Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުސައިން ޝަހީމް

ދަރިފުޅާ ގުޅުވާ ފައްޔާޒުގެ ފަރާތުން އިންޒާރުދިން ވާހަކަ އަކީ ދޮގެއް: އަނދުން ހުސައިން

16 އޯގަސްޓު 2020 | އާދީއްތަ 02:35

ފައްޔާޒަކީ ވަރަށް ގާތް ބޭފުޅެއް ކަމަށް ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 16 އޯގަސްޓު 2020 | އާދީއްތަ 02:35
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން)

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން)

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން)ގެ ދަރިފުޅާ ގުޅުވައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ބިރު ދެއްކެވި ކަމަށް ބުނާ ވާހަކަތައް އަނދުން ހުސައިން ދޮގުކުރައްވައިފިއެވެ.

ހުސައިން އަކީ، ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި އިސްކޮށް އުޅުއްވާ އެއްބޭފުޅުކެވެ. އޭނާގެ މައްސަލައާއި ގުޅިގެން އަނދުން ހުސައިންގެ ދަރިފުޅު މުހައްމަދު ފަޒީލް ހުސައިން، ވަޒީފާއިން ވަކި ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ ފަރާތުން އިންޒާރު ދެއްވައިފާއި ވާކަމަށް ބައެއް މީޑިއާ ތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

Advertisement - newsAdvertisement

އެކަމާ ގުޅިގެން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ހުސައިން ވިދާޅުވީ އޭނާ އާއި މިނިސްޓަރ ފައްޔާޒަކީ ވަރަށް ގާތް ދެ ބޭފުޅުން ކަމަށާއި، އެފަދަ އިންޒާރެއް ފައްޔާޒުގެ ފަރާތުން ދެއްވާފައި ނުވާ ކަމަށެވެ. އަދި އޭނާގެ ދަރިފުޅާ ގުޅުވައި ބައެއް މީޑިއާ ތަކުގައި ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް ހުސައިން ވިދާޅުވިއެވެ.

ހުސައިންގެ ދަރިފުޅު ފަޒީލްއަށް ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީން ވަޒީފާ ހަމަޖެހިފައިވަނީ ވަޒީފާ އިއުލާން ކުރުމުން އެއަށް އެޕްލައިކޮށްގެން އޮންނަ އުސޫލްގެ ދަށުން ކަމަށް ހުސައިން ވިދާޅުވިއެވެ..

މި ސަރުކާރުގެ ނަތީޖާ ނެރޭ ވަޒީރުންގެ ތެރޭ ހިމެނޭ އެއް ވަޒީރެއް ކަމުގައިވާ ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިޅިހަށް ހުށަހަޅަނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ނޭނގެއެވެ. ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި މިހާތަނަށް 22 އަކަށް މެމްމަބަރުން ވަނީ އެ މައްސަލައިގައި ސޮއިކޮށްފައެވެ. އަދި ބައެއް މެމްބަރުން ދަނީ ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ޖެހޭ ސަބަބެއް ނެތް ކަމަށް އެމަނިކުފާނުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

މިއީ މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާ ފުރަތަމަ ފަހަރެވެ. ވަޒީރެއް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ބޭނުން ވަނީ 10 މެމްބަރުންގެ ސޮޔެވެ. އަދި އެ މައްސަލަ މަޖިލީހުން ފާސް ކުރަން ބޭނުން ވަނީ 43 މެމްބަރުންގެ ވޯޓެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

26 މާރިޗު 2017

ރާއްޖެޓީވީގެ އަޒުމޫނަށް ނިހާން އިންޒާރުދިން މައްސަލާގައި ބަޔާނެއް ނެރެން މީޑިއާ ކައުންސިލުން ފާހެއް ނުވި!

26 މާރިޗު 2017
ރާއްޖެޓީވީގެ އަޒުމޫނަށް ނިހާން އިންޒާރުދިން މައްސަލާގައި ބަޔާނެއް ނެރެން މީޑިއާ ކައުންސިލުން ފާހެއް ނުވި!
22 މާރިޗު 2017

ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް

22 މާރިޗު 2017
ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް
12 މާރިޗު 2017

ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ!

12 މާރިޗު 2017
ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ!
12 މާރިޗު 2017

މެމްބަރު އިންތިއަށް މަރުގެ އިންޒާރުދިންތާ 15 ދުވަސް، އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ!

12 މާރިޗު 2017
މެމްބަރު އިންތިއަށް މަރުގެ އިންޒާރުދިންތާ 15 ދުވަސް، އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ!
01 މާރިޗު 2017

ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!

01 މާރިޗު 2017
ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!
25 ފެބުރުއަރީ 2017

މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ
24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް