Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޯލިޝަން

ކޯލިޝަން ރޫޅިގެން ދިޔުމަށް ރައީސް ސޯލިހު އެއްވެސް ފުރުސަތެއް ނުދެއްވާ: މިނިސްޓަރު އިމްރާން

ކޯލިޝަންގައި ތިއްބެވި ބައެއް ބޭފުޅުން ހިޔާލު ތަފާތުވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 27 ޖުލައި 2020 | ހޯމަ 02:55
ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ލީޑަރުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ލީޑަރުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ކޯލިޝަން ރޫޅިގެން ދިޔުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ސޯލިހު އެއްވެސް ފުރުސަތެއް ނުދެއްވާ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރުނު 56 ވަނަ މިނިވަން ދުވަހާއި ގުޅިގެން ރާއްޖެޓީވީގައި ކުރިއަށް ގެންދިޔަ ޚާއްސަ ލައިވް ކަވަރޭޖްގައި ޕްރޮގްރާމުގައި އާދިއްތަ ދުވަހު ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކޯލިޝަންގައި ތިއްބެވި ބައެއް ބޭފުޅުން ހިޔާލު ތަފާތުވެ، ކަންކަމުގައި ތަފާތު ވިސްނުންތައް ގެންގުޅުއްވާ ކަމަށެވެ. އެހެންނަމަވެސް ކޯލިޝަން ރޫޅާލުމަށްފަހު ދިޔުމުގެ ވިސްނުމެއް އެއްވެސް ބޭފުޅަކު ގެންގުޅުއްވާ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

ކޯލިޝަންގެ ވެރިޔަކަށް ހުންނަވާ ބޭފުޅަކު ވެސް ކޯލިޝަނަށް އިހްތިރާމުކޮށް އެ އެއްބަސްވެވުނު ގޮތަށް ކުރިއަށްދާން ޖެހޭނެ ކަަމަށާއި ހަމަ އެފަދައިން ކޯލިޝަންގެ ބައިވެރިން ވެސް އެއްބަސްވެވުނު ގޮތަށް ކުރިއަށްދާން ޖެހޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އެގޮތަށް އަމަލު ކުރުމުން ވެރިކަމުގެ ނިޒާމު ނުރޫޅި، އެ ނިޒާމު ނުގެއްލި ސުލްހަވެރިކަމާއެކު ކުރިއަށްދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

5 އަހަރުގެ ދައުރެއް ނިިންމާ ރައްޔިތުންނަށް ވައުދުވީ ކަންތައްތައް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރުމަކީ ކޯލިޝަންގައި ހިމެނޭ އެންމެންގެ މައްޗަށް ލާޒިމުވާކަމެއް އިމްރާން ވިދާޅުވިއެެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައިވާއިރު ރައީސް ސޯލިހް ވެސް ވަނީ ކޯލިޝަން ދެމި އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މިދިޔަ ޖޫން މަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރު ކޯލިޝަންގެ މުސްތަގުބަލާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ، ރައްޔިތުން މި ސަރުކާރު އިންތިހާބު ކުރީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން ކޯލިޝަން ދެމި އޮންނާނެ ކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރޮޓިކް ޕާޓީ (އެމްޑީޕީ) އަދި މޯލްޑިވްސް ރީފޯރމް މޫވްމެންޓް (އެމްއާރުއެމް) ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވަނީ ކޯލިޝަންގައި ދެމި ތިއްބަވާނެ ކަަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

މި ސަރުކާރު އަލުން އިންތިޚާބު ވިޔަސް ދެން ވެސް އެމްއާރްއެމް އޮންނާނީ ސަރުކާރާއެކު ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ. އަދި ރައީސް މައުމޫން ވިދާޅުވީ ރައީސްއާ އޮންނަ ގުޅުން ވަރަށް ރަނގަޅު ކަމަށާއި ރައީސް ސޯލިހަކީ އެމަނިކުފާނު ވަރަށް އިޙްތިރާމު ކުރައްވާ ބޭފުޅެއް ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުުގެ ލީޑަރު އަލީ އާޒިމް ރާއްޖެ.އެމްވީ އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ކޯލިޝަނެއްގައި މަސައްކަތް ކުރަމުން ޖެހުމުން ދަތިތަކާއި ދިމާވާ ކަމަށާއި، އެކަމަކު ކޯލިޝަން ރޫޅާލުމުގެ ވިސްނުން އެމްޑީޕީން ނުގެންގުޅޭ ކަމަށެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނެނީ ވެރިކަން ހިންގާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްއާރުއެމް އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއެވެ. މި ޕާޓީތަކުގެ ތެރެއިން ސަރުކާރުގައި އެމްޑީޕީގެ ހިއްސާ އަކީ 40 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީ 25 ޕަސެންޓް، އަދާލަތު ޕާޓީ 15 ޕަސެންޓް އަދި ކުރީގެ ރައީސް މައުމޫންގެ އެމްއާރުއެމަށް ކޯލިޝަން ސަރުކާރުން ދޭން އެއްބަސްވެފައިވަނީ 20 ޕަސަންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު