Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެން ވެންގާ

އާސެނަލް އަށް ގިނަވެގެން ގެނެވޭނީ ތިން ކުޅުންތެރިން: ވެންގާ

އާސެނަލް އަށް މިފަހަރު ލީގުގެ ފަސްވަނަ ލިބުނުއިރު، އެފްއޭކަޕް ކާމިޔާބުކުރި

ލީވާން އަލީ
ލީވާން އަލީ | 4 ޖޫން 2017 | އާދީއްތަ 15:49
އާސެނަލްގެ ކޯޗު އާސެން ވެންގާ

އާސެނަލްގެ ކޯޗު އާސެން ވެންގާ

ކުރިޔަށް އޮތް ސީޒަނަށް އާސެނަލް އަށް ގިނަވެގެން ގެނެވޭނީ ތިން ކުޅުންތެރިން ކަމަށް އެ ކްލަބުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ބެއިން ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ވެންގާ ބުނީ އެހެން ކްލަބްތަކުން ހަރަދުކުރާވަރަށް މިފަހަރު އާސެނަލްއަށް ހަރަދުނުކުރެވޭނެ ކަމަށާއި، އެނެމެ ގިނަވެގެންވެސް ގެނެވޭނީ ތިން ކުޅުންތެރިން ކަމަށެވެ.

ވެންގާ ބުނީ ބޮޑު އަގެއް ދީފައި ގެންނަ ކުޅުންތެރިންނަށްވުރެ ބައެއް ފަހަރު ކުޑަ އަގުގައި ގެންނަ ކުޅުންތެރިން ތަފާތު ދައްކާ ކަމަށެވެ. އެގޮތުން ވެންގާ ބުނީ ކްލަބުން ހަރަދު ކުރަނީ ކިހާ ފައިސާއެއްތޯ ބެލުން މުހިންމު ނޫން ކަމަށާއި، މުހިންމީ ކްލަބް ރަނގަޅަށް މެނޭޖް ކުރެވޭތޯ ބެލުން ކަމަށެވެ.

އާސެނަލް އިން އެ ކްލަބުގެ ކޯޗުކަމުގައި އިތުރު ދެއަހަރު ދުވަސް އާސެން ވެންގާ ބެހެއްޓުމަށް ނިންމާފައިވާއިރު، އެޓީމުގެ އެންމެ މުހިންމު ދެ ކުޅުންތެރިން މެސުތް އޮޒިލް އަދި އެލެކްސަސް ސަންޗޭޒްވެސް ބެހެއްޓުމަށް ކްލަބުން ދަނީ މަސައްކަތްކުރަމުންނެވެ.

މީގެއިތުރުން އެޓީމުން އަންނަނީ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން ރެއާލް މެޑްރިޑްގެ ފޯވާޑް އަލްވަރޯ މޮރާޓާ އަދި މޮނާކޯގެ ކައިލިއަން އެމްފާބޭވެސް ހޯދުމަށް އެ ކްލަބުން އަންނަނީ މަސައްކަތްކުރަމުންނެވެ.

މިދިޔަ ސީޒަނުގައި އާސެނަލް އަށް ޕްރިމިއާ ލީގުގައި ރަނގަޅު ކާމިޔާބެއް ލިބިފައިނުވި ނަމަވެސް ޕްރިމިއާ ލީގުގެ ޗެމްޕިއަން ޗެލްސީ ބަލިކޮށް އެޓީމު ވަނީ އެފްއޭކަޕް އުފުލާލާފައެވެ. އާސެނަލް އަށް ލީގުގެ ފަސް ވަނަ ލިބިފައިވާއިރު، ކުރިޔަށް އޮތް ސީޒަނުގައި އެޓީމަށް ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލޭނެއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު