Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ރައީސް ނާސިރު

ކުރީގެ ރައީސް ނާސިރަކީ ކޯފާ ވިޔަސް، އަޑުގަދަ ކުރައްވާ ބޭފުޅެއް ނޫން: މައިޒާން އުމަރު މަނިކު

26 ޖުލައި 2020 | އާދީއްތަ 13:43

މާވާހަކަ ގިނަ ނުކުރައްވާނެ، ވިދާޅުވާ ވާހަކައެއް ވަރަށް ސާފުކޮށް، ވިދާޅުވާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 26 ޖުލައި 2020 | އާދީއްތަ 13:43
އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު

އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު

ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވާ ދެއްވުމުގެ މޭސްތިޔާ، ކުރީގެ ރައީސް އަލްމަރުހޫމް އިބްރާހީމް ނާސިރުއަކީ ކޯފާ ވިޔަސް، އަޑު ގަދަ ކުރައްވާ ބޭފުޅެއް ނޫންކަމަށް، އެމަނިކުފާނުގެ ވެރިކަމުގެ ޒަމާނުގައި އަރިހުގައި އުޅުއްވި، މައިޒާން އުމަރު މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަން ކަމަށް 55 އަހަރުފުރުމުގެ މުނާސަބަތާއި ގުޅިގެން، ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މައިޒާން އުމަރު މަނިކު ވިދާޅުވީ، އެންމެ ފުރަތަމަ ނާސިރުއާ ދިމާވެވަޑައިގެންނެވީ ސިލޯނުގައި ކިޔަވަން ހުންނެވި ދުވަސްވަރު ކަމަށެވެ. އަދި ފަހުން މާލެ ބަދަލުވެ، ނާސިރާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިލެއްވި ކަމަށާއި އެމަނިކުފާނަކީ، ވަރަށް ގޮތެއްގައި ހުންނަވާ ބޭފުޅެއް ކަމަށެެވެ.

Advertisement - newsAdvertisement

އެގޮތުން، ނާސިރަކީ މާގިނައިން ވާހަކަ ދައްކަވާ، ބޭފުޅެއް ނޫން ކަމަށާއި، ވިދާޅުވާ އެއްޗެއް ވަރަށް ސާފުކޮށް، ކުރަން އަންގާ ކަމެއްނަމަ، އެކަން ކުރަންޖެހޭގޮތް ވަރަށް ސާފުކޮށް ވިދާޅުވެދެއްވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން، އެކަންކަމުގައި އުޅުއްވާ ބޭފުޅުން ވަރަށް ސަމާލުވެ އަޑު އައްސަވަން ޖެހޭ ކަމަށާއި، ތަކުރާރުކޮށް، އެއް ވާހަކައެއް ދައްކަން ޖެހުމަކީ ނާސިރު އެހާ ގަޔާވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.

މައިޒާން އުމަރު މަނިކު ވިދާޅުވީ، ނާސިރަކީ، ހަށިގަނޑުގައި ވެސް ވަރަށް ބާރު ހުންނަ ބޭފުޅަކަށްވާތީ، އަމަލީ ގޮތުންވެސް ބައެއް ކަންކަން ކުރެއްވުމުގައި އުޅުއްވި ކަމަށެވެ. އެގޮތުން، ބައެއް ފަހަރު، ބަރުކަމުން ނުނެގޭ އެއްޗެއްނަމަ، މީސްމީހުންނަށް އެހީތެރިވުމުގެ ގޮތުން، ނާސިރު އަމިއްލަފުޅަށް އެހީތެރިކަން ވެދެއްވާ، އެ އެއްޗެއްގެ އެއްކޮޅުގައި ހިއްޕަވާ ކަމަށް އުމަރު މަނިކު ވިދާޅުވި އެވެ.

މީގެ އިތުރުން އުމަރު މަނިކު ވިދާޅުވީ، ނާސިރަކީ ކޯފާ އިސްކުރައްވާ ހިނދުވެސް އަޑު ގަދަ ކުރައްވާ ބޭފުޅެއް ނޫންކަމަށާއި، އެމަނިކުފާނު ކޯފާ އިސްކުރެއްވިކަން އެނގޭނީ އެ މަނިކުފާނުގެ ލޯފުޅުން ކަމަށެވެ.

ނާސިރަކީ ކާރުކޮޅު އަމިއްލައަށް ދުއްވާ، ވަރަށް ހެނދުނާ ތެދުވެވަޑައިގެން، ރަށުތެރެ ބައްލަވާ އަދި ކުރަމުންދާ މަސައްކަތްތައް ބަރާބަރަށް ބައްލަވަމުން ގެންދެވި ބޭފުޅެއްކަމަށާއި، މީސްމީހުންނާ ހަވާލު ކުރައްވާ މަސައްކަތްތައް ވާނުވާ ނޭނގޭ ގޮތަށް މައުލޫމާތު ދެއްވުމަކީ ނާސިރު ކޯފާވާ ކަމެއްކަމަށް އުމަރު މަނިކު ވިދާޅުވިއެވެ.

އިބްރާހިމް އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނަކީ ދިވެހިރާއްޖެ މިއަދު މިދެކޭ، ފުރިހަމަ މިނިވަން ކަމުގެ ބާނީއެވެ. ނާސިރުގެ ވެރިކަމުގެ ދައުރުގައި ރާއްޖޭގެ ތަރައްގީއަށް ފުރިހަމަ ބިންގަލެއް އެޅިގެން ދިޔަ ކަމަށް ތާރީހު ދިރާސާކުރާ ގިނަ ފަަރާތްތަކުން ބުނެއެވެ. އަދި ރާއްޖޭގެ މަސްވެރިކަމަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެންނަވައި، ފަތުރުވެރިކަން ފެށިފައިވަނީ ވެސް ނާސިރުގެ ވެރިކަމުގައެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް