Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: އިދިކޮޅުން ކުރާ މުޒާހަރަކާ

ފުރަތަމަ އިންސާނީ ކަރާމާތަށް އިސްކަންދީ، އޭގެފަހުން ގާނޫނީ އިމުގެ ތެރެއިން ސިޔާސީ ހަރަކާތް ހިންގާ

29 ޖުލައި 2020 | ބުދަ 07:21

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް، އިދިކޮޅު ޕާޓީތަކުން ދަނީ މުޒާހަރާ ކުރަމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 ޖުލައި 2020 | ބުދަ 07:21
އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރަނީ: ކޮވިޑް-19 ނުރައްކާ ރާއްޖޭގައި އޮތްއިރުވެސް، ތޮއްޖެހިފައިވާ މާލޭގައި އިދިކޮޅު ފަރާތްތަކުން ދަނީ މުޒާހަރަކާ ކުރަމުން

އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރަނީ: ކޮވިޑް-19 ނުރައްކާ ރާއްޖޭގައި އޮތްއިރުވެސް، ތޮއްޖެހިފައިވާ މާލޭގައި އިދިކޮޅު ފަރާތްތަކުން ދަނީ މުޒާހަރަކާ ކުރަމުން

ސިޔާސީ ހަރަކާތް ހިންގުމުގައި އިންސާނީ ކަރާމަތާއި ސަލާމަތަށް އިސްކަން ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަދި އެކޮމިޝަނުގެ ތަރުޖަމާނު އަހުމަދު އަކްރަމް ގޮވާލައްވައިފިއެވެ.

ބުދަ ދުވަހު އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯހުން ގޯހަށް ދާ ކަމަށެވެ. އަދި މިހާލަތުން އަރައި ގަތުމަށް އެންމެ އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އަކްރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތް ހިންގަންވާނީ ޤާނޫނުތަކާއި ޤަވާއިދުތަކަށް ބޯލަނބައި، އިންސާނީ ކަރާމާތާއި ސަލާމަތަށް އިސްކަން ދީގެން ކަމަށެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން، ރާއްޖޭގައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، މިދިއަ މާރިޗު މަހުގެ 12 ވަނަ ދުވަހު އިއުލާން ކޮށްފަ އެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ހަމަ އެގޮތުގައި މެދުކެނޑުމެންނެތި ކުރިއަށްދާއިރު، އެގާނޫނުގެ ދަށުން، އާންމު ސިއްހަތު ރައްކާތެރި ކުުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައި ވެއެވެ.

އެގޮތުން، ބައެއް އެންގުންތައް އަންގާފައިވާއިރު، ގިނަ މީހުން ގައިގޯޅިވެ، އެއްވެ ނޫޅުމަށާއި، އަދި 30 މީހުންނަށް ވުރެ ގިނަ މީހުން ބައިވެރިވެގެން އެއްވެ ނޫޅުމަށް އަންގާފައި ވެއެވެ. އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުންފަދަ އިސްކަންދިނުމަށް ވެސް އަންގާފައި ވެއެވެ.

އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދު ބުނާ ގޮތުން، މާލޭގައި އެއްވެ އުޅުވޭ ސަރަހައްދަކީ ކާނިވާ ސަރަހައްދެވެ.

ނަމަވެސް އިދިކޮޅު ޕީޕީއެމް-ޕީއެންސީ، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ، މާލޭގެ ބޮޑެތި މަގުތަކުގައި މުޒާހަރާ ކުރަން މިވަނީ ފަށާފައެވެ. އެގޮތުން ހޯމަ ދުވަހުގެ ރެއާއި އަންގާރަ ދުވަހުގެ ރޭ މުޒާހަރާކޮށްފައިވާއިރު، މުޒާހަރާގެ ތެރެއިން ފުލުހުންގެ ގަޔަށް ކުޅުޖެހުން ފަދަ މުޑުދާރު އަމަލުތައް ހިންގަމުންދާކަމަށް ވެއެވެ.

އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް، މާލޭގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން މުޒާހަރާ ކުރަމުންދާއިރު، މިހާތަނަށް އިލެކްޝަންސް ކޮމިޝަނަކުން ބަހެއް ބުނެފައެއް ނުވެއެވެ. ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތަކީ އިލެކްޝަންސް ކޮމިޝަނެވެ.

މީގެކުރިން، ވަރަށް ކުދިކުދި ކަންކަންކަމުގައި، ބޮޑެތި ނޫސްބަޔާންތަކާއި އިންޒާރުތައް ބައެއް ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން ދެމުންދިޔަ އެވެ. އެގޮތުން އެމްޑީޕީއަށް ސިޔާސީ ހަރަކާތް ނުހިންގޭހާ ވަރަށް ކަންކަން ހަނިކުރަމުންދިޔަކަން ފާހަގަ ކުރެވިފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް
13 މާރިޗު 2017

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް