Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެންޓި ޑިފެކްޝަން ބިލް

މެމްބަރުންނަށް: އަރައި އިންނެވި "ގޮފިގަނޑު" އަމިއްލަ އަށް ކަނޑާނުލައްވާ

މި ބިލް ވުޖޫދުކުރަނީ މެމްބަރުންގެ ނަޒާހަތްތެރިކަން އިތުރުކުރަން ކަމަށް މެމްބަރުން ބުނޭ

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 13 މާރިޗު 2018 | އަންގާރަ 05:09
ރައްޔިތުންގެ މަޖިލިސް: އެންޓި ޑިފެކްޝަން ގާނޫނާއެކު މެމްބަރުކަމުގެ އޮފް ކެނޑިގެން ދާނެ

ރައްޔިތުންގެ މަޖިލިސް: އެންޓި ޑިފެކްޝަން ގާނޫނާއެކު މެމްބަރުކަމުގެ އޮފް ކެނޑިގެން ދާނެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޮނޑި ވިއްކުން ނުވަތަ ޕާޓީ ބަދަލުކުރުން ހުއްޓުވަން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅި ހަގީގީ މަގުސަދަކީ ޕާލިމެންޓްރީ ގްރޫޕްގެ އިސް މެމްބަރުން އެ ދައްކަވާ ވާހަކަތައް ނޫން ކަން، ފުންކޮށް ވިސްނާލައި، އަދި މާޒީއަށް ފީނާލުމުން އެނގިގެންދާނެ އެވެ.

އެންޓި ޑިފެކްޝަން ބިލް މަޖިލީހަށް ހުށަހެޅުއްވި ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާނު ހޯމަ ދުވަހު މަޖިލީހުގައި ވިދާޅުވީ އެންޓި ޑިފެކްޝަން ބިލް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހަކީ ކަރާމާތްތެރި، އަބުރުވެރި ތަނެއް ކަމަށް ހެދުމަށެވެ. މިފަދަ އިބާރާތްތައް ޕީޕީއެމްގެ އެހެން ބައެއް މެމްބަރުން މަޖިލީހުގެ ތަޅުމުގައި ވިދާޅުވި އެވެ. ނަމަވެސް އެއީ މި ބިލް ހުށަހެޅުއްވި ހަގީގީ ސަބަބެއް ނޫންކަން ރައީސް ޔާމީނަށް ތާއިދުކުރައްވައިގެން ތިއްބެވި ގިނަ މެމްބަރުންނަށް ވެސް އެނގިވަޑައިގަންނަވަ އެވެ. މި ބިލަކީ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލައި، ގަދަ ބާރުން މަޖިލީހުގެ މެޖޯރިޓީ ރައީސް ޔާމީނަށް ބޭއްވުމަށް ހަދާ ބިލެކެވެ.

ޕީޕީއެމްގެ މަޖިލިސް މެމްބަރުންތަކަކާއި ސަރުކާރުގެ އިސްވެރިން: އެންޓި ޑިފެކްޝަން ގާނޫނު ހަދަނީ ރައީސް ޔާމީންގެ މެޖޯރިޓީ ސަރުކާރުގައި ބޭއްވުމަށް

ފުރަތަމަ ކުރަންޖެހެނީ މިކަން!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ނަޒާހަތްތެރިކަން ވަރުގަދަކުރުމުގެ ވާހަކަ ދައްކާނީ އެންމެ ފުރަތަމަ މި ވާހަކަ ދެއްކުމަށް ފަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް މިހާރު ހިޔާނާތާއި ވައްކަމުގެ ތުހްމަތުތައް ކުރެވެމުން ދާއިރު މިފަދަ ބިލެއް ކުރިން އޮތްނަމަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ދޭތެރޭގައި، ރައްޔިތުންގެ ތެރޭގައި ، ދޭދޭ މީހުން ދޭތެރޭގައި ދެކެވެމުން މިދާ ވާހަކަތައް ދެއްކެވިގެންނުދާނެ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ. އަދި މި ބިލްގެ ސަބަބުން މެމްބަރުންގެ "ނަޒާހާތްތެރިކަން ތަންކޮޅެއް ބޮޑަށް ރައްޔިތުންގެ ތެރޭގައި އޮންނާނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ވާހަކަ ވެސް ފާހަގަކޮށްލަންޖެހެ އެވެ.

"އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިބި މެންބަރުންނާ އަންނަން އޮތް ރައްޔިތުންގެ މަޖިލިސްތަކަށް އިންތިޚާބުވެވަޑައިގަންނަވާނެ މެންބަރުންގެ ނަޒާހާތްތެރި ގޮތުގައި މަސައްކަތްކުރުމަށް ވެސް ލިބިގެންދާ ވަރަށް ބޮޑު މުހިންމު ފުރުޞަތެއް އެއީ،" ހޯމަ ދުވަހުގެ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

"ނަޒާހަތްތެރިކަން"، މި ލަފްޒު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ހޯމަ ދުވަހު ވަރަށް ގިނައިން އިވިގެން ދިޔަ އެވެ. ރައްޔިތުންގެ މަޖިލީހަކީ އަބުރުވެރި ޝަރަފުވެރި ތަނަކަށް ފުރަތަމަ ހެދޭނީ ބޮޑެތި ތުހްމަތުތައް ކުރެވިފައިވާ މަޖިލީހުގެ މެމްބަރުންގެ މައްސަލަތައް ތަހްގީގުކޮށްގެންނެވެ. ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށް ވާގި ނައްތާލާފައި އޮތުމުން، މި ފަދަ މައްސަލަތައް ބަލާނެ ބަޔަކު ނެތެވެ. ނުބެލިޔަސް ޒިންމާދާރުކުރާނެ ބަޔަކު ވެސް ނެތެވެ. ޒިންމާދާރުކުރަން މަސައްކަތެއް ކޮށްފި ނަމަ، އެކަން ވެގެން ދަނީ "ބަޣާވާތަ" ކަށެވެ.

ރައްޔިތުންގެ މަޖިލީހަކީ ނަޒާހަތްތެރި ތަނަކަށް ހެދުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ އެ މަޖިލީހުގައި ބަރުލަމާނީ ސިފަ ޖެއްސުމެވެ. ގާނޫނު ނަގަހައްޓައި، އިންސާފު ލިބޭކަން ކަށަވަރުކުރުމެވެ. މެމްބަރެއްކަމުގައި ވިޔަސް ލިބިފައިވާ ނުހައްގު މުއްސަނދިކަން ތަހްގީގުކުރުމެވެ. އަބްދުއްރަހީމާއި ނިހާނު ވެސް މާލީ ބަޔާން ހާމަކުރުމެވެ. ފްލެޓް ގަތް ގޮތާއި ފައިސާ ލިބިވަޑައިގެންނެވި ގޮތް ވެސް ދެއްކުމެވެ. އަގުބޮޑު ފްލެޓެއްގައި އުޅުއްވި މެމްބަރުންނަށް ހަރަދު ކުރެއްވީ ކާކު ކަމާއި އެފަދަ ތަނަވަސް ކަމެއްގައި އުޅުއްވި ގޮތުގެ ތަފްސީލްތައް ވެސް ދެއްކުމެވެ. މިއިން ބައެއް ކަންކަމަކީ އިތުރު ތަހްގީގެއް ނުކޮށް ވެސް ސާބިތު ކުރެވޭނެ ކަންކަމެވެ. އެހެންވެ، މަޖިލީހުގެ ކަރާމަތް ދެމެހެއްޓުމަށްޓަކައި، ކަރާމާތް ގެއްލިފައިވާ މެމްބަރުންގެ މައްސަލަތައް ބަލައި އެ މެމްބަރުންނާމެދު ފިޔަވަޅު އަޅަންވީ އެވެ. އެ މެމްބަރުން ރައީސް ޔާމީނަށް ތާއިދު ކުރެއްވުމަކީ، މި މައްސަލަތައް ނުބަލުމަށް ލިބޭ އިމްތިޔާޒަކަށް ވެގެން ނުވާނެ އެވެ.

ރައީސް ޔާމީން، އަދީބު އާއި ސިޔާމްއާއެކު: އަދީބު ބެއްސެވީ ތިމަން މަނިކުފާނުގެ ފައިސާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައި

ފުރަތަމަ ބަލަންވީ ފައިސާ ގޯނީގެ މައްސަލަ އެވެ. އެ ފައިސާ ގޯނިން ފައިސާ ލިބުނު މެމްބަރުންނާއި މީހުންގެ މައްސަލަ އެވެ. އެއީ ތިމަން މަނިކުފުފާނުގެ ފައިސާއޭ ރައީސް ޔާމީން ވިދާޅުވި މައްސަލަ އެވެ. ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުން ވެސް ހިމެނޭ ގޮތަށް، ގާނޫނު އަސާސީއާ ހިލާފަށް "ނަޒާހަތްތެރިކަމުގެ ފްލެޓް" ދިން މައްސަލަ އެވެ. ގާނޫނު އަސާސީއާ ހިލާފަށް މަޖިލީހުގެ ތެރެއިން ހިންގި ކަންކަމެވެ. މިކަންކަން ނުބަލައި އެންޓި ޑިފެކްޝަން ބިލެއް ހަދައިގެން މެމްބަރުން މައިތިރިޔަސް، ނަޒާޔަތްތެރިކަމާއި މަޖިލީހުގެ ހައިބަތެއް ނާންނާނެ އެވެ.

އަޅުވެތިކުރުން

ސަރުކާރު ކޯލިޝަނަށް، އެހެން ޕާޓީތަކުގެ މެމްބަރުން ގެންދިޔައިރު، ޕާޓީން ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގާނޫނެއް ހެދުމުގެ ޝައުގެއް، ރައްޔިތުންގެ ތާއިދު ގެއްލިފައިވާ ރައީސް އަބްދުﷲ ޔާމީން ނުގެންގުޅުއްވަ އެވެ. އެފަދަ ވާހަކައެއް ވެސް ނުދައްކަވަ އެވެ. ނަމަވެސް، ޔާމީނަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމާއެކު، ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައި، މެމްބަރުންގެ ގޮނޑި ގެއްލުވާލި އެވެ. އެ ހުކުމް އެ ބަޔަކު ބޭނުންވާ ގޮތަށް ތަރުޖަމާ ކުރެވެން އޮތް އިރު، ފެބްރުއަރީ 1 ގެ ހުކުމުގައި މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައިވެ އެވެ. ނަމަވެސް އެކަން ތަންފީޒުނުކޮށް، އެ މެމްބަރުން މަޖިލީހުގެ ތަޅުމަށް ވަނަ ނުދީ، އަސްކަރިއްޔާއިން މަޖިލިސް ހިސޯރުކުރި އެވެ. މަޖިލީހުގެ ކަރާމަތް ދުއްވާލުމަކީ މިއެވެ. ރައްޔިތުންގެ ބާރު ދުއްވާލުމަކީ މިއެވެ.

އަސްކިއްޔާއިން ހިސޯރުކޮށްފައިވާ މަޖިލީހަށް މެމްބަރުން ވަދެ ވަޑައިގަތުމުން ބޭރުކުރަނީ

ސުޕްރީމް ކޯޓުން ޖުލައި 13، 2017 ވަނަ ދުވަހު ނެރުނު ހުކުމުގައި އެންޓި ޑިފެކްޝަން ގާނޫނެއް ހަދަން ބުނެފައި އޮތަސް، މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި އަމުރު ނެރެންދެން ވެސް އެ ގާނޫނު ހެދުމަށް އެއްވެސް މަސައްކަތެއް އޮތީ ނުކޮށެވެ. އަދި މިހާރު އޮތް އެންޓި ޑިފެކްޝަން ބިލް ހުށަހެޅިއިރު 12 މެމްބަރުންގެ ގޮނޑި ގެއްލިގެންދާ ވާހަކައެއް ވެސް އެ ބިލްގައި ނެތެވެ. ނަމަވެސް ސުޕްރީމް ކޯޓްގެ އަމުރަށް ގާނޫނު އަސާސީއަށް ބެލުމެއް ނެތި، 12 މެމްބަރުންގެ ގޮނޑި ގެއްލިގެންދާ ގޮތަށް ކޮމިޓީން ވަނީ މި ބިލް ފާސްކޮށްފަ އެވެ. ބޭނުމަކީ މަޖިލީހުގައި ރައީސް ޔާމީންގެ މެޖޯރިޓީ ގަދަބާރުން ހިފެހެއްޓުމެވެ. ކުއްލި އަކަށް 12 މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އިސްލާހު ހިމެނުމަކީ ގާނޫނީ ހަމައެއް ނޫން ކަމަށާއި، ކުރިން ވެފައިވާ ކަމަކަށް ފަހުން ހަދާ ގާނޫނަކުން އަދަބެއް ނުދެވޭނެ ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.

އެހެން މައްސަލައެއް ވެސް މި ބިލްގައި އެބަ އޮތެވެ. ބިލްގެ ތިން ވަނަ މާއްދާގައި ގޮނޑި ގެއްލޭނެ ތިން ސަބަބުން ބަޔާންކޮށްފައިވެ އެވެ. އެއީ ޕާޓީން ވަކިކުރުން، ވަކިވުން، ނުވަތަ ޕާޓީ ބަދަލުކުރުމެވެ. ގޮނޑި ނުގެއްލޭ ސަބަބުތަކުގެ ތެރޭގައި މިނިވަން މެމްބަރަކު ޕާޓީއަކަށް ގުޅުމުގެ އިތުރުން، ވިޕްލައިނާ ހިލާފުވުން އަދި ޕާޓީގެ ސްލޫކު ކޮމިޓީން އަޅާ ފިޔަވަޅަކުން ވެސް ގޮނޑި ނުގެއްލޭ ކަަމަށް ބަޔާންކޮށްފައިވެ އެވެ. ގޮނޑި ނުގެއްލޭނީ މި ސަބަބުތައް ބަޔާންކުރާއިރު، "ނަމަވެސް" ޖެހުމަށް ފަހު ޕާޓީން އަޅާ ފިޔަވަޅަކުން، ގޮނޑި ގެއްލޭނެ ހާލަތަކަށް ވާސިލުވުމަށް ފުރުސަތު ދީފައި އެބަ އޮތެވެ. އެފަދަ ގޮތަކަށް ޕާޓީން އަމަލުކޮށްފި ނަމަ މެމްބަރުންގެ ގޮނޑި ގެއްލޭނެ އެވެ.

ސްލޫކް ކޮމިޓީން އަޅާ ފިޔަވަޅަކީ މެމްބަރު ޕާޓީން ވަކިކުރުން ކަމަށް ނިންމައިފި ނަމަ ދެން ކުރެވޭނެ ކަމެއް ނެތެވެ. މިގޮތަށް ކަންކޮށްފާނެ ކަމަށް ބާރު ލިބެނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ދެއްކެވި ވާހަކައިންނެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕާޓީގެ އަގުވެއްޓޭ ގޮތަށް، ޕާޓީގެ ހައިބަތު ގެއްލޭ ގޮތަށް، ޕާޓީއަށް ގެއްލުންވާ ގޮތަށް ޢަމަލުކޮށްފިއްޔާ އެ މީހަކު ޕާޓީން ވަކިކުރަންޖެހެ އެވެ. އަދި ސަރުކާރަށް ގެއްލުން ލިބޭ ގޮތަށް، ސަރުކާރުގެ އަގު ވެއްޓޭ ގޮތަށް، ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް މަސައްކަތްކުރާ ކަމަށް ވަންޏާ ދެން އެ ބޭފުޅަކަށް ޕާޓީގައި ހުރެވިގެނެއް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އަބްދުއްރަހީމާއި ނިހާނު: ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއްގެ މައްޗަށް ހިޔާނާތުގެ ތުހްމަތު ކުރެވޭ

ރައީސް ޔާމީންގެ ތަރުޖަމާނެއްގެ ގޮތުގައި މިހާރު ފެނިގެންދާ އަބްދުއްރަހީމް މިފަދައިން ވިދާޅުވުމުން، ބިލްގައި ކޮންމެ އެއްޗެއް އޮތަސް، ސުޕްރީމް ކޯޓްގެ އަމުރަށް ތަބާނުވެ މި ބިލް ހުށަހަޅުއްވައި ފާސްކޮށްފި ނަމަ، ދެން ތިއްބެވި މެމްބަރުންނަށް ވެސް ތިއްބަވަންޖެހޭނީ "އަޅުވެތި ކަމެއްގަ" އެވެ. ބިރުވެރިކަމެއްގަ އެވެ. ނުހައްގުން ގޮނޑި ގެއްލުވާލިޔަސް ދާނީ ކޮންތާކަށް ހެއްޔެވެ. ގާނޫނު އަސާސީއާ ހިލާފަށް 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލާފައި ވާއިރު، އެ މެމްބަރުންގެ ހައްގު ވެސް ލިބޭނެ ދުވަހެއް ނޭނގެ އެވެ.

މިގޮތަށް ބިލް ހަދައިގެން "ބިރު ދައްކަނީ" ރައްޔިތުންގެ ބާރުވެރިކަން ދެކެ ބިރުފުޅު ގަންނާތީ އެވެ. ބިރު ދައްކަނީ ޖަވާބުދާރީ ކުރުވަން ފުރުސަތު ނުދިނުމަށެވެ. ބިރު ދައްކަނީ ބަރުލަމާނު ހަމަ އިސްކޮޅަށް ތެދުވުމަށް ޖާގަ ނުދިނުމަށެވެ. މިއީ ޚުދުމުޚްތާރު ވެރިންގެ ސިފަތަކެވެ. މިއަދު ހަގީގީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުންގެ ބާރުވެރިކަން ދައްކަން ލިބޭނެ އެންމެ ފަހު ފުރުސަތެވެ. މި ފުރުސަތު ގެއްލުވާލައި، އެންޓި ޑިފެކްޝަން ގާނޫނު މިހާރު އޮތް ގޮތަށް ފާސްކޮށްފި ނަމަ "ރައްޔިތުންގެ މަޖިލީހެއް" ދެން ނޯންނާނެ އެވެ. "ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެއް" ދެން ނުތިބޭނެ އެވެ. ރައްޔިތުންގެ ހަގީގީ ބާރުވެރިކަން ގެއްލި ޕާޓީގެ ލީޑަރުގެ އަތަށް ނުވަތަ ސުލޫކީ ކޮމިޓީއަށް ލަގަން އެ ދޫކޮށްލެވުނީ އެވެ. މެމްބަރުކަމުގެ އޮފް ކެނޑުނީ އެވެ. މެމްބަރުން، އަގުޅި ނެތް ކަންނޭލަކަށްވީ އެވެ. އަރައި އިން ގޮފިގަނޑު އަމިއްލަ އަތުން ކަނޑާނުލާށެވެ. ވިސްނާށެވެ. ތިބާމެން ވިސްނާށެވެ. ހަދަމުންދާ ގޮތާއި ވަމުންދާ ގޮތަށް ވިސްނާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

19 އޮކްޓޯބަރު 2017
ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

21 ސެޕްޓެމްބަރު 2017
ބިހާރު ސްޓޭޓްގައި ފެންބޮޑުވުމުގެ ގެއްލުންތަކުން އަރައިގަތުމަށް ދަތިވެފައި

ބިހާރު ސްޓޭޓްގައި ފެންބޮޑުވުމުގެ ގެއްލުންތަކުން އަރައިގަތުމަށް ދަތިވެފައި

21 އޯގަސްޓު 2017
ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް

ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް

15 އޯގަސްޓު 2017
ކަމަކަށްފަހު ކަމެއް އަމިއްލައަށް ފަޅައިއަރުވާ ބޮލާފޮށާ އެޅެނީ

ކަމަކަށްފަހު ކަމެއް އަމިއްލައަށް ފަޅައިއަރުވާ ބޮލާފޮށާ އެޅެނީ

07 އޯގަސްޓު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު