Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ނަޝީދުގެ \"ދެ ރަދުން\" ފޮތް

ރައީސް ނަޝީދުގެ "ދެ ރަދުން" ފޮތް ބުކް ޝޮޕްތަކަށް ނެރެފި

މި ފޮތަކީ 1800 އިން، 1900އަށް ދިވެހި ޤައުމުގެ ހިންގުމުގެ ކަންކަމާއި، އޭރު ދިވެހިންގެ ދިރިއުޅުމުގެ ހާލަތަށް ބައްލަވައި ލިޔުއްވާފައިވާ ފޮތެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 19 އޯގަސްޓު 2020 | ބުދަ 11:53
ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު \"ދެ ރަދުން\" ފޮތް ބައްލަވައިގަނެ، ރައީސް ނަޝީދުގެ ސޮއި ހޯއްދަވަނީ

ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު \"ދެ ރަދުން\" ފޮތް ބައްލަވައިގަނެ، ރައީސް ނަޝީދުގެ ސޮއި ހޯއްދަވަނީ

ދިވެހި ތާރީޚުގެ ގިނަ ވާހަކަތަކާއިއެކު ލިޔުންތެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ލިޔުއްވި "ދެރަދުން" ފޮތް ބުކް ޝޮޕްތަކުން ވިއްކަން ފަށައިފިއެވެ.

ރައީސް ނަޝީދު ލިޔުއްވާފައިވާ "ދެރަދުން" މި ފޮތަކީ 1800ން، 1900ށް ދިވެހި ޤައުމުގެ ހިންގުމުގެ ކަންކަމާއި، އޭރު ދިވެހިންގެ ދިރިއުޅުމުގެ ހާލަތަށް ބައްލަވައި ލިޔުއްވާފައިވާ ފޮތެކެވެ.

Advertisement - newsAdvertisement

ބުކް ޝޮޕްތަކަށް މިފޮތް ނެރެދެއްވުމަށް ނޮވެލްޓީ ބުކް ޝޮޕްގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު، މިފޮތް ލިޔުއްވަން ފެއްޓެވީ، 2015 ވަނަ އަހަރު އެމަނިކުފާނު ޖަލަށްލުމާއެކު، ޖަލުގައި ހޭދަ ކުރެއްވި ދުވަސްވަރު ކަމަށެވެެ. އަދި އޭގެފަހުން އިނގިރޭސި ވިލާތަށް ވަޑައިގެން ހުންނެވި ދުވަސްވަރާއި އަވައްޓެރި ސްރީލަންކާގައި އުޅުއްވި ދުވަސްވަރު މި ފޮތް ލިޔުއްވުމުގެ މަސައްކަތް ކުރެއްވި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ދެ ރަދުން" 235 ސަފުހާގެ މިފޮތުގައި ރާއްޖެފަދަ ކުދި ޤައުމުތަކާއި، އަދި ދުޝްމިނުންގެ ކިބައިން ޤައުމުގެ ޙިމާޔަތް ކުރުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތް ހިމެނޭއިރު، ރާއްޖެ އަކީ އަވަށްޓެރި ކުދި ޤައުމުތަކާއި އެއްހަމައެއްގައި، ޤައުމު ޙިމާޔަތް ކުރުމަށް މަސައްކަތް ކުރި ޤައުމެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މިފޮތުގައި، އެދުވަސްވަރު ވިޔަފާރީގެ ކަންކަން ކުރިއަށްގެންދިޔަ ގޮތާއި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކެއިންބުއިމުގެ ކަންކަން ހުރިގޮތާއި ގުޅޭ ތަފްސީލް މަޢުލޫމާތުތައް ހިމަނާފައެވެ.

އެގޮތުން، 1856 ވަނަ އަހަރުން ފެށިގެން 1881 އަހަރާ ދެމެދު، ރާއްޖެއިން ސިލޯނަށް ކަހަނބުފަތް ބޭރުކޮށްފައިވާ މިންވަރާއި ލިބުނު ފައިސާގެ ތަފްސީލުތައް ފަދަ މިފަދަ މުހިއްމު ބައެއް ތަފްސީލުތައް ވެސް ހިމެނެއެވެ. އެގޮތުން 1860 ވަނަ އަހަރުން 1900 ވަނަ އަހަރާ ދެމެދު އެވްރެޖް ގޮތެއްގައި ސިލޯނަށް ބޭރުކުރި ތަކެތީގެ ބާވަތާއި ބޭރުކުރި މިންވަރު ވެސް ހިމެނެއެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް ސިލޯނަށް ބޭރުކޮށްފައިވަނީ، ހިކިމަހާއި ލޮނުމަހެވެ. އަދި ކާއްޓާއި ރޯނާއި ބޮއްޔާއި ގޮވާން އަދި ރިހާކުރު ފަދަ ތަކެތި ހިމެނެއެވެ.

މިފޮތުގައި، ރާއްޖޭގެ ރަސްރަސްކަލުންގެ ބައެއް މައުލޫމާތުތައް ވެސް ހިމަނާފައިވެއެވެ.

މިފޮތުގައި ރާއްޖޭގެ ދަތުރުފަތުރާއި ގުޅޭ މަޢުލޫމާތާއި، ރާއްޖެއާއި ބަންގާޅާއި ދެމެދު އޭރު ދަތުރުކޮށް އުޅުނުގޮތާއިގުޅޭ މަޢުލޫމާތު ވެސް ހިމަނާފައިވެއެވެ.

ބުކް ޝޮޕްތަކަށް މިފޮތް ނެރެދެއްވުމާއެކު، ރައީސް ނަޝީދު ވަނީ، އެވަގުތު ނޮވެލްޓީ ބުކް ޝޮޕުން އެފޮތް ގަތް ފަރާތްތަކުގެ ފޮތްތަކުގައި އެމަނިކުފާނުގެ ސޮއި ކުރައްވާފައެވެ. އަދި ރައީސް ނަޝީދުގެ ސޮއި ކުރެއްވުމުގެ މި ހަރަކާތް މި ފޮތް ވިއްކާ އެހެން ބުކް ޝޮޕްތަކުގައި ހިންގުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ނޮވެލްޓީ ބުކް ޝޮޕްގައި ރައީސް ނަޝީދު ހޭދަކުރެއްވި އެކުޑަ ވަގުތު ކޮޅުގައިވެސް، 60 އަށްވުރެ ގިނަ ފޮތް ވިކިފައިވެއެވެ.

"ދެ ރަދުން" ފޮތުގެ އަގަކީ 200ރ އެވެ. ހާޑް ކަވަރ ގޮތެއްގެ ފޮތް ވިއްކާ އަގަކީ 300ރ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު