Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބޯޑަރު ހުޅުވާލުން

ފާއިތުވި 24 ގަޑީއިރު ރާއްޖެއަށް އައިސްފައިވަނީ ހަތަރު ފްލައިޓް

18 އޯގަސްޓު 2020 | އަންގާރަ 08:51

17.8 ޓަނުގެ މުދާ ރާއްޖެ އެތެރެކޮށްފައިވާއިރު، 20 ޓަނުގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވޭ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 18 އޯގަސްޓު 2020 | އަންގާރަ 08:51
ރާއްޖޭގެ ބޯޑަރު ހުޅުވާލުން - އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އިންޓަރނޭޝަނަލް ތިނެއް ނުވަތަ ހަތަރު ފްލައިޓް ރާއްޖެ އާދޭ

ރާއްޖޭގެ ބޯޑަރު ހުޅުވާލުން - އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އިންޓަރނޭޝަނަލް ތިނެއް ނުވަތަ ހަތަރު ފްލައިޓް ރާއްޖެ އާދޭ

ޖުލައި މަހުގެ 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން، އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އިންޓަރނޭޝަނަލް ތިނެއް ނުވަތަ ހަތަރު ފްލައިޓް ރާއްޖެ އަންނައިރު، ޑޮމެސްޓިކް ފަހެއް ނުވަތަ ހަ ފްލައިޓް އަދި ޕްރައިވެޓް ދޭއް ނުވަތަ ތިން ޖެޓު ރާއްޖެއަށް އާދެއެވެ.

އިންޓަރނޭޝަނަލް ފްލައިޓްތަކަށް ބަލާލާއިރު، ފާއިތުވި 24 ގަޑީއިރު ހަތަރު ފްލައިޓެއް އޮޕަރޭޓްކޮށްފައިވެއެވެ. އެއީ މޯލްޑިވިއަނުން ބަގްލަދޭޝްގެ ވެރިރަށް ޑާކާ އަށް 200 މީހުންނާއެކު ދަތުރުކުރި ފްލައިޓާއި، މެލޭޝިއާ، ގަތަރު، ސްޕައިސް ޖެޓް ހިމަނައިގެންނެއެވެ.

އޮގަސްޓު 17ވަނަ ދުވަހު ރާއްޖެއަށް އައިސްފައިވަނީ 475 ފަތުރުވެރިންނެވެ. އަދި ރާއްޖެއިން ގޮސްފައިވަނީ 533 މީހުންނެވެ. އެއީ ޑާކާއަށް ދިޔަ ބަންގްލަދޭޝްގެ 200 ރައްޔިތުންނާއި އެކީގައެވެ.

ޑޮމެސްޓިކް ފްލައިޓްތަކަށް ބަލާލާއިރު،6 ފްލައިޓެއް އޮޕަރޭޓްކޮށްފައިވެއެވެ. އެއީ ހދ.ހަނިމާދޫ، ގއ.ކޫއްޑޫ، ސ.ގަން، ފުވައްމުލަށް، ބ.ދަރަވަންދޫ، ނ.މަނަފަރެވެ.

ޑޮމެސްޓިކް އެއަރޕޯޓްތަކުން، ހޯމަ ދުވަހު މާލެ އައިސްފައިވަނީ، 117 މީހުންނެވެ. މާލެއިން ޑޮމެސްޓިކް އެއަރޕޯތްތަކަށް ގޮސްފައިވަނީ 90 މީހުންނެވެ.

ޕްރައިވެޓް ޖެޓްތަކަށް ބަލާއިރު،އެއް ޖެޓު މާލެއިން ޔުނައިޓެޓް އަރަބި އެމިރޭޓްސްގެ ޝާރުޖާއަށް ގޮސްފައިވެއެވެ.

ކާގޯއަށް ބަލާއިރު، ކާގޯ އެއް ފްލައިޓު، ޓާކިޝް އެއަލައިނުން އިސްތަންބޫލާ ދޭތެރޭ ދަތުރުކޮށްފައިވެއެވެ. ޝެޑިއުލް ފްލައިޓްތަކުގެ ކާގޯއާއި އެކު ޖުމްލަ 17.8 ޓަނުގެ މުދާ ރާއްޖެ އެތެރެކޮށްފައިވާއިރު، 20 ޓަނުގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެއެވެ.

ޖުލައި މަހުގެ 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން، އެންމެ ގިނައިން ފަތުރުވެރިން އެތެރެވި ގައުމަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ.

ޔޫއޭއީގެ 504 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިނގިރޭސީވިލާތުންނެވެ. އެއީ 421 ފަތުރުވެރިންނެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ޤައުމަކަށް އެމެރިކާ ހިމެނިފައިވާއިރު، އެއީ 336 ފަތުރުވެރިންނެވެ. 250 ފަތުރުވެރިން ސްޕެއިންއިން ރާއްޖެ އައިސްފައިވާއިރު، 193 ފަތުރުވެރިއަކު ރަޝިއާއިން އައިސްފައިވެއެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ 15ގައި ހުޅުވާލާފައިވާއިރު، އެ ދުވަހުން ފެށިގެން ޖުލައި 31ށް ރާއްޖެ އައިސްފައިވަނީ 1700 ފަތުރުވެރިންނެވެ. އޮގަސްޓު 1ން 15ށް ދެ ގުނަ އިތުރުވެފައިވާއިރު، ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 3400 އެވެ.

ޓަރމިނަލް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ހުސެއިން ވިދާޅުވި ގޮތުގައި ޗައިނާ، ރަޝިއާ، އިންޑިއާގެ ބޯޑަރުތައް ހުޅުވާލުމުން މި އަދަދު އަދި މިއަށްވުރެވެސް އިތުރުވެގެން ދާނެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މާރޗް މަހުގެ 27 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

29 މެއި 2017

ޕިރަމިޑުން ރާއްޖެއަށް މެޖޫލް ޑޭޓްސް ތަޢާރުފުކޮށްފި

29 މެއި 2017
ޕިރަމިޑުން ރާއްޖެއަށް މެޖޫލް ޑޭޓްސް ތަޢާރުފުކޮށްފި
21 މެއި 2017

އޮސްމޯ ބްރޭންޑްގެ ޕްރޮޑަކްޓެއް ރާއްޖެއަށް ތަޢާރަފްކޮށްފި

21 މެއި 2017
އޮސްމޯ ބްރޭންޑްގެ ޕްރޮޑަކްޓެއް ރާއްޖެއަށް ތަޢާރަފްކޮށްފި
12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް