Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް19: ލެޓިން އެމެރިކާގެ ހާލަތު

ލެޓިން އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 250،000ށް

ދުވާލަކަށް ފެންނަ ކޭސްތައް އިތުރުވަމުންދާ ގައުމުތަކުގެ ތެރޭގައި ޕެރޫ، ކޮލަމްބިއާ އަދި އާޖެންޓީނާ ހިމެނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އޯގަސްޓު 2020 | ހުކުރު 08:42
ކޮލަމްބިއާގައި މީހަކު މާސްކު އަޅައިގެން ބައިސްކަލު ދުއްވާފައިދަނީ

ކޮލަމްބިއާގައި މީހަކު މާސްކު އަޅައިގެން ބައިސްކަލު ދުއްވާފައިދަނީ

ލެޓިން އެމެރިކާ ސަރަހައްދުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 250،000 (ދެ ލައްކަ ފަންސާސް ހާސް) ށް އަރައިފިއެވެ.

ލެޓިން އެމެރިކާ ސަރަހައްދަކީ މިވަގުތު އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓުކުރަމުން އަންނަ ސަރަހައްދުވެސްމެއެވެ. ލެޓިން އެމެރިކާގެ ގައުމެއް ކަމަށްވާ ބްރެޒިލުން ވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި 1،204 މީހުން ވައިރަސް ޖެހިގެން މަރުވެފައެވެ.

ފާއިތުވި ހަފުތާ ތެރޭގައި އެސަރަހައްދުން ދުވާލަކު 3،000 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ. ދުވާލަކަށް ފެންނަ ކޭސްތައް އިތުރުވަމުންދާ ގައުމުތަކުގެ ތެރޭގައި ޕެރޫ، ކޮލަމްބިއާ އަދި އާޖެންޓީނާ ހިމެނެއެވެ.

އެސަރަހައްދުގައި ހިމެނޭ ބްރެޒިލްއަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހި އަދި މަރުވެގެން ރިޕޯޓުކުރަމުން އަންނަ ގައުމެވެ. ބްރެޒިލްގެ ރައީސް ހައިރް ބޮލްސޮނާރޯ އެގައުމުގައި ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް ގެންގުޅުއްވާ ސިޔާސަތުތަކަށް ސިއްހީ މާހިރުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ބޮލްސޮނާރޯ ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގައި ވަރަށް ބޮޑަށް ފަހަތަށް ޖެހިވަޑައިގެން ވިޔަފާރިތައް އަވަހަށް ހުޅުވާލުމަށް ބާރު އަޅުއްވާފައެވެ.

ބްރެޒިލްގައި މިހާރު ވައިރަސް ޖެހިފައިވާ 3.5 މިލިޔަން މީހުން ތިބިއިރު، މިހާރު އެގައުމުގައި ވައިރަސް ފެތުރޭ މިންވަރު ކޮންމެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުދަ ދުވަހު ވަނީ ބުނެފައެވެ.

ލެޓިން އެމެރިކާ ސަރަހައްދުގެ އާބާދީއަކީ 646 މިލިޔަން މީހުންނެވެ. ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް މީހުންނަށް ވައިރަސް ޖެހި އަދި މަރުވެގެން ރިޕޯޓުކުރަމުން އަންނަ އެމެރިކާގެ އާބާދީއަކީ 330 މިލިޔަނެވެ. އެމެރިކާއިން މިހާތަނަށް އައިއިރު މަރުވެފައިވަނީ 177،426 (އެއް ލައްކަ ހަތްދިހަ ހަތްހާސް ހަތަރުސަތޭކަ ސައްބީސް) މީހުންނެވެ. ނަމަވެސް މުޅި ލެޓިން އެމެރިކާގެ 646 މިލިޔަން މީހުންގެ ތެރެއިން މަރުވެފައިވާ މީހުންގެ އަދަދު 250،000 (ދެލައްކަ ފަންސާސް ހާސް) ށްވުރެ މަތިވެފައިވެފައިވާއިރު، އަދި ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ނުވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ލެޓިން އެމެރިކާ ހިމެނޭ މެކްސިކޯއަކީ ދުނިޔޭގައި ތިންވަނައަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓުކުރަމުން އަންނަ ގައުމެވެ. އެގައުމުން ބުރާސްފަތި ދުވަހު އަލަށް 6،775 މީހަކަށް ވައިރަސް ޖެހި 625 މީހަކު މަރުވެގެން ވަނީ ރިޕޯޓުކޮށްފައެވެ. މިއާއެކު މެކްސިކޯގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 543،806 (ފަސް ލައްކަ ސާޅީސް ތިންހާސް އަށްސަތޭކަ ހަ) ށް އަރާފައެވެ. އަދި 59،106 (ފަންސަސް ނުވަހާސް، ސަތޭހަ ހަަ) މީހުން ވަނީ މިހާތަނަށް އައިއިރު މަރުވެފައެވެ.

އާޖެންޓީނާއަށް ބަލާއިރު އެގައުމުގައި ބުރާސްފަތި ދުވަހު އެކަނި 8،225 މީހުންނަށް އަލަށް ވައިރަސް ޖެހިގެން ވަނީ ރިކޯޑެއް ހަދާފައެވެ. ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފެށުމާއެކު އެގައުމުގައި ވައިރަސް ފެތުރޭ މިންވަރު ވަނީ އިތުރުވާން ފަށާފައެވެ. އެގައުމުގައި މިހާރު ކޮވިޑް-19 ޖެހިފައިވާ 320،884 (ތިން ލައްކަ ވިހިހާސް އަށްސަތޭކަ އަށްދިހަ ހަތަރު) މީހުން ތިބިއިރު، މަރުވި މީހުންގެ އަދަދު ވަނީ 6،517ށް އަރާފައެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
18 ފެބުރުއަރީ 2017

ހިޓްލަރު ގެންގުޅު ފޯނެއް އެމެރިކާގައި ނީލަން ކިޔަނީ

18 ފެބުރުއަރީ 2017
ހިޓްލަރު ގެންގުޅު ފޯނެއް އެމެރިކާގައި ނީލަން ކިޔަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު