށްދިން ގ. ޖޫލިއަޓް ގެ މަރްހޫމް އަބްދުﷲ ރަޝީދު ގެ ނަމާއި ގުޅުވުމަށްފަހުގައި ކަމަށް ވެސް މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމްއިން މައުލޫމާތުދެ އެވެ. މިދިޔަ އަހަރުގެ މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ނައިޓް ހޯމަ ދުވަހުގެރޭ ބޭއްވިއިރު، މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީސީ ސްޕޯޓްސް ކްލަބްގެ އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ސެންޓޭ ހޮވުނު ފުރަތަމަ ފަހަރެވެ. ސެންޓޭ އަށް އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ލިބުނުއިރު އޭނާ ވަނީ މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ޖުމްލަ 34 ގޯލު ކާމިޔާބުކޮށް މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ ގޯލްޑަން ޝޫ (ރަން ބޫޓު) ވެސް ހާސިލު ކޮށްފަ އެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗް މުހައްމަދު ނިޒާމް އެވެ. އަދި މިދިޔަ އަހަރުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ކްލަބް އީގަލްސްގެ އަހުމަދު ރިޒުވާން އެވެ.

މި ހަފްލާގައި ވަނީ ފުޓްބޯޅައަށް ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވަނީ މއ. ޕެރިސްގެ އަލްމަރްހޫމް އަލީ ނަސީމްއަށް ވެސް ހާއްސަ ފިލައެއް އަރުވާފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރު އެފްއޭއެމް އަށް އެންމެ ހިދުމަތްތެރި ތިން ރެފްރީންނަށްވެސް ވަނީ ހަނދާނީ ފިލައެއް ދީފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު