Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީގެ މެންބަރުން މައްސަލަ

އޭސީސީގެ މެންބަރުން މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް

18 އޯގަސްޓު 2020 | އަންގާރަ 08:42

ސާބިތުވެފައިވާ ކަމެއް އޭސީސީން ވަކި ގޮތަކަށް ނިންމާފައިވާ ކަމުގެ ތުހުމަތު ވަނީ ކޮށްފައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 18 އޯގަސްޓު 2020 | އަންގާރަ 08:42
އޭސިސީގެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި

އޭސިސީގެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން މަގާމުގެ ނުފޫޒު ބޭނުންކޮށް، ވަކި ގޮތަކަށް މައްސަލައެއް ނިންމި ކަމަށް ބުނާ މައްސަލައެއް އާންމު ފަރާތަކުން ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެ ފަރާތުން ހުށަހެޅި މި މައްސަލައިގައި ވަނީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، އަޙްމަދު ޝިޔާމް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބޭނުމަށް ވިލިމާލޭގައި ގާއިމުކުރި ވީއައިޕީ ފެސިލިޓީ، މަގާމުގެ ނުފޫޒު ބޭނުންކޮށް، އަމިއްލަ މަންފާއަށް ބޭނުންކުރައްވާފައިވާ ކަމަށެވެ. އެގޮތުން ޝިޔާމްގެ ބައްޕަ ބަލިވެގެން 1 އަހަރާއި 6 މަހަށްވުރެ ދިގު މުއްދަތެއް ވަންދެން ޕީއައިޕީ ބޭނުންކޮށް، ޝިޔާމްގެ ބައްޕައަށް ބޭނުންވާ އެކިއެކި ޚިދުމަތްތައް ދެމުން ގެންދިޔައީ ސިފައިން ކަމަށް ސިޓީގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އަދި އެއީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ނެތްނަމަ އަޙްމަދު ޝިޔާމަށް ލިބޭނޭ ފުރުސަތެއް ނޫން ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ. ސިޓީގައި ވަނީ ވީއައިޕީ ފެސިލިޓީ ބޭނުންކުރަމުން ދިޔައީ ބޭނުންކުރާނޭ ގޮތުގެ އުސޫލެއްވެސް އެކަށައެޅިފައިނެތީސް ކަމަށާއި، އެކަންތައް ޝިޔާމް ހިންގަވާފައިވާކަން ތަހުގީގަށް ސާބިތުވެފައިވާއިރުވެސް، އެ އަމަލުގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް އޭސީސީން ނިންމަވާފައިވުމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަޙްމަދު ޝިޔާމަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ އަމަލެއް ކަމަށް ބުނެފައެވެ.

އަދި އެއީ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ޖިނާއީ ކުށުގެ އަމަލެއް ކަމަށާއި، އޭސީސީގެ މެންބަރުންގެ ގޮތުގައި ތިއްބަވައިގެން އެ ކޮމިޝަންގެ މިހާރުގެ މެންބަރުން ހިންގެވި ޖިނާއީ ކުށުގެ މި އަމަލު ތަހުގީގު ކޮށްދެއްވައި، އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވައި ދެއްވުން އެދޭ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ރާއްޖެޓީވީއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައަކަށް ވުމުން، އެކަމާއި ގުޅިގެން ފުލުހުން ކުރަމުން އަންނަ މަސައްކަތް އެ މީހާއަށް ހިއްސާކޮށްފައިވާނެ ކަމަށާއި އެ ސިޓީ އަންގާރަ ދުވަހު ފުލުހުންނަށް އީމެއިލް މެދުވެރިކޮށް ލިބިފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
12 ފެބުރުއަރީ 2017

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017
މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް