Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަންޗޭޒްގެ އެއްބަސްވުން ދާއިމީ ކުރުން

ސަންޗޭޒްގެ އެއްބަސްވުން ދާއިމީ ކުރަން އިންޓައިން ހުށަހަޅަނީ

ސަންޗޭޒްގެ ލޯނު އެއްބަސްވުން ހަމަވާނީ މި ސީޒަން ނިމުމުން

އަތޫފް އާތިފް
އަތޫފް އާތިފް | 29 ޖުލައި 2020 | ބުދަ 13:43
އެލެކްސަސް ސަންޗޭޒް: ސަންޗޭޒްގެ އެއްބަސްވުން ދާއިމީ ކުރުމަށް އާދީއްތަ ދުވަހު ހުށަހަޅަނީ

އެލެކްސަސް ސަންޗޭޒް: ސަންޗޭޒްގެ އެއްބަސްވުން ދާއިމީ ކުރުމަށް އާދީއްތަ ދުވަހު ހުށަހަޅަނީ

އިންޓަ މިލާނަށް ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް އެލެކްސިސް ސަންޗޭޒްގެ އެއްބަސްވުން ދާއިމީ ކުރުމަށް އިންޓައިން ހުށަހަޅާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ސަންޗޭޒް އިންޓަ އަށް ބަދަލުވީ ޖޫން މަހުގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން ސީޒަން ދިގުލައިގެން ދާނެތީ ސަންޗޭޒް ވަނީ މި ސީޒަން ނިމެންދެން އިންޓަގައި މަޑުކުރަން ނިންމާ ލޯނު އެއްބަސްވުން އާކޮށްފައެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ލޯނު އެއްބަސްވުމެއްގެ ދަށުން ސަންޗޭޒް އިންޓައަށް ކުޅެމުން އަންނައިރު، އޭނާގެ އެއްބަސްވުން ދާއިމީ ކުރަން މިހާރު އިންޓައިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ސަންޗޭޒްގެ އެއްބަސްވުން ދާއިމީ ކުރުމަށް އިންޓައިން އަންނަ އާދީއްތަ ދުވަހު 20 މިލިއަން ޔޫރޯގެ ބިޑެއް ޔުނައިޓެޑަށް ހުށަހަޅާނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސަންޗޭޒް ވިއްކާލަން ޔުނައިޓެޑުން އޮތީ ތައްޔާރަށެވެ. ސަބަބަކީ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލެޝެއާގެ ޕްލޭންގައި ސަންޗޭޒް ނުހިމެނޭތީއެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން އަހަރަކު 14 މިލިއަން ޕައުންޑު މުސާރައިގެ ގޮތުގައި ލިބޭ ގޮތަށެވެ. އެގޮތުން އޭނާ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރެވެ.

މީގެ ކުރިން ބާސާއަށްވެސް ކުޅެފައިވާ ސަންޗޭޒް ވަނީ އެ ކްލަބާއެކު ވެސް ގިނަ ކާމިޔާބީތައް ހޯދާފައެވެ. އާސެނަލްގައިވެސް ސަންޗޭޒް މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ޔުނައިޓެޑްގައި އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މި ސީޒަނުގައި އިންޓައަށް ބަދަލުވި ސަންޗޭޒް މިހާތަނަށް އެޓީމަށް 28 މެޗު ކުޅެދީފައިވާއިރު، އޭނާ ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

12 މެއި 2017

މޮރާޓާ ހޯދުމަށް އާސެނަލް އިން 50 މިލިއަންގެ ބިޑެއް ހުށަހަޅަނީ!

12 މެއި 2017
މޮރާޓާ ހޯދުމަށް އާސެނަލް އިން 50 މިލިއަންގެ ބިޑެއް ހުށަހަޅަނީ!
04 މެއި 2017

ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ

04 މެއި 2017
ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ
24 އެޕްރީލު 2017

އެފްއޭކަޕް: ސަންޗޭޒްގެ ލަނޑުން ސިޓީ ބަލިކޮށް އާސެނަލް ފައިނަލަށް

24 އެޕްރީލު 2017
އެފްއޭކަޕް: ސަންޗޭޒްގެ ލަނޑުން ސިޓީ ބަލިކޮށް އާސެނަލް ފައިނަލަށް
22 އެޕްރީލު 2017

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017
ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު