Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ނަޝީދުގެ ވަކީލު

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

ޔޫއެންޑަބްލިއުޖީއޭޑީން، އޮކްޓޯބަރ 2015 ގައި ވަނީ ނަޝީދުގެ ހުކުމް "އާބިޓްރަރީ"ކަމަށް ކަނޑައަޅާ އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށް ގޮވާލާފަ

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 7 މާރިޗު 2017 | އަންގާރަ 12:41
ރައީސް ނަޝީދުގެ ވަކީލު، ފްރީޑަމް ފައުންޑަރގެ ބާނީ ޖެރަޑް ޖެންސަރ

ރައީސް ނަޝީދުގެ ވަކީލު، ފްރީޑަމް ފައުންޑަރގެ ބާނީ ޖެރަޑް ޖެންސަރ

ތޭރަ އަހަރުގެ ޖަލު ހުކުމެއްގައި އިއްވާފައިވާ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްސަލަ އދ. އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ އިރު، މި އަހަރު ފަހުކޮޅު އެ ކަމުގައި ގޮތެއް ނިންމާނެ ކަމަށް ލަފާކުރެއްވޭ ކަމަށް އެމަނިކުފާނުގެ ނައިނަލްއަގުވާމީ ވަކީލު، ޖެރަޑް ޖެންސަރ ވިދާޅުވެއްޖެއެވެ.

ޖެންސަރ މިހެން ވިދާޅުވީ އެމެރިކާގެ ޔުނިވަރސިޓީ އޮފް މިޝިގަންގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޕެނަލް މަޝްވަރާއެއްގައެވެ. މި ޕެނަލްގައި ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖެއަކީ އެ ކޮމިޓީގެ ދަށުން އޮންނަ އިންޓަނެޝަނަލް ކޮވެނަންންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް)ގައި ސޮއިކޮށްފައިވާ ގައުމެއް ކަން ފާހަގަކުރައްވަމުން ޖެންސަރ ވިދާޅުވީ، ނަޝީދުގެ މައްސަލަ މިހާރު ކުރިއަށް ދަނީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގައި ކަމަށެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ވުމުގެ ސަބަބުން 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ބައިވެރިނުވެވޭކަން ޖެންސާ ވަނީ ފާހަގަކުރައްވާފައި ވެއެވެ. ނަމަވެސް ރައީސް ނަޝީދު ރާއްޖެއަށް އެނބުރި ވަޑައިގެން މަސައްކަތް ކުރިއަށް ގެންދެވުމަށް ބޭނުންވެ ވަޑައިގަންނަވާ ކަން އޭނާ ވިދާޅުވިއެވެ.

"އާބިޓްރަރީ ދައުވާއަކާއި ޝަރީއަތަކާއި ހުކުމެއްގެ ސަބަބުން ރައީސް ނަޝީދަށް އިންތިހާބުގައި ބައިވެރި ނުވެވުމަކީ އެއާ އެއްވަރަށް އާބިޓަރްރީ ކަމެއް" ކަމަށް ޖެންސަރ ފާހަގަކުރެއްވިއެވެ. އަދި އޭގެ ސަބަބުން ރައީސް ނަޝީދަށް "ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ގެއްލޭ" ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސް ނަޝީދަށް މިވަގުތު އެމަނިކުފާނުގެ އަމިއްލަ ސިޔާސީ ޕާޓީ ލީޑްކުރުމުގެ ހައްގު ވެސް ނެތް ކަން ކަމަށާއި، އޭގެ ސަބަބުން ވެސް ހައްގުތައް ގެއްލިގެންދާ ކަމަށް ޖެންސަރ ވިދާޅުވިއެވެ.

ޖެންސަރ ވިދާޅުވީ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގައި ރައީސް ނަޝީދުގެ މައްސަލަ ރައީސް ނަޝީދާ އެއްކޮޅަށް ނިމުމުގެ ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ.

ޔުނިވަރސިޓީ އޮފް މިޝިގަންގައި ބޭއްވި ޕެނަލްގައި ވެސް ޖެންސަރ ވަނީ ރައީސް ނަޝީދުގެ ޝަރީއަތުގައި ގާނޫނާ ހިލާފަށް ކުރިއަށް ދިޔަ ބައެއް ކަންކަން ފާހަގަކުރައްވާފައެވެ.

"ބައެއް ފަހަރު މިފަދަ ސަަރުކާރުތަކަށް ކަންތައް ކުރަން އޮންނަ އިޖްރާއަތްތަކެއް ނޭނގޭތީ ކުރެވެނީ އެބިއުޒެއްކަން ނޭނގޭ. އެހެންވެ، ގޯސްކަމެއް ކުރެވޭކަން ނޭނގި، ލަދެއް ނެތި އެކަންކަން ކުރަނީ،" ޖެންސަރ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމުން މި މައްސަލަ އދ. ގެ ވަރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޔޫއެންޑަބްލިއުޖީއޭޑީ)އަށް 2015 ވަނަ އަހަރު ހުށަހަޅާފައިވާ އިރު، ޔޫއެންޑަބްލިއުޖީއޭޑީން، އޮކްޓޯބަރ 2015 ގައި ވަނީ ނަޝީދުގެ ހުކުމް "އާބިޓްރަރީ"ކަމަށް ކަނޑައަޅާ އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށް ގޮވާލާފައެވެ. ނަމަވެސް ދިވެހި ސަރުކާރުން ބުނީ ޔޫއެންޑަބްލިއުޖީއޭޑީގެ ނިންމުން ބަލައިނުގަންނަ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު