Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލިސް

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީއެއްގެ ކުޑަ ކޮމެޓީއަކަށް!

އިލެކްޝަންސް ކޮމިޝަނުން މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާ ވަގުތުން ފެށިގެން ގޮނޑި ގެއްލޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 7 މާރިޗު 2018 | ބުދަ 12:49
މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން

އިލާހީ ގާނޫނު ފިޔަވާ ދިވެހި ރައްޔިތުން އެމައްޗަށް އަމަލުކުރަންޖެހޭ އެއްޗަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އެވެ. ދެން އެ ގާނޫނުއަސާސީގެ ދަށުން ހެދިފައިވާ ގާނޫނުތަކާއި އެގާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އުސޫލްތަކެވެ. ގާނޫނުއަސާސީއާއި އެންމެހާ ގާނޫނުތައް ހެދުމުގެ ބާރު ލިބިގެންވަނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެންމެ މުހިއްމު ބާރު ކަމަށްވާ މި ދެންނެވި ގާނޫނު ހަދާ މަޖިލީހަށެވެ. އާދެ، ރައްޔިތުންގެ މަޖިލީހަށެވެ.

ރައްޔިތުންގެ މަޖިލީހަކީ ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން ސީދާ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުމަށް އިންތިހާބު ކޮށްފައިވާ މެމްބަރުންތަކެއްގެ މައްޗަށް އެކުލެވޭ ދައުލަތުގެ އެންމެ މުހިއްމު އެއް ބާރެވެ. ހަމަ އެގޮތުން ރައީސުލްޖުމްހޫރިއްޔާއަކީ ސީދާ ދިވެހި ރައްޔިތުންގެ ވޯޓުން އިންތިހާބު ކޮށްފައި ހުންނަ ވެރިއެކެވެ. ނަމަވެސް ރާއްޖޭގައި އަމަލު ކުރަމުން އަންނަނީ ރިޔާސީ ނިޒާމަކަށް ކަމަށް ބުނި ނަމަވެސް ސަރުކާރެއް އެކުލަވާލެވެނީ ސިޔާސީ ގިނަ ޕާޓީތަކެއް ކޯލިޝަން ހަދައިގެންކަން މިހާތަނަށް މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ރިޔާސީ އިންތިހާބުތަކުން އެނގެއެވެ. އެހެންކަމުން ކޯލިޝަން ރޫޅުނު ނަމަވެސް ރިޔާސީ އެ ދައުރު ނިމެންދެން ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ މަގާމުގައި ދެމިހުރެވެ އެވެ. ޕާޓީގަނޑު ރޫޅުނަސް އަދި އިލެކްޝަންސް ކޮމިޝަނުން ވެސް ކޯލިޝަން ރޫޅިފައިވާ ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާމެދު ސުވާލެއް ނުއުފައްދަ އެވެ. އެހެންވީމައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވީމައި ޕާޓީން އެމެމްބަރެއް ވަކިކޮށް، އިލެކްޝަންސް ކޮމިޝަނުން އެއީ މެމްބަރެއް ނޫން ކަމަށް ކަނޑައެޅުމަކީ ބޮލު ރޮދި ކެނޑިފައިވާ ބައެއް ނޫނީ ނުކުރާނެ ޒާތުގެ ކަމެކެވެ.

ރައްޔިތުންގެ ވޯޓަކުން އިންތިހާބު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މަމްބަރެއްގެ ގޮނޑި ސިޔާސީ ޕާޓީއެއްގެ ދެތިން މެމްބަރެއް ހިމެނޭ ސުލޫކީ ކޮމެޓީއަކުން ވަރަށް ފަސޭހައިން ގެއްލުވާލެވޭ ގޮތަށް ފަރުމާކޮށް ރައްޔިތުންގެ މަޖިލީހަށް އެފަދަ ބިލެއް ހުށަހެޅުމަކީ ލަދުވެތި ކަމެކެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް އެފަދަ ބިލެއް މަޖިލީހަށް ހުށަހެޅުމަކީ ދިވެހި ރާއްޖޭގެ ބަރުލަމާނީ ނިޒާމަށް ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއަކަށް ނޫނީ ނުވާނެއެވެ.

މިދެންނެވި ސިޔާސީ ޕާޓީއެއްގެ ކުޑަ ސުލޫކީ ކޮމެޓީން އެ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރެއްގެ ސުލޫކީ މައްސަލައެއް ބެލުމަށް ފަހު، ޕާޓީން ވަކި ކުރުމަށް ނިންމައި، އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމުން އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރެއްގެ ގޮނޑި ގެއްލިޖެ ކަމަށް ކަނޑަޅާ ވަގުތުން ފެށިގެން އެ މެމްބަރުގެ ގޮނޑި އެ ގެއްލުނީ އެވެ. މިއީ ހަމަ މިހާ ފަސޭހައިން ވަކިކުރެވެންޖެހޭ ބައެއްތޯ އެވެ.

ގަބޫލު ކުރަމެވެ. ރައްޔިތުންގެ މަޖިލީހަކީ ކޮރަޕްޝަން ވަރަށް ބޮޑަށް އޮތް ތަނެކެވެ. ނަމަވެސް އެކަން އޮތީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ސަރުކާރުގެ ވަޒީރުންނާއި ފަނޑިޔާރުންނާއި މުއައްސަސާތަކުގެ ވެރިންގެ މެދުގައިވެސް ކޮރަޕްޝަން އެބައޮތެވެ.

މަޖިލިސް މެމްބަރުންގެ ތެރެއިން ކޮރަޕްޝަން ނައްތާލައި ނަޒާހަތްތެރިކަން އިތުރު ކުރުމަށް އެންޓި-ޑިފެންޝަން ގާނޫނެއް ނުހެދިޔަސް އެކަން ކުރެވޭނެ ވަރަށް ހަރުދަނާ އެހެން ނިޒާމުތައް އެބަހުއްޓެވެ. ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނެއް އެބައޮތެވެ. މުސާރައާ ނުބައްދަލު ކުއްލި މުއްސަނދިކަން ހޯދާ ފަރާތްތަކުގެ މައްސަލަތައް ބެލޭނެ ގާނޫނެއް ހެދިދާނެ އެވެ. މީގެއިތުރުން މަޖިލިސް މެމްބަރުންގެ ކޮންމެ އަހަރެއްގެ މާލީ ބަޔާން މިހާރު ވެސް ހުށަހަޅަންޖެހޭއިރު އެކަން ކުރާ މެމްބަރުން މަދެވެ. އެކަން ވެސް ތަންކޮޅެއް ހަރުދަނާކޮށް، ބެލޭނެ އިންތިޒާމު ވެސް ހަމަޖެއްސިދާނެ ނޫންތޯއެވެ. ހަމަ އެގޮތަށް ދައުލަތުގެ ވެރިންނާއި މުއައްސަސާތަކުގެ ވެރިންގެ މައްޗަށް ވެސް އަމަލު ކުރެވިދާނެ ނޫން ތޯއެވެ.

ޕާޓީއެއްގެ ސުލޫކީ ކޮމެޓީއަކުން އެޕާޓީއަށް ނިސްބަތްވާ މެމްބަރެއް ވަކިކުރުމަކީ އެއްވެސް ކަމެއް ނޫނެވެ. އެންޓި-ޑިފެންޝަން ގާނޫނުގައި ބުނާގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެމްބަރުކަމުން ވަކިކުރުން، އަމިއްލައަށް ވަކިވުން ނުވަތަ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރަކަށްވެއްޖެނަމަ އެ މެމްބަރު މަޖިލީހުގައި އަދާކުރަމުންދާ ގޮނޑި ގެއްލުވާލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ސުލޫކީ ކޮމެޓީއަށް އެޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރަކާމެދު ފިޔަވަޅު އެޅުމަށް ފަހު ޕާޓީން ވަކި ކުރުމުގެ ބާރު ލިބިދޭއިރު، މިދައްކަނީ ދިވެހި ދައުލަތުގެ އެންމެ މުހިއްމު އެއްބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިންތިހާބީ ގޮނޑި ގެއްލުވާލާ ވާހަކަ އެކެވެ. މިއީ އާދައިގެ ކަމެއް ނޫންނެވެ.

މިވަގުތުވެސް ރާއްޖެއިން ފެންނަމުން މިދަނީ ދައުލަތުގެ އެއް ބާރުން އަނެއް ދެބާރަށް ނުފޫޒު ފޯރުވާ އަތްގަދަކޮށްގެން އުޅޭ މަންޒެވެ. ސަރުކާރުން ބޭނުންއިރަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރު ކުރަނީ އެވެ. ރައީސުލްޖުމްހޫރިއްޔާއަށް ނުވެސް ބެހެވޭ ތަނަކަށް މިލިޓަރީ ވައްދާ ތަޅު އަޅުވައިފި އެވެ. މަޖިލީހުގެ ގޭޓުމަތިން ރައްޔިތުން އިންތިހާބު ކޮށްފައިވާ މެމްބަރުން ގޮދާ އައިނަކުން ގޮދާ ބަހާހެން ނަގާ އުކައިފި އެވެ. ރައްޔިތުންގެ މަޖިލިސް އޮތީ ސިފައިން ހިސޯރު ކޮށްފަ އެވެ.

ދެންއޮތީ ދައުލަތުގެ އަނެއްބާރު ކަމަށްވާ ސުޕްރީމް ކޯޓެވެ. މިލިޓަރީ ބޭނުން ކޮށްގެން ސުޕްރީމް ކޯޓުގެ ފުރާޅަށްއަރައި ސުޕްރީމް ކޯޓަށް ގަދަކަމުން ވަދެފި އެވެ. ހިސޯރު ކޮށްފި އެވެ. ދޮރެއް ހުރިއްޔާ ސުންނާފަތިކޮށް، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ ފަނޑިޔާރެއް ހައްޔަރުކޮށްފި އެވެ. ކުރިން ފެންނަމުން ދިޔައީ ސަލާމަތީ ހިދްމަތްތައް ބޭނުންކޮށްގެން ސަރުކާރުން ބޭނުންވާހާ މަޖިލިސް މެމްބަރުން ހައްޔަރު ކުރާތަނެވެ. މިހާރު މިފެންނަނީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުން ހައްޔަރު ކުރަމުންދާ މަންޒަރެވެ. އެކަމަކު މިދައުލަތުގައި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ކުރެވޭ ބޮޑުތި ތުހުމަތުތަކުގައި ކުޑަމިނުން ސުވާލެއް ކޮންލަން ކެރޭ އެއްވެސް މުއައްސަސާއެއް ނެތްކަމީ މީދެން ފުކެއް ބޮޑު ވަރު ނޫންތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުރިހާ ދިމާލަކުން ޖަރީމާ، ގާނޫނު ހަދާ މަޖިލީހުން ވެސް ހިންގަނީ ޖަރީމާ!

ހުރިހާ ދިމާލަކުން ޖަރީމާ، ގާނޫނު ހަދާ މަޖިލީހުން ވެސް ހިންގަނީ ޖަރީމާ!

14 ޖޫން 2017
ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ގެފުޅު ދޮންނަން ހަދާގޮތް އެނގޭތަ؟

ގެފުޅު ދޮންނަން ހަދާގޮތް އެނގޭތަ؟

27 މެއި 2017
ދެ ފަންތިއެއްގެ ރައްޔިތުން: ގާނޫނުގެ ލޯ އަނދިރިކޮށް، އަތް ބިންދާލާފައި!

ދެ ފަންތިއެއްގެ ރައްޔިތުން: ގާނޫނުގެ ލޯ އަނދިރިކޮށް، އަތް ބިންދާލާފައި!

15 މެއި 2017
އަބުރުގެ ގާނޫނު: މަގުސަދާއި ނުކުތް ނަތީޖާ

އަބުރުގެ ގާނޫނު: މަގުސަދާއި ނުކުތް ނަތީޖާ

03 މެއި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު