Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފައްޔާޒުގެ އިތުބާރުނެތްކަމުގެ މައްސަލަ

މެމްބަރުން ސޮއިކުރެއްވީ ފައްޔާޒުގެ މައްސަލައެއް އޮވެގެނެއް ނޫން!

16 އޯގަސްޓު 2020 | އާދީއްތަ 02:47

މެންބަރުންވެސް ފައްޔާޒުގެ މަސައްކަތްތައް ބަލައިގަނޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 16 އޯގަސްޓު 2020 | އާދީއްތަ 02:47
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް

އިކޮނިމިކް މިނިސްޓަރ ފަައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށްޓަކައި އޭނާ ނިސްބަތްވާ ޕާޓީ، އެމްޑީޕީން ދަނީ މަސައްކަތް ކުރަމުންނެވެ.

އެމްޑީޕީ ސަރުކާރުގެ ބާރުވެރި ވަޒީރަކާއި ދެކޮޅަށް އެ ވަޒީރަކު ނިސްބަތްވާ ޕާޓީގެ މެމްބަރުން ނުކުންނެވުމުން ރައްޔިތުންގެ ހިތުގައި އަދިވެސް ވަނީ ސުވާލުއުފެދިފައެވެ. އަދި މިހާތަނަށް އެ މައްސަލަ ވައްދަނީ ކޮން ސަބަބަކާ ހުރެ ކަމެއްވެސް ހާމަ ކޮށްފައި ނުވެއެވެ. ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ފަހަތުގައި ފޮރުވިފައި މިވަނީ ކޮން ސިއްރެއް ހެއްޔެވެ؟ އޭނާ މަޤާމުން ވަކުކުރެއްވުމަށްޓަކައި އަތުކުރި އޮޅާލައިގެން ބައެއް މެމްބަރުން އެ އުޅުއްވަނީ ކީއްވެގެން ހެއްޔެވެ؟

މިހާތަނަށް ފައްޔާޒު އާ ދެކޮޅަށް 22 އަށް މެންބަރުން ވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރަައްވާފައި ވާކަމުގައި ވެއެވެ. ސޮއި ކުރެއްވި ބައެއް މެންބަރުން ރާއްޖެ އެމްވީއަށް ވިދާޅުވި ގޮތުގައި އެބޭފުޅުންވެސް ފައްޔާޒުގެ މަސައްކަތްތައް ބަލައިގަންނަވައެވެ. އެ މެންބަރުން ވިދާޅުވީ، މައްސަލަ އަކީ ފައްޔާޒެއް ނޫނެވެ. މައްސަލައަކީ، މި ސަރުކާރަށް ދޮޅު އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު ރައްޔިތުންނަށް ދެއްކެވި ހުވަފެންތައް ހަޤީގަތަކަށް ނުވުން ކަމަށް އެ މެމްބަރުން ދެކެއެވެ.

އެތައް ވައުދުތަކަކާއި އެކު އިންތިޚާބުވި ސަރުކާރުން އެ ވައުދުތައް ފުއްދުމަށްޓަކައި އެކަށީގެންވާ މަސައްކަތް ނުކުރެވުމެވެ. އެކަމުގެ ސަބަބުން ދާއިރާގެ ރައްޔިތުން ކުރިމަތީ މެންބަރުން މިއަދު އިސްއުފުލައިލަން ނުކެރިފައި ތިބެން ޖެހުންކަން އެ މެންބަރުން ވިދާޅުވެއެވެ.

ފައްޔާޒަކީ ނުފޫޒުގަދަ ވަޒީރަކަށް ވުމުން އެ މެންބަރުން ބޭނުން ވަނީ އެބޭފުޅުންގެ ބާރު އޮތްކަން ދައްކަވައި ސަރުކާރަށް ޕްރެޝަރ ކުރެއްވުމަށެވެ. އެ މެންބަރުންނަށްވެސް ވަޒީރަކު މަޤާމުން ވަކިކުރެވިދާނެ ކަމުގެ "ގަޓު" ދައްކަވަން ކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ.

ކޮންމެއަކަސް މެންބަރުންވެސް ޤަބޫލު ކުރައްވަން ޖެހޭ ހަޤީގަތަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ވަބާއާ އެކު އިޤްތިސާދަށް ލޮޅުން އައިސްފައިވާ ކަމެވެ.އެ ލޮޅުމުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ޤައުމަކަށް ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ދިވެހިރާއްޖެ ވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެންކަމުން މި ދަނޑިވަޅަކީ ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނައުމަށް އެންމެ ރަނގަޅު ދަނޑިވަޅުކަމަށް ނުވުމަކީވެސް ޤަބޫލު ކުރައްވަން ޖެހޭނެ ކަމެކެވެ.

ރައްޔިތުން ވޯޓު ދީގެން މި ސަރުކާރު ގެނައީ ކުރީ ސަރުކާރުގައި ހިންގާފައިވާ ވައްކަމާއި, ކޮރަޕްޝަނާއި, އިންސާފު ނުލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދޭނެ ކަމުގެ ފޮނި އުއްމީދުތަކާ އެކުގައެވެ. އަދި ވެރިކަން ދިނުމަށްފަހު މަޖިލީހުގެ ސާފު އަޤުލަބިއްޔަތު ރައްޔިތުންނަށް ދިނީ އެއްބަޔަކު އަނެއް ބަޔަކަށް ކޯޅި، ސަރުކާރު ތެރޭގައި ބައިބައިވުން އުފައްދާކަށް ނޫނެނެވެ. 65 ގޮނޑި އެމްޑީޕީއަށް ދިނީ އެމްޑީޕީގެ އެޖެންޑާ19 ގައި ވައުދުތައް ތަންފީޒު ކުރުމަށެވެ. އެހެން ނަމަވެސް ފެންނަނީ އެ މަންޒަރެއް ނޫނެވެ. މި ފެންނަނީ ސަރުކާރަށް ޖެއްސުން ކުރަމުންދާ މަންޒަރެވެ. އެ 65 މެމްބަރުންގެ ތެރޭގައި ފެކްޝަން ހެދި މިހާރު އެ ނުކުތީ ސަރުކާރުގެ އެންމެ ނަތީޖާ ނެރޭ އެއް ވަޒީރު ބޭރު ކުރުމަށެވެ. މިއީ ރައްޔިންތުންވެސް މާޔޫސްވާނެ ކަމެކެވެ. .

ފައްޔާޒަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވަނީ އޭނާ މަޤާމުން ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އޭނާ އަކީ މި ސަރުކާރުގައި ވަޒީރުންގެ ތެރެއިން ނަތީޖާ ނެރެވޭ އެއް ވަޒީރުކަން މެންބަރުންވެސް އަދި ގިނަ ރައްޔިތުންވެސް ދަނެއެވެ. ނަމަވެސް މެންބަރުންތަކެއްގެ ވަކި މަޤްސަދެއް ހާސިލުކުރުމަށް ނުވަތަ ސަރުކާރަށް ޕްރެޝަރ ކުރުމަށް ކަތިލެވޭ ކަންބަޅިއަކަށް މިނިސްޓަރ ފައްޔާޒު ހެއްދެވުން އެއީ އެންމެ ރަނގަޅު ގޮތްތޯއެވެ؟

ސުވާލަކީ ފާއިތުވި ހަފްތާގެ ބުދަ ދުވަހު މަޖިލީހުގެ ޖަލްސާއަށްފަހު ސިއްރިއްޔާތުގައި ފެށި އިތުބާރު ނެތް ކަމުގެ މި މައްސަލަ މަޖިލީހުގެ ތަޅުމާ ހަަމަށް ގެންދާނެ ބާއެވެ؟ ނުވަތަ ތްރީ ލައިން ވިޕެއް ނެރުމަށްޓަކައި ބޭނުންވާ 33 މެންބަރުންގެ އަދަދަށް ވޯޓް ހަމަވާނެބާއެވެ؟ އަދި މަޖިލީހުގެ ތަޅުމަށް މި މައްސަލަ ވެއްދިނަމަވެސް ސޮއި ކުރެއްވި ހުރިހާ މެންބަރުން ފައްޔާޒު މަޤާމުން ވަކި ކުރެއްވުމަށް ވޯޓު ދެއްވާނެބާއެވެ؟

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

03 މެއި 2018

ޝަރީފް 'އުޑުގަ ޖެހިފަ، ބިމުގަ ޖެހުނަސް' މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށްވާނެތަ!

03 މެއި 2018
ޝަރީފް 'އުޑުގަ ޖެހިފަ، ބިމުގަ ޖެހުނަސް' މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށްވާނެތަ!
03 އެޕްރީލު 2018

އަދީބުގެ ފައިސާ އިން ހޮވުނު މެމްބަރުން އިސްތިއުފާއެއް ނުދިން، މައްސަލަ ވެސް ނުބަލާ!

03 އެޕްރީލު 2018
އަދީބުގެ ފައިސާ އިން ހޮވުނު މެމްބަރުން އިސްތިއުފާއެއް ނުދިން، މައްސަލަ ވެސް ނުބަލާ!
13 މާރިޗު 2018

މެމްބަރުންނަށް: އަރައި އިންނެވި "ގޮފިގަނޑު" އަމިއްލަ އަށް ކަނޑާނުލައްވާ

13 މާރިޗު 2018
މެމްބަރުންނަށް: އަރައި އިންނެވި "ގޮފިގަނޑު" އަމިއްލަ އަށް ކަނޑާނުލައްވާ
07 މާރިޗު 2018

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީއެއްގެ ކުޑަ ކޮމެޓީއަކަށް!

07 މާރިޗު 2018
ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީއެއްގެ ކުޑަ ކޮމެޓީއަކަށް!
18 ޑިސެމްބަރު 2017

ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!

18 ޑިސެމްބަރު 2017
ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!
28 ނޮވެމްބަރު 2017

ރައީސެވެ. ލޯނު ނެގުމަކުން މައްސަލައެއް ނެތެވެ. މައްސަލައަކީ ވާނުވާ ނޭނގޭތީ އެވެ!

28 ނޮވެމްބަރު 2017
ރައީސެވެ. ލޯނު ނެގުމަކުން މައްސަލައެއް ނެތެވެ. މައްސަލައަކީ ވާނުވާ ނޭނގޭތީ އެވެ!
15 އޮކްޓޯބަރު 2017

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

15 އޮކްޓޯބަރު 2017
ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!
21 ސެޕްޓެމްބަރު 2017

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

21 ސެޕްޓެމްބަރު 2017
ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟
12 އެޕްރީލު 2017

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

12 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ
05 އެޕްރީލު 2017

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް