Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމީންގެ ޝަރީއަތް

ރައީސް ޔާމީނަށް، ދިފާއީ ވަކީލުންނާއި ބައްދަލުކުރެއްވުން ހަމަޖައްސާ ދެއްވުމަށް ކަރެކްޝަންގެ މައްޗަށް އަމުރެއް ނެރެނީ

ރައީސް ޔާމީން ވިދާޅުވަނީ ގާނޫނީ ވަކީލުންގެ ބައްދަލުވުމަށް ދައުލަތުން ހުރަސް އަޅާކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 16 އޯގަސްޓު 2020 | އާދީއްތަ 07:42
މިއަދު ކްރިމިނަލް ކޯޓުން ބޭއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން: ގާނޫނީ ވަކީލުންނާ ބައްދަލުނުވާތާ ދޮޅުމަސް ވެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި

މިއަދު ކްރިމިނަލް ކޯޓުން ބޭއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން: ގާނޫނީ ވަކީލުންނާ ބައްދަލުނުވާތާ ދޮޅުމަސް ވެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން، އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ ބައްދަލުކުރެއްވޭނެ ގޮތް ހަމަޖައްސާ ދެއްވުމަށް ކްރިމިނަލް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރެއް ނެރެން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން އާދިއްތަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، ރައީސް ޔާމީންގެ މަށްޗަށް ދައުލަތުން އުފުލާފައިވާ މި ދައުވާތަކަކީ، ބޮޑެތި ދައުވާތަކެއް ކަމަށާއި އަދި މިދައުވާތަކާއި ގުޅިގެން ގިނަ ލިޔެކިޔުންތަކެއް ޝަރީއަތަށް ހުށަހެޅިފައިވާތީ، ރައީސް ޔާމީންއާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ ސީދާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިލައްވަންޖެހޭ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންއާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ސިދާ ބައްދަލު ކުރެއްވޭނެ އިންތިޒާމު ހަމަޖައްސާ ދެއްވުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އާދިއްތަ ދުވަހުގެ ވަގުތެއްގައި އަމުރެއް އެކޯޓުން ނެރޭނެ ކަމަށް ގާޒީ ޝަކީލް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމާ ސީދާ ބައްދަލު ނުކުރެއްވި ދޮޅު މަސްދުވަސް ވެފައިވާ ކަމަށެވެ. އަދި ދައުލަތުން އެކަމަށް ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުންވެސް ވިދާޅުވަނީ ކަރެކްޝަނަލް ސަރވިސްއިން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ބައްދަލުވުމަށް ހަމަޖައްސާ ނުދެއްވުމަށް ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށެވެ.

ނަމަވެސް ކަރެކްޝަނަލް ސަރވިސްއިން ބުނެފައިވަނީ، މިދިއަ ޖޫން މަހުން 28 ވަނަ ދުވަހުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ގާނޫނީ ވަކީލުން ރައީސް ޔާމީނާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގެންފައިވަނީ މިމަހުގެ 4 ވަނަ ދުވަހު އެކަނި ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ހުންނެވި ކ. މާފުއްޓަށް ވަޑައިގެންނެވުމުގައި، ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، އެރަށަށް ވަކީލުން ވަޑައިގެންނެވުމަށް ވަކީލުން ނަގަންޖެހޭ ހުއްދަތަކެއް ނެގުމަށްފަހު، ވަޑއިގެންނެވުމަށް އެދުމުން ވަޑައިގެންފައިނުވާ ކަމަށެވެ. އަދި އޭގެފަހުން މިމަހުގެ 11 ވަނަ ދުވަހު ގާނޫނީ ވަކީލުންނާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގަންނަވާފައިވާ ކަމަށާއި މިމަހުގެ 17 ވަނަ ދުވަހު އެކަން ހަމަޖެހޭނެ ކަމަށް ކަރެކްޝަނަލް ސަރވިސްއާ ހަވާލާދީ ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ތިން ފަހަރެއްގެ މަތިން މުވައްކިލާ ބައްދަލުކުރަން ފޯމް ހިފައިގެން ގާނޫނީ ޓީމުން ކަރެކްޝަނަލް ސަރވިސަށް ވަޑައިގެންނެވި ކަމަށާއި އެ ފޯމް ބަލައި ނުގަނެ، ވަކީލުންގެ ބައްދަލުވުން ހަމަޖައްސާ ނުދެއްވި ކަމަށެވެ.

ކޮވިޑް-19 ރޯގާ އިން ރައްކާތެރި ވުމުގެ ފިޔަވަޅެއްގެ ގޮތުން، ދައުލަތުގެ ގިނަ މުއައްސަސާތަކާ އެއްގޮތަށް ކަރެކްޝަނަލް ސަރވިސްއިން ވެސް ވަނީ އޮންލައިންކޮށް، ހިދްމަތް ދިނުމަށް ނިންމާފަ އެވެ. އެގޮތުން ވަކީލުންނާ ބައްދަލުކުރުމާއި ހުށަހަޅަން ޖެހޭ ފޯމްތަކާއި ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ފޮނުއްވުމަށް ކަރެކްޝަނަލް ސަރވިސްއިން ވަނީ މީގެކުރިން އިއުލާން ވެސް ކޮށްފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ އިބްތިދާއީ އަޑުއެހުމަކީ، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލާގައި ދައުވާކުރުމަށް، މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅި ދައުވާތަކެކެކެވެ. އަދި އާދިއްތަ ދުވަހުގެ އަޑުއެހުމަކީ ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާތަކާއި ގުޅިގެން ބޭއްވި އިބްތިދާއީ އަޑުއެހުމެކެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ، ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެމާއްދާގެ (ރ)ގެ ދަށުން ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ. މި ކުށަކީ، ޖިނާޔަތުގެ 3 ވަނަ ޖަރަޖައިގެ ކުށެކެވެ. މި ކުށް ސާބިތު ވެއްޖެނަމަ ޖަލަށް ހުކުމް ކުރެވޭނެ އެންމެ ކުރު މުއްދަތަކީ 4 އަހަރެވެ. އެންމެ ދިގު މުއްދަތަކީ 8 އަހަރެވެ.

މިމައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ވަނަ ދައުވާއަކީ، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ)އާއި އެގާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަމްބަރާ ހަވާލާދީ، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ)ގެ ދަށުން މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެވެ.

މި ދައުވާ ސާބިތު ވެއްޖެނަމަ، 100،000ރ. އާއި 1،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު (ލޯންޑަރކުރި ފައިސާގެ އަދަދު)ގެ 5 ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެހެންކަމުން މި ދައުވާއާ ގުޅިގެން ޖުރިމަނާ ކުރެވޭނެ އެންމެ މަތީ އަދަދަކީ 5،585،000 ޑޮލަރެވެ.

ރައީސް ޔާމީން މި ވަގުތު ވެސް ގެންދަވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ގއ. ވޮޑުމުލާގައި ރިސޯޓެއް ހެދުމަށް ކުއްޔަށް ދިން މައްސަލައެއްގައި، އަމިއްލަފުޅު އެކައުންޓަށް 1،000،000 ޑޮލަރު ޖަމާކޮށް، މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެއް ސާބިތުވެ، 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު