Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޓަރނޭޝަނަލް ޕާލަމަންޓްރީ ޔޫނިއަން

ތިމާވެއްޓާ އެއްކީލި ތަރައްޤީއެއް ގެނައުމަށް މަޖިލީހުގެ ރައީސްގެ ހުށައެޅުއްވުންތަކެއް އައިޕީޔޫއަށް!

19 އޯގަސްޓު 2020 | ބުދަ 16:26

ޤައުމުތަކުން ހިންގާ ތަރައްޤީގެ މަޝްރޫއުތަކާ ގުޅިގެން ގިނަ އަދަދެއްގެ ކާރބަން ބޭރުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 އޯގަސްޓު 2020 | ބުދަ 16:26
ވަރޗުއަލްކޮށް ކުރިއަށް ގެންދިޔަ ޤާނޫނޫ ހަދާ މަޖިލީހުގެ ރައީސުންގެ 5 ވަނަ ބައްދަލުވުން

ވަރޗުއަލްކޮށް ކުރިއަށް ގެންދިޔަ ޤާނޫނޫ ހަދާ މަޖިލީހުގެ ރައީސުންގެ 5 ވަނަ ބައްދަލުވުން

އިންޓަރނޭޝަނަލް ޕާލަމަންޓްރީ ޔޫނިއަން (އައިޕީޔޫ) ނުވަތަ ދުނިޔޭގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ ރައީސުންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މުހިއްމު ހުށައެޅުއްވުންތަކެއް ހުށައަޅުއްވައިފިއެވެ.

ވަރޗުއަލްކޮށް ކުރިއަށް ގެންދިޔަ ޤާނޫނޫ ހަދާ މަޖިލީހުގެ ރައީސުންގެ 5 ވަނަ ބައްދަލުވުމުގައި ބުދަ ދުވަހު ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން މަޖިލިސްތަކުން ކަންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ރައީސް ނަޝީދު ވަނީ އެކަމާގުޅޭ މުހިއްމު ހުށައެޅުންތަކެއް ވެސް ހުށައަޅުއްވާފައެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ، ޤައުމުތަކުން ހިންގާ ތަރައްޤީގެ މަޝްރޫއުތަކާ ގުޅިގެން ގިނަ އަދަދެއްގެ ކާރބަން ޖައްވުގެ ތެރެއަށް ބޭރުވެގެންދާ ކަމަށެވެ. އެގޮތުން ފޮސިލް ފިއުލް އަންދާވަރު ގިނަވާ ވަރަކަށް، ޖައްވަށް ކާރބަން ބޭރުވާ ވަރުވެސް އިތުރުވާނެކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެފަދައިން ކަން ކުރާ ޤައުމުތައް މުއްސަނދި ވަމުންވެސް ދާ ކަމަށެވެ. އަދި ޤައުމުތަކުން އެކަން ކުރާ މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެން ނަމަވެސް މިއީ "ސުއިސައިޑް" އެއްގެ ގޮތުގައި ރައީސް ނަޝީދު ސިފަ ކުރެއްވިއެވެ.

ރައީސް ނަޝީދު ވަނީ ހުޅަނގުގެ ބައެއް ޤައުމުތަކުން ކާރބަން ބޭރު ކުރާ މިންވަރަށް ވެސް އަލިއަޅުވާލައްވާފައެވެ. މިސާލެއްގެ ގޮތުން އޮސްޓްރޭލިއާގައި އަހަރެއްގެ މައްޗަށް 10،000 ކިލޯވޯޓް/ގަޑިއިރަކަށް ބޭރު ކުރާކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އަވައްޓެރި ބަންގްލަދޭޝްއިން އެ އަދަދު އުޅެނީ 300 ގައި ކަމަށެވެ. އަދި އިތިއޯޕިއާގައި އެ އަދަދު އުޅެނީ 69 ގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މި ކަމުގައި ޤައުމުތަކުން ގެންގުޅޭ ވިސްނުން މިއަދު ބަދަލު ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ކުރިއަރަމުން އަންނަ ޤައުމުތަކުން ކުރިއަށް އޮތް 10 ވަރަކަށް އަހަރު ތެރޭގައި ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވާނެކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެކަން ކުރެވޭނެ ހަމައެކަނި މަގަކީ ފޮސިލް ފިއުލް އެންދުން ނޫން ކަމަށެވެ. އެގޮތުން ތަރައްޤީގެ ޕްލޭންތައް ކުރާއިރު "ޒީރޯ ކާރބަން ޕްލޭން"އެއްގެ ދަށުން، 2050 ވަނަ އަހަރު އަންނަންވާއިރަށް ކާރބަން ބޭރު ކުރާ މިންވަރު 0ށް ހެދުމަށް އަމާޒު ހިފަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި އިޤްތިސާދީ އަދި ހަކަތައާ ގުޅޭ ތަޖުރިބާކާރުންގެ ފަންނީ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި އެފަދަ ޕްލޭންތައް ހިންގުމަށް މަޖިލިސްތަކުން އެ ޤައުމެއްގެ ސަރުކާރަށް ބާރުއެޅިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، މިއަދު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ބަލާލި ނަމަވެސް، އިޔާދަކުރަނިވި ހަކަތައިގެ އަގު ބޮޑުތަނުން ހެޔޮ ކަމަށެވެ.

ދުނިޔޭގެ ގައުމުތަކުގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ ރައީސުން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމަކީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ ބައްދަލުވުމެކެވެ. މިފަހަރުގެ ބައްދަލުވުން އިންތިޒާމު ކޮށްފައިވަނީ އިންޓަރ ޕާލަމަންޓްރީ ޔޫނިއަންއާއި އޮސްޓްރިއާގެ ޤާނޫނު ހަދާ މަޖިލީހާ ގުޅިގެންނެވެ. މިފަހަރުގެ ތީމަކީ ޕާލަމަންޓްރީ ލީޑަރޝިޕް ފޮރ މޯރ އިފެކްޓިވް މަލްޓިރިއަލިޒަމް ދެޓް ޑެލިވަރސް ޕީސް އެންޑް ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް ފޯރ ދަ ޕީޕަލް އެންޑް ޕްލެނެޓް އެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

"އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކުގައި

5

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

އިތުރަށް ކިޔާލަން

01 މާރިޗު 2017

ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި

01 މާރިޗު 2017
ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް