Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރަޝިޔާ-ދިވެހިރާއްޖެ

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

19 އޯގަސްޓު 2026 | ބުދަ 11:47

ޓޫރިޒަމް މިނިސްޓަރު ރަޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އަމިއްލަ ކުންފުނިތަކަށް ފުރުސަތު ދިނުމުގައި ހާމަކަން ބޮޑު އިންސާފުވެރި އުސޫލެއް ގެންގުޅެފައި ނުވާތީ އޭޓީއޭ އިން ކަންބޮޑުވުން ފާޅުކޮށްފި. މިފަދަ ދަތުރުތަކުގެ މައުލޫމާތު ދުރާލައި ހިއްސާކޮށް، ހަމަހަމަ ފުރުސަތުތަކެއް ކަނޑައެޅުމަށް އެ ޖަމިއްޔާއިން ވަނީ މިނިސްޓަރަށް ފޮނުވި ސިޓީގައި ގޮވާލާފައި

ރާއްޖެ އެމްވީ | 19 އޯގަސްޓު 2026 | ބުދަ 11:47
ޓޫރިޒަމް މިނިސްޓަރ ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވި ވަފުދާ އެކު ނަގާފައިވާ ފޮޓޯއެއް

ޓޫރިޒަމް މިނިސްޓަރ ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވި ވަފުދާ އެކު ނަގާފައިވާ ފޮޓޯއެއް | އެކްސް

ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ އެވެ.

އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް މޯލްޑިވްސް (އޭޓީއޭ) އިން ވަނީ މިނިސްޓަރުގެ މި ދަތުރުފުޅުގައި ކަންހިނގާފައިވާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ރަސްމީ ސިޓީއެއް ވެސް މިނިސްޓަރަށް ފޮނުވާފަ އެވެ.

އެ ޖަމްއިއްޔާ އިން ދެކޭ ގޮތުގައި ސަރުކާރުން އިސްނަގައިގެން ބާއްވާ ރަސްމީ ފަތުރުވެރިކަމުގެ ވަފުދުތަކުގައި އަމިއްލަ ސެކްޓަރު ބައިވެރިކުރުމުގައި ހާމަކަން ބޮޑު އަދި އިންސާފުވެރި އުސޫލެއް ގާއިމުކޮށްފައި އޮންނަން ޖެހޭނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭޓީއޭ އިން މިނިސްޓަރަށް މި މަހުގެ 19 ވަނަ ދުވަހުގެ ތާރީޚުގައި ފޮނުވި ސިޓީއެއްގައި އެ ޖަމިއްޔާއިން ވަނީ ރަޝިއާއަށް މިނިސްޓަރާ އެކު ދަތުރުކުރި ވަފުދުގެ ކަންކަން ހިނގާދިޔަ ގޮތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޭޓީއޭ އިން ފާހަގަކުރި ގޮތުގައި ކެޕިޓަލް ޓްރެވަލް، ލެޓްސް ގޯ މޯލްޑިވްސް، ޓްރެވަލް ކަނެކްޝަން، މޫދު ހޮލިޑޭސް އަދި މޯލްޑިވްސް ކަލެކްޝަން ފަދަ ދިވެހި ކުންފުނިތަކަކީ ރަޝިއާގެ މާކެޓް ކުރިއެރުވުމަށް ގިނަ އަހަރުތަކެއް ވަންދެން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކުންފުނިތަކެކެވެ. ނަމަވެސް ރަޝިއާއަށް ދާ ވަފުދާ ގުޅޭ އެއްވެސް މައުލޫމާތެއް އެ ކުންފުނިތަކަށް ހިއްސާކޮށްފައި ނުވާ ކަމަށާއި، އެ ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ދީފައި ނުވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

މި މައްސަލައިގައި އެ ޖަމިއްޔާގެ ކަންބޮޑުވުމަކީ ވަފުދުގައި ދަތުރުކުރާ ވަކި ބަޔަކާ މެދު އޮތް ހިތްހަމަނުޖެހުމެއް ނޫން ކަމަށާއި، އެއީ އެންމެނަށް ހަމަހަމަ ފުރުސަތުތަކެއް ލިބިދިނުމާ ގުޅޭ ކަމެއް ކަމަށް އޭޓީއޭ އިން ބުނެ އެވެ. ސަރުކާރުގެ ތާއީދާއި ތަމްސީލުވުން އޮންނަ މިފަދަ މިޝަންތަކުގައި އަމިއްލަ ފަރާތްތަކުން ބައިވެރިވުމުގެ ފުރުސަތު ދޭންވާނީ ދެފުށް ފެންނަ، އިންސާފުވެރި އަދި ހަމަހަމަ އުސޫލެއްގެ ދަށުން ކަމަށް އެ ޖަމިއްޔާއިން ދެކެ އެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، މިފަދަ ދަތުރުތަކުގެ މައުލޫމާތު ދުރާލައި އިންޑަސްޓްރީގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް އެންގުމަށާއި، ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލުމަށް އޭޓީއޭ އިން ވަނީ ހުށަހަޅާފަ އެވެ. އަދި ޖާގަ މަދު ހާލަތްތަކުގައި ބައިވެރިން ހޮވާނެ ސާފު މިންގަނޑުތަކެއް ކަނޑައެޅުމަކީ ސަރުކާރާއި ސިނާއަތާ ދެމެދު އޮންނަ އިތުބާރު ބަދަހިވެ، އޮޅުންބޮނބުންތައް ނެތިގެންދާނެ ކަމެއް ކަމަށް ވެސް އެ ޖަމިއްޔާއިން ދެކެ އެވެ.

އޭޓީއޭ އިން ބުނެފައިވަނީ އެ ޖަމިއްޔާއިން އެދެނީ ވަކި ހާއްސަ އިނާޔަތްތަކެއް ލިބުން ނޫން ކަމަށާއި، އެދެނީ ހަމައެކަނި މައުލޫމާތު ނުލިބުމުގެ ސަބަބުން ސިނާއަތުގެ އެއްވެސް ހިއްސާދާރަކު ބާކީ ނުވުން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ސަރުކާރުން ކުރިއަށްގެންދާ ފަތުރުވެރިކަމުގެ ވަފުދުތަކާއި ބައިނަލްއަގުވާމީ ޕްރޮމޯޝަނަލް ހަރަކާތްތަކުގެ މައުލޫމާތު ހުޅުވާލެވިފައިވާ ސާފު އުސޫލެއްގެ ދަށުން ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.

މިފަދަ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުން މިނިސްޓްރީއާއި އަމިއްލަ ސެކްޓަރާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެ، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމަށް ސަރުކާރާއި ސިނާއަތުގެ އެންމެ ގާބިލު ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭޓީއޭ އިން ގަބޫލުކުރެ އެވެ. އަދި މި މައްސަލައަށް މިނިސްޓަރުގެ ސަމާލުކަން ލިބި، ކުރިއަށް އޮތް ތަނުގައި އިންސާފުވެރި އަދި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށްދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.

ރައީސް މުއިއްޒުގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަރަށް ބޮޑު ޚަރަދު ކުރައްވައިގެން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާމެދު އިންޑަސްޓްރީގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިން ކޮޅަށް ރައީސް މުއިއްޒުގެ ސަރުކާރުން ފާޅުގައި ތާއީދު ކުރަމުން ދިޔަ ނަަމަވެސް، އަމިއްލަ އޭޖެންޓުން އިސް ނަގައިގެން ރަޝިޔާ މާކެޓް ދެމެހެއްޓުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން ދިއުމުގެ ނަތީޖާ އަކީ  މިއަހަރުގެ މިހާތަނަށް 130،000 އަށްވުރެ ގިނަ ރަޝިޔާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމެވެ. އެގޮތުން ރަޝިޔާއަކީ މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު އަމީންގެ މި ދަތުރުފުޅުގައި ރަޝިޔާގައި އޮޕަރޭޓް ކުރާ އަމިއްލަ އެއަރލައިންއެއް ރާއްޖެ ގެންނަން މަސައްކަތްކުރެއްވި އިރު މި ހުރިހާ ދުވަހު ރާއްޖެއަށް އޮޕަރޭޓް ކުރަމުން އައި ރަޝިޔާގެ ރަސްމީ އެއަރލައިން އެއިރޯފްލޮޓް އިން ވެސް ވަނީ ހިތްހަމަނުޖެހިފަ އެވެ.

ރަޝިޔާ-ރާއްޖެއެއިރޯފްލޮޓް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

05 ޖޫން 2022

އެއިރޯފްލޮޓްގެ ފްލައިޓް ހުއްޓުވުމުން ރަޝިޔާގައި ހުންނަވާ ލަންކާ އެމްބަސެޑަރު ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފި

05 ޖޫން 2022
އެއިރޯފްލޮޓްގެ ފްލައިޓް ހުއްޓުވުމުން ރަޝިޔާގައި ހުންނަވާ ލަންކާ އެމްބަސެޑަރު ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފި
04 ޖޫން 2022

އެއިރޯފްލޮޓް އިން ލަންކާއަށް ދަތުރުކުރުން މެދުކަނޑާލައިފި

04 ޖޫން 2022
އެއިރޯފްލޮޓް އިން ލަންކާއަށް ދަތުރުކުރުން މެދުކަނޑާލައިފި
24 އެޕްރީލު 2022

އަންނަ މަހުގެ 14 ގައި އެއިރޯފްލޮޓުގެ ދަތުރުތައް ފަށަނީ

24 އެޕްރީލު 2022
އަންނަ މަހުގެ 14 ގައި އެއިރޯފްލޮޓުގެ ދަތުރުތައް ފަށަނީ
05 މާރިޗު 2022

އެއިރޯފްލޮޓްގެ ބައިނަލްއަގުވާމީ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން ނިންމައިފި

05 މާރިޗު 2022
އެއިރޯފްލޮޓްގެ ބައިނަލްއަގުވާމީ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް