Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސާގައި މެސީ މަޑުކުރުވުން

ގިނަ އަހަރުތަކެއް ވަންދެން މެސީއާއެކު މަސައްކަތްކުރަން ބޭނުން: ކޫމަން

ކޫމަން ބާސާއާ ހަވާލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 20 އޯގަސްޓު 2020 | ބުރާސްފަތި 10:46
ބާސާގެ ކޯޗުގެ މަގާމާ ބުދަ ދުވަހު ހަވާލުވީ ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން

ބާސާގެ ކޯޗުގެ މަގާމާ ބުދަ ދުވަހު ހަވާލުވީ ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން

ގިނަ އަހަރުތަކެއް ވަންދެން ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީއާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް އެ ކުލަބުގެ ކޯޗުގެ މަގާމާ ބުދަ ދުވަހު ހަވާލުވި ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ބުނެފިއެވެ.

މީގެ ކުރިން ބާސާއަށް 1989-1995 ށް ކުޅެ، އެ ޓީމާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ކޫމަން ބާސާއާ ހަވާލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ކޫމަން ބާސާއާ ހަވާލުވިއިރު، އެޓީމު އޮތީ ވަރަށް ބޮޑަށް އަޑިއަޅާލާފައެވެ. އެގޮތުން މި ސީޒަން އެ ކުލަބުން ހުސްއަތާ ނިންމާލިއިރު، މިއީ ފާއިތުވި 12 ސީޒަނުގެ ތެރޭގައި ބާސާއިން ތައްޓެއް ނުލިބި ނިންމާލި ފުރަތަމަ ފަހަރެވެ.

ބުދަ ދުވަހު މަގާމާ ހަވާލުވުމަށްފަހު ކޫމަން ބުނީ ބާސާއެކު މެސީ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބައޮތް ކަމަށެވެ. އަދި މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި، ކޮންމެ މީހަކުވެސް އެންމެ މޮޅު ކުޅުންތެރިޔާ އަމިއްލަ ޓީމުގައި ބަހައްޓަން ބޭނުންވާނެ ކަމަށެވެ.

އެގޮތުން ބާސާގެ ކުރިމަގާ މެދު މެސީއާ ވާހަކަ ދައްކާނެ ކަމަށާއި، އޭނާގެ އުންމީދަކީ ގިނަ އަހަރުތަކެއް ވަންދެން މެސީއާއެކު މަސައްކަތްކުރުން ކަމަށްވެސް ވަނީ ބުނެފައެވެ.

ކޫމަން މިހެން ބުނިއިރު، މީގެ ކުރިން މީޑިއާތަކުން ވަނީ މި ސީޒަން ނިމުމާއެކު ބާސާ ދޫކޮށްލަން މެސީ ބޭނުންވާ ކަމަށް ރިޕޯޓުކޮށްފައެވެ. އެކަމަކު ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވަނީ މެސީ ބާސާ ދޫކޮށް ނުދާނެ ކަމަށް ވިދާޅުވެފައެވެ. އަންނަ އަހަރު މެސީގެ އެއްބަސްވުން ހަމަވާއިރު، އޭނާގެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރަން ބާސާއިން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިކޭ ސެޓިއެން ވަކިކޮށް ކޫމަންއާ ބާސާ ހަވާލުކުރިއިރު، މިފަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުން އެޓީމު ވަނީ ލަދުވެތިގޮތަކަށް ކަޓާފައެވެ. އެގޮތުން ކުއާޓަގައި ބާސާ ބަލިވީ ބަޔާން މިއުނިކް އަތުން 8-2 ންނެވެ. މިއީ ޔޫރަޕްގެ މުބާރާތެއްގައި މިހާ ތަފާތު ބޮޑުކޮށް ބާސާ ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ ފާއިތުވި 74 އަހަރު ތެރޭ އެއް މެޗެއްގައި ބާސާ ކޮޅަށް 8 ލަނޑު ވަން ފުރަތަމަ ފަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާސެނަލް އަށް ގިނަވެގެން ގެނެވޭނީ ތިން ކުޅުންތެރިން: ވެންގާ

އާސެނަލް އަށް ގިނަވެގެން ގެނެވޭނީ ތިން ކުޅުންތެރިން: ވެންގާ

04 ޖޫން 2017
ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު