Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއައިޕީޔޫ

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

15 އޮކްޓޯބަރު 2017 | އާދީއްތަ 17:47

ދިވެހި ވަފުދު ކައިރިއަށް ފޮޓޯ ނަގަން ބަޔަކު ނާދޭ!

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 15 އޮކްޓޯބަރު 2017 | އާދީއްތަ 17:47
މެމްބަރު ރިފާޢު އައިޕީޔޫ ސަމިޓްގައި

މެމްބަރު ރިފާޢު އައިޕީޔޫ ސަމިޓްގައި

ރަޝިޔާގެ ސެއިންޓް ޕީޓަރސްބަރގްގައި ކުރިއަށްދާ އިންޓަރޕާލަމެންޓްރީ ޔޫނިއަންގެ 137ވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް ދިޔަ ޕީޕީއެމްގެ މަޖިލިސް މެމްބަރުން އުޅުއްވާ ގޮތް ފެނިފައި ގަތީ ކުޑަ ލަދެއް ނޫނެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާއި ބައްދަލުކުރެވިގެން މަސީހު އުޅުއްވާތީ ސަރުކާރުގެ އިސްވެރިންނާއި ޕީޕީއެމް އެކްޓިވިސްޓުން މިއަދު އޮތީ އެކަމާއި އުފާފާޅުކުރުމެވެ. އެކަމަކު މިވާ ގޮތް އެނގިލައްވާތޯއެވެ؟

މަސީހު ޕުޓިންއާއި ބައްދަލުކުރެއްވީކީ ނޫނެވެ. ފްލޯރގައި ތިއްބެވި ބޭފުޅުންނާއި ސަލާން ކުރައްވަމުން ޕުޓިން ވަޑައިގެންނެވި ވަގުތު މަސީހުވެސް ދޭތެރެއަކުން ހުސްތަންކޮޅެއް ހޯދާލައިގެން ފިތި ބާރުވެގެން ހުރެ ފޮޓޯއެއް ނެންގެވީއެވެ.

މަސީހު ވަރަށް ފިތިބާރުވެގެން ޕުޓިންއާއިއެކު ފޮޓޯއެއް ނަންގަވަނީ

މަސީހަކީ ކޮން ބޭފުޅެއްކަން ޕުޓިންއަށް އެނގިވަޑައިގަތަސް އެވެސް ވާނީ ނަސީބަކަށެވެ. އައިޕީޔޫގެ ބައްދަލުވުމުގައި ރަސްމީ ބައްދަލުވުންތައް ދާ ގޮތް ބައްލަވާށެވެ.

އައިޕީޔޫގެ ރައީސް ޗައުދަރީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާއި ބައްދަލުކުރައްވަނީ

މިފޮޓޯއާއި މަސީހު ޕުޓިންއާއި 'ބައްދަލުކުރެއްވި'ކަމަށް ބުނާ ފޮޓޯއާއި ހުރި ތަފާތު ބައްލަވާށެވެ. ދެން އަތް ޖަހާށެވެ.

މެމްބަރު ނިހާނާއި މެމްބަރު ރިފާއު ހެސްކިޔާފަ ޓްވީޓްކުރައްވަމުންދާއިރު، ހާމަވާ އެހެން ހަޤީގަތެއް އެބައޮތެވެ. ޤައުމުތަކާއި މާގުޅުން އޮތްކަމަށް ދައްކަން އެކި ޤައުމުތަކުގެ މަޖިލިސް މެމްބަރުންނާއި ސަލާންކުރައްވާ މަންޒަރު ފޮޓޯ ނަންގަވަމުންދާއިރު، ދިވެހި ވަފުދު ޖެހެނީ ކޮންމެ ޤައުމެއްގެ މޭޒު ކައިރިއަށް ދާށެވެ. މަސީހު އަރިހަށް ވަޑައިގަންނަވާނެ ބޭފުޅަކު ވީހެނެއް ފޮޓީތައް ބަލާފައި ހިއެއް ނުވެއެވެ.

ހުރިހާ ބޭފުޅުންނަށްވުރެ ބޮޑަށް އަޅުގަނޑަށް އަޅައިގަތީ މެމްބަރު ރިފާޢުގެ ޓްވީޓްތަކެވެ. ރައީސް ޔާމިނަށް ސަނާކިޔަން އެމަނިކުފާނުގެ ނަންފުޅު ކުރިއަށް 'ހިޒް އެކްސަލަންސީ' ލިޔުއްވަމުން ގޮސް، ޕުޓިންގެ ނަންފުޅުގެ ކުރިއަށްވެސް 'ހިޒް އެކްސަލަންސީ' ނުލައި ލިޔުއްވޭކަމަކަށް ނުވިއެވެ. ސެލްފީއާއި ފޮޓޯ ނަންގަވަމުން ގޮސް ޓޯރީޑް ޕެލަސްގައި ހުންނަ ރިޔާސަތު މޭޒު ކައިރިއަށް ގޮސް ނިހާން ލައްވައި ނެންގެވި ފޮޓޯތައް ފެނިފައި ދިވެހިން ލަދުގަންނާނެއެވެ. ކުޑަކުއްޖަކު އަލަށް ތަނަކަށް ދެވުނީމަ އުޅޭ ފާޑަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އުޅުއްވީ ބޮޑަށް ބެލެވޭ ގޮތުގައި ރިޔާސަތު އުސްކޮށްހުރިކަން ދައްކައިދިނުމަށެވެ. ރިފާޢުގެ އިސްކޮޅާއި، ރަޝިޔާގެ ސްޓޭޓް ޑޫމާގެ މެމްބަރެއްގެ އިސްކޮޅު އަމިއްލައަށް ބައްލަވާފައި ވަޑައިގަންނަވާށެވެ. އަޅުގަނޑު ދެން އިތުރަށް އެއަށް ކިޔާނެ އެއްޗެއް ނެތެވެ.

ރިފާޢު ޓްވީޓްކުރައްވާއިރު މޮޅު ވާހަކަ ލިޔުއްވަން ކޮޕީ ޕޭސްޓްވެސް ކުރައްވަނީއެވެ. އެގޮތުން އައިޕީޔޫގެ ޒުވާން މެމްބަރުންގެ ބައްދަލުވުމާއި ގުޅޭގޮތުން އައިޕީޔޫގެ ޕްރޮޖެކްޓް އޮފިސަރު ޖޮނަތަން ލޭންގް ކުރެއްވި ޓްވީޓްގައިވާ ޓެކްސްޓްކޮޅު، ރިފާޢު އެބައްދަލުވުމާއި ގުޅޭގޮތުން އޭގެ ގަޑިއެއްހާއިރުފަހުން ކުރެއްވި ޓްވީޓްގައިވަނީ ބޭނުންކުރައްވާފައެވެ.

ރިފާޢުގެ ފާހަގަކޮށްލެވުނު އަނެއް ޓްވީޓަކީ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބެލުމެއް ނެތި ކޮންމެ މެމްބަރަކަށްވެސް އައިޕީޔޫގެ ސަމިޓްގައި ބައިވެރިވުމުގެ ފުރުސަތު ދެއްވުމުން ޕުޓިންއަކީ ރޯލް މޮޑެލްއެއްކަމަށް ސިފަކުރެއްވި ޓްވީޓެވެ. އިންސާނީ ހައްޤުތުތަކަށް އަރައިގަތުމަށް މަޝްހޫރު ޕުޓިންގެ މިއަމަލުގެ ވާހަކަ ރިފާޢު ދެއްކެވިއިރު، ރިފާޢުގެ އަމިއްލަ ޕާޓީގެ ވެރިޔާ ކަންތައްކުރައްވާ އެއަށްވުރެ ގޯހޭ ރިފާޢުގެ ހިތްޕުޅަށް އަރައިވަޑައިނުގަނޭބާއެވެ.

ކޮންމެއަކަސް އިހަކަށް ދުވަހު އިނގިރޭސިވިލާތުގެ މެންޗެސްޓަރއަށާއި ސްވިޓްޒަލެންޑްގެ ޖެނީވާއަށް ދިޔަ ޕީޕީއެމްގެ މެމްބަރުންގެ ޓީމާއި މިހާރު ރަޝިޔާގެ ސެއިންޓް ޕީޓަރސްބަރގްގައި މިހާރު އުޅުއްވާ ޓީމް އެއުޅުއްވާ ގޮތުން ދިވެހިން ލަދުގަންނަން ޖެހެއެވެ.

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2017

ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!

18 ސެޕްޓެމްބަރު 2017
ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!
22 އޯގަސްޓު 2017

މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް

22 އޯގަސްޓު 2017
މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް
15 ޖުލައި 2017

ޕީޕީއެމް އަށް ނެރެދިން ހުކުމެއްތަ؟

15 ޖުލައި 2017
ޕީޕީއެމް އަށް ނެރެދިން ހުކުމެއްތަ؟
29 ޖޫން 2017

ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

29 ޖޫން 2017
ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!
16 ޖޫން 2017

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017
"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟
12 އެޕްރީލު 2017

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

12 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ
11 އެޕްރީލު 2017

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!
23 ފެބުރުއަރީ 2017

ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟

23 ފެބުރުއަރީ 2017
ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟
12 ފެބުރުއަރީ 2017

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!
11 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!

11 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް