Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އަށް އުފައްދަމުން ގެންދާ ވެކްސިން

ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގެ މަސައްކަތް ރެކޯޑް ސްޕީޑެއްގައި ކުރިއަށް ދޭ: ޓްރަމްޕް

28 ޖުލައި 2020 | އަންގާރަ 02:25

މެރިކާއިން އުފައްދަމުން ގެންދާ ވެކްސިން އަންނަ ހޯމަ ދުވަހު އިންސާނުންގެ ގަޔަށް ޖެހުމުގެ ޓްރައިލްތައް ފަށާނެ

އަތޫފް އާތިފް
އަތޫފް އާތިފް | 28 ޖުލައި 2020 | އަންގާރަ 02:25
ކޮވިޑް-19 އަށް އުފައްދަމުން ގެންދާ ވެކްސިން

ކޮވިޑް-19 އަށް އުފައްދަމުން ގެންދާ ވެކްސިން

ކޮވިޑް-19 އަށް އެމެރިކާއިން އުފައްދަމުންގެންދާ ދެ ވެކްސިނެއްގެ މަސައްކަތް ރެކޯޑް ސްޕީޑެއްގައި ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކޮވިޑް-19 އަށް އެމެރިކާއިން އުފައްދަމުން ގެންދާ ވެކްސިން އަންނަ ހޯމަ ދުވަހު އިންސާނުންގެ ގަޔަށް ޖެހުމުގެ ޓްރައިލްތައް ކުރިޔަށް ގެންދިއުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ވެކްސިންގެ ފުރަތަމަ ޓްރައިލްގައި 30،000 ވޮލެންޓިއަރުން ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތް އިން ބުނީ އިންސާނުންގެ ގަޔަށް ވެކްސިން ޖެހުމުގެ ފުރަތަމަ މަރުހަލާ ކާމިޔާބުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށާއި ވެކްސިން އުފެއްދުމަށް އެމެރިކާއިން މިހާތަނަށް ކުރި މަސައްކަތް ވަރަށް ކާމިޔާބު ކަމަށެވެ.

މީގެ ކުރިން އެމެރިކާއިން ވަނީ ޑިޕާޓްމަންޓް އޮފް ހެލްޑް އެންޑް ހިއުމަން ސަރވިސްއާއި ޑިޕާޓްމަންޓް އޮފް ޑިފެންސުން ފިޒަރއާއެކު އެތައް މިލިއަން ޑޯޒެއްގެ ކޮވިޑް-19އިގެ ވެކްސިން އުފެއްދުމަށް އެއްބަސްވުމަކަށް އައިސްފައެވެ.

މި އެއްބަސްވުމުގެ ދަށުން ފުރަތަމަ އުފައްދާ 100 މިލިއަން ޑޯޒްގެ ވެކްސިނަށް 1.95 މިލިއަން ޑޮލަރު، އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވެކްސިން ކާމިޔާބުކަމަށް އިއުލާންކޮށް އާންމުކޮށް ބޭނުންކުރަން ހުއްދަ ދިނުމާއެކު އެ ކުންފުންޏަށް ދެވޭނެއެވެ.

ކާމިޔާބު ވެކްސިނެއް އުފެއްދިއްޖެނަމަ މިހާރު ރާވާފައިވާ ގޮތުން މުޅި ގައުމަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް މި އަހަރުގެ ހަތަރުވަނަ ކުއާޓާގައި ނުވަތަ ފަހުކޮޅުގައި ލިބޭނެއެވެ. އަދި ވެކްސިން ފޯރުކޮށްދެމުންދާނީ އެމެރިކާގެ ސަރުކާރުގެ އިރުޝާދާއެކު ކަމަށާއި، އެމެރިކާގެ ރައްޔިތުންނަށް އެއްވެސް އަގަކާއި ނުލާ ވެކްސިން ލިބޭނެކަމަށް ބުދަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ވެކްސިންއަށް އިންޝިއުރަންސްގެ ތެރެއިން އަގު ނެގިދާނެ ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ފިޒަރގެ ޗެއަރ އަދި ސީއިއޯ ޑރ. އަލްބަރޓް ބޯރލާ ވިދާޅުވި މަސައްކަތް ކުރަމުންދަނީ ނުވާނެ ކަންކަން ވުމަށް މަގުފަހިކުރުމަށް ކަމަށާއި، ރައްކާތެރި އަދި ކުރު މުއްދަތެއްގައި ވެކްސިންއެއް ކާމިޔާބުކަމާއެކު ހޯދާ ފޯރުކޮށްދިނުމަކީ މިވަގުތު އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.

މުޅި ދުނުޔޭގައި 100ށް ވުރެ ގިނަ ކުންފުނިތަކުން ކޮވިޑް-19ށް ވެކްސިނެއް އުފައްދަން މަސައްކަތް ކުރަމުން އަންނަ އިރު މި ރޭހުގެ ކުރީގައި އުޅެނީ އޮކްސްފޯޑް ޔުނިވަރސިޓީއެވެ. ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޔުނިވަރސިޓީ އޮފް އޮކްސްފޯރޑުން އުފެއްދި މި ވެކްސިން އިންސާނުންގެ ހަށިގަނޑުގައި މަސައްކަތް ކުރާ މިންވަރު ދެނެގަތުމަށް ހަދާފައިވާ "ހިއުމަން ޓްރަޔަލް" އިން ކާމިޔާބު ނަތީޖާތަކެއް ވަނީ ނުކުމެފައެވެ. އެގޮތުން އެއްވަނަ މަރުޙަލާގައި 1077 މީހުން ބައިވެރިކޮށްފައިވާއިރު، ވެކްސިން ހަށިގަނޑަށް ޖެހުމުން ހަށިގަނޑުގެ އެތެރޭގައި "އެންޓިބޮޑީސް"އާއި، ވައިރަސްއާ ހަނގުރާމަކުރާ "ވައިޓް ބްލަޓް ސެލްސް" އުފައްދާކަމަށް ހޯދިފައިވާ ކަމަށް ސައިންސްވެރިންނާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

13 މެއި 2017

ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!

13 މެއި 2017
ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!
03 އެޕްރީލު 2017

އަޑިއަށްދިއަ ދެކުނު ކޮރެއާގެ އާގު ބޯޓުން ދިރިހުއްޓައި މީހަކު ފެނޭތޯ މަސައްކަތް ކުރަނީ

03 އެޕްރީލު 2017
އަޑިއަށްދިއަ ދެކުނު ކޮރެއާގެ އާގު ބޯޓުން ދިރިހުއްޓައި މީހަކު ފެނޭތޯ މަސައްކަތް ކުރަނީ
01 އެޕްރީލު 2017

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
25 ފެބުރުއަރީ 2017

ތާވަލުގެ ކުރިޔަށް މެކްސިކޯ ފާރުގެ މަސައްކަތް ފަށާންނަ: ޓްރަމްޕް

25 ފެބުރުއަރީ 2017
ތާވަލުގެ ކުރިޔަށް މެކްސިކޯ ފާރުގެ މަސައްކަތް ފަށާންނަ: ޓްރަމްޕް
15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
07 ފެބުރުއަރީ 2017

ހުއްޓުމެއް ނެތި ކުރާ އެންމެ ދިގު ދަތުރުގެ ރެކޯޑް ގަތަރު އެއާވޭސްއަށް

07 ފެބުރުއަރީ 2017
ހުއްޓުމެއް ނެތި ކުރާ އެންމެ ދިގު ދަތުރުގެ ރެކޯޑް ގަތަރު އެއާވޭސްއަށް
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
17 ޖެނުއަރީ 2017

އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

17 ޖެނުއަރީ 2017
އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް