Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީންގެ ޤާނޫނީ ޓީމު

ރައީސް ޔާމީނާއި ބައްދަލުކުރެއްވުމަށް ކަރެކްޝަންސް އިން ދަނީ ހުރަސް އަޅަމުން: ޤާނޫނީ ވަކީލުން

28 ޖުލައި 2020 | އަންގާރަ 10:07

ރައީސް ޔާމީނާ ޤާނޫނީ ވަކީލުންނާ ސީދާކޮށް ބައްދަލު ކުރުމުގެ ފުރުސަތެއް ނުދެއްވާ ކަމަށް ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 ޖުލައި 2020 | އަންގާރަ 10:07
ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ބޭފުޅުން: ރައީސް ޔާމީނާ ގާނޫނީ ވަކީލުންނާ ސީދާކޮށް ބައްދަލު ކުރުމުގެ ފުރުސަތު ނުދެއްވާ ކަމަށް ވިދާޅުވޭ

ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ބޭފުޅުން: ރައީސް ޔާމީނާ ގާނޫނީ ވަކީލުންނާ ސީދާކޮށް ބައްދަލު ކުރުމުގެ ފުރުސަތު ނުދެއްވާ ކަމަށް ވިދާޅުވޭ

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނާ ބައްދަލުކޮށް، ޤާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ހައްގަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހުރަސް އަޅަމުންދާ ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ކަމަށް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުން އަންގާރަ ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް19 އާ ގުޅިގެން ސަރުކާރުން އިޢުލާނު ކުރި ލޮކްޑައުންގެ ގިނަ އުޞޫލުތައް އުވާލައި، ގިނަ ކަންކަމަށް ބޮޑެތި ލުއިތަކެއްދީފައިވާއިރު، އަދި ކޯޓުތައް ވެސް މިހާރު ހުޅުވައި ޝަރީޢަތްތައް ވެސް ފަށާފައިވާއިރު، ރައީސް ޔާމީނާ ގުޅޭ ބައެއް ޝަރީއަތުގެ އަޑުއެހުންތައް ވެސް ފަށާފައިވާ ކަމަށެވެ. ނަމަވެސް، ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ ދަށުން އެފަދަ ޝަރީޢަތްތަކުގައި ރައީސް ޔާމީނަށް ލިއްބައިދޭ، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤަށް ކަރެކްޝަނަލް ސަރވިސްއިން ހުރަސް އަޅަމުން ގެންދާތީ އެކަމާމެދު ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރާ ކަމަށްވެސް ނޫސްބަޔާނުގައި ބުނެފައެވެ.

Advertisement - newsAdvertisement

މީގެއިތުރުން، ބުނެފައިވަނީ، ހައިކޯޓުން މިމަހުގެ 8 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުން ނިންމަވާލައްވާފައި ވަނީ، ރައީސް ޔާމީނާއި އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނާ ސީދާކޮށް ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ދައުލަތަށް އެންގެވުމާއެކު އެ މައްސަލައިގައި ރައީސް ޔާމީނަށް އެ ފުރުޞަތު ލިބުމަށްފަހު އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އިޢުލާނު ކުރެއްވުމަށް ފަހުގައި ކަމަށެވެ.

އެހެންނަމަވެސް، ރައީސް ޔާމީނާ ބައްދަލުކުރުމަށްޓަކައި ވަކީލު ބައްދަލުވުމަށް އެދޭ ފޯމު ކަރެކްޝަނަލް ސަރވިސްގެ މާލޭ ޖަލަށް ހުށަހަޅަން ދިއުމުން ރައީސް ޔާމީނާ ސީދާކޮށް ގާތުން ބައްދަލުކުރުމުގެ ފުރުޞަތެއް ނުލިބޭނެ ކަމަށް އަންގައި ވަކީލު ބައްދަލުވުން ހަމަޖައްސައިދީފަ ނުވާ ކަމަށެވެ. އަދި ބައްދަލުވުމަށް އެދުނީ ހައިކޯޓުން އެންގެވި އެންގުމާ ގުޅިގެން ކަމަށް ބަޔާންކޮށް އަދި ބައްދަލުވުން ހަމަޖެހޭނެ ކަމަށް އަންގައި ކަރެކްޝަނަލް ސަރވިސް އިން ފޮނުވާފައިވާ ސިޓީ ދެއްކުމުން ވެސް ވަކީލު ބައްދަލުވުން ހަމަޖައްސައިދިނުމަށް އިންކާރުކޮށް ފޯމު ވެސް ބަލައިގަނެފައެއް ނުވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން، ހައިކޯޓުން ވެސް އަންގަވާފައިވާ ގޮތަށް ރައީސް ޔާމީނާއި ވަކީލުން ސީދާކޮށް ގާތުން ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައި ނުދީ ޤާނޫނު އަސާސީން އެމަނިކުފާނަށް ލިބިލައްވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤަށް ހުރަސް ނުއެޅުމަށް ކަރެކްޝަނަލް ސަރވިސް އަށް އިލްތިމާސް ކުރާ ކަމަށް ވެސް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، ކަރެކްޝަނަލް ސަރވިސް އިން ތައްޔާރުކުރައްވައި 12 ޖަނަވަރީ 2020ގައި ޢަމަލުކުރަން ފަށާފައިވާ، ސްޕެޝަލް ޕްރޮޓެކްޝަން ދޭންޖެހޭ ކަމަށް ކަނޑައަޅާ ޤައިދީންނާއި ބަންދު މީހުންނާމެދު ޢަމަލު ކުރަންވީ ގޮތުގެ ޢާއްމު އުޞޫލަށް ބަލާއިރު ޚަބަރު ފަތުރާ ވަޞީލަތްތައް ލިބުމުގެ ފުރުޞަތު އެފަދަ ފަރާތްތަކަށް ލިބެންޖެހޭކަން އެނގޭއިރު ރައީސް ޔާމީން އެ ފުރުޞަތުން މަޙުރޫމު ކުރެވިގެން ވާތީއާއި، އެގޮތުން މީގެ ކުރިން ޕަބްލިކް ސަރވިސް މީޑިއާގެ ޗެނަލްތައް ޓީވީ މެދުވެރިކޮށް ބެލުމުގެ އިންތިޒާމް ހަމަޖެހިފައި ވީނަމަވެސް މިހާރު އެ ވަޞީލަތް ބޭނުންކުރުމުން ވެސް ރައީސް ޔާމީން މަޙްރޫމްކޮށް، ޚަބަރު ފަތުރާ އެއްވެސް ވަޞީލަތެއް ލިއްބައިނުދީ އެކަމަށް ކަރެކްޝަނަލް ސަރވިސް އިން ހުރަސް އަޅަމުންދާ ދިއުން ހުއްޓާލުމަށް ވެސް ކަރެކްޝަނަލް ސަރވިސް އަށް އިލްތިމާސް ކުރާ ކަމަށް ވެސް ގާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް