Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުޅުމާލޭ ސާފާރީ ރޭޕް ކޭސް

ސަފާރީ ރޭޕް ކޭސްގައި އަނިޔާ ލިބުނު މީހާ އާޒިމާ ޝަކޫރާ އެއްވެސް މުއާމަލާތެއް ނުކުރޭ: ވަކީލުން

މެންދުރު އޮންލައިން އިން ހަދަނީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 ޖުލައި 2020 | ހުކުރު 13:22
ކުރީގެ ބަންޑާރަނައިބް އާޒިމާ ޝަކޫރް- އާޒިމާވެސް ވަނީ މެންދުރު އޮންލައިންއަށް މައުލޫމާތު ނުދެއްވާކަމަށް ވިދާޅުވެފައި

ކުރީގެ ބަންޑާރަނައިބް އާޒިމާ ޝަކޫރް- އާޒިމާވެސް ވަނީ މެންދުރު އޮންލައިންއަށް މައުލޫމާތު ނުދެއްވާކަމަށް ވިދާޅުވެފައި

ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އަނިޔާ ލިބުނު މީހާ ކުރީގެ ބަންޑާރަނައިބް އާޒިމާ ޝަކޫރާ މުއާމަލާތު ކުރިކަމަށް ބުނާ ޚަބަރު އަނިޔާ ލިބުނު މީހާގެ ޤާނޫނީ ޓީމުން ދޮގުކޮށްފިއެވެ.

މި ހާދިސާގައި އަނިޔާ ލިބުނު ކެންޔާ އަންހެންމީހާގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ، އޭނާއަށް ދިމާވި ކަންކަން ކުރީގެ ބަންޑާރަ ނައިބާ ހިއްސާ ކޮށްފައިވާ ކަމަށް ބުނެ، މެންދުރު އޮންލައިން ކިޔާ ނޫހަކުން ނެރުނު ބަޔާނުގައި ވަނީ ސައްޙަ ނޫން މައުލޫމާތުތަކެއް ކަމަށެވެ. އެގޮތުން އާޒިމާ އަކީ އޭނާ ދަންނަ ފަރާތެއް ނޫން ކަމަށާއި، އެއްވެސް އިރެއްގައި އާޒިމާއާއެކު އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާ ކަމަށް ބަޔާން ކޮށްފައިވެއެވެ.

Advertisement - newsAdvertisement

ރޭޕް ކޭސްގެ މައްސަލައިގައި މެންދުރު އޮންލައިންގައި ޝާޢިއު ކޮށްފައިވާ ލިޔުމަކީ އާޒިމާ ދެއްވި މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެއް ކަމަށް އެއޮންލައިންއިން ބުނުމާއި ގުޅިގެން އެއަށް އާޒިމާ ވެސް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން އާޒިމާ ވިދާޅުވީ، މެންދުރު އޮންލައިން އިން ހަދަނީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އަދި އެފަދަ އެއްވެސް ނޫހަކާއި ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި މި މައްސަލައިގައި ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވެފައި ވަނީ މެންދުރު އޮންލައިންއަށް އެކަމަނާ މައުލޫމާތު ދެއްވިނަމަ ދެއްވި ގޮތަކާއި ވާހަކަ ދެއްކި މީހަކު ހުންނަންވާނެ ކަމަށެވެ.

ރޭޕް ކޭސް އާ ގުޅޭގޮތުން އާޒިމާ މައުލޫމާތު ދެއްވި ކަމަށް ބުނެ މެންދުރު އޮންލައިންގެ ފަރާތުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ އޮންލައިންގެ ފަރާތަކަށް ކުރީގެ ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ބޭކަނބަލަކު ބޭރުގެ އަންހެން ކުއްޖެއް ސަފާރީ އެއްގައި ރޭޕް ކޮށްގެން އުޅޭ ކަމަށާއި އަދި މިވާހަކަ މެންދުރު އޮންލައިން އަށް ސީދާ ވިކްޓިމްގެ ފަރާތުން ގެނެސްދޭނެ ކަމަށް ބުނެ ވަރަށް އިތުބާރު ކުރެވޭ ގޮތަކަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.

އަދި ވިކްޓިމް ކަމަށް ބުނާ ފަރާތަކުން ފޯނު ދެމުވެރިކޮށް ކުޑައިރުކޮޅެއްވަންދެން ވާހަކަ ދެއްކުމަށްފަހު، ވިކްޓިމްއަށް މިވާހަކަތައް ކިޔައިދޭން ވަރަށް އުނދަނގޫވާނޭ ކަމަށް ބުނެ، ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު މެންދުރު އޮންލައިން އަށް ކިޔައިދިނީ ދިވެހިބަހުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ކަމަށް ބަޔާނުގައި ވެއެވެ.

ނަމަވެސް މިފަހުން މެންދުރު އޮންލައިން އިން ބެލި ބެލުމުން އެނގިގެން ދިޔައީ، ސަފާރީގައި ހިނގާފައިވަނީ ރޭޕްގެ މައްސަލައެއް ނޫންކަމަށާއި މި މައްސަލަ ”ރޭޕް ކޭސް“ ގެ ގޮތުގައި، ބޮޑުކޮށްލީ މީގައި ސިޔާސީ ފަރާތްތަކަކާއި ގުޅުން ހުރި ބައެއް ތިބުމުން، މިކަން ސިޔާސީ ކޮށްލުމަށްޓަކައި އެ ނިޔަތުގައިކަން މެންދުރު އޮންލައިން އަށް ކަށަވަރުވެފައިވާ ކަަމަށް އެ އޮންލައިނުން ބުނެއެވެ.

އެހެންކަމުން މެންދުރު އޮންލައިން އަށް ބޮޑުއޮޅުވާލުމެއް އޮޅުވާލާ އަދި މެންދުރު އޮންލައިން މިފަދަ ސިޔާސީ ކަމެއްގައި ޖައްސާ އަދި ގަންބުވާލާފައިވާތީ، ވިކްޓިމްގެ ކިބައިންނާއި އަދި މި މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކުންނާއި އަދި އާންމު ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށް ބަޔާނުގައި ވެއެވެ.

މި މައްސަލާގައި ވިކްޓިމްއާ ހަވާލާދީ ފުލުހުން ބުނެފައިވަނީ މެންދުރު އޮންލައިންއަށް އޭނާ އެއްވެސް މައުލޫމާތެއް ދީފައި ނުވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު