Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝް

ބަންގްލަދޭޝްގެ މިސްކިތަކަށް ހަމަލާ ދިން ތިން މީހަކު މަރާލައިފި

ތިންމީހުންގެ މަރުގެ ހުކުމް ބަންގްލަދޭޝްގެ ސްޕްރީމް ކޯޓްގައި އިސްތިއުނާފް ކުރުމުން، ކޯޓުން ވަނީ ހުކުމް ދަމަހައްޓާފަ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 13 އެޕްރީލު 2017 | ބުރާސްފަތި 13:16
ހަރަކާތް-އަލް ޖިހާދު އިސްލާމީ ގްރޫޕްގެ ލީޑަރު މުފްތީ އަބްދުލް ހަންނާން، ފުލުހުން ޝަރީއަތުގެ މަޖިލީހަށް ފަހު ކޯޓުން ނެރެގެން ގެެންދަނީ

ހަރަކާތް-އަލް ޖިހާދު އިސްލާމީ ގްރޫޕްގެ ލީޑަރު މުފްތީ އަބްދުލް ހަންނާން، ފުލުހުން ޝަރީއަތުގެ މަޖިލީހަށް ފަހު ކޯޓުން ނެރެގެން ގެެންދަނީ

ބަންގްލަދޭޝްގެ މިސްކިތަކަށް ހަމަލާ ދިނުމުގެ ކުށްސާބިތުވި ހަނގުރާމަވެރި ޖަމާއަތެއްގެ ލީޑަރަކާއި އޭނާގެ ދެ އެހީތެރިންނަށް އިއްވާފައިވާ މަރުގެ ހުކުމް ނުވަ އަހަރަށް ފަހު ތަންފީޒު ކޮށްފިއެވެ.

ތިންމީހުންގެ މަރުގެ ހުކުމް އިސްތިއުނާފު ކުރުމުން ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ނިންމީ ހުކުމް ރަނގަޅުކަމަށާއި އެހެންވެ، ހުކުމް ދެމެހެއްޓުމަށެވެ. ހުކުމް މައާފުކޮށްދިނުމަށް ރައީސް އަބްދުލް ހާމިދު އަށްވެސް ހުށަހެޅި ނަމަވެސް ރައީސް މައާފެއް ނުދެއްވިއެވެ.

މަރުގެ ހުކުމް ތަންފީޒުުކުރި ހަނގުރާމަވެރި ޖަމާއަތުގެ ލީޑަރަކީ ހަރަކާތް-އަލް ޖިހާދު އިސްލާމީ ގްރޫޕްގެ ލީޑަރު މުފްތީ އަބްދުލް ހަންނާން އެވެ. މުފްތީ އާއި އޭނާގެ ބައިވެރިންނަށް ދައުވާކުރެވުނީ ސިލްހެޓުގައި، ސޫފީންގެ މިސްކިތަކަށް ހަމަލާދީ ތިން މީހުން މަރުވެ އަދި އެތައް ބަޔަކު ޒަޚަމްވި ހާދިސާ އާއި ގުޅިގެންނެވެ. އެ ހާދިސާގައި އޭރުގެ އިނގިރޭސި ހައި ކޮމިޝަނަރު ޒަޚަމްވިއެވެ. މުފްތީ އަބްދުލް ހަންނާން އާއި އިތުރު ދެމީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ 2008 ވަނަ އަހަރުއެވެ.

މުފްތީ އަބްދުލް ހަންނާން އާއި އިތުރު އެކެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައި ވަނީ ބުދަދުވަހު ހަވީރު ވެރިރަށް ޑާކާއިން ބޭރުގެ ކާޝިމްޕޫރުގެ ޖަލެއްގައެވެ. އަނެއްމީހާ އަށް، ހުކުމް ތަންފީޒްކޮށްފައި ވަނީ ބަންގްލަދޭޝްގެ އުތުރުއިރުމަތީ ސިޓީއެއް ކަމަށްވާ ސިލްހެޓްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު