Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީންގެ މައްސަލަ

ބިދޭސީންނަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެކޭ ބުނަނީ ފޭލްވެފައި އޮތް ނިޒާމެއް ފޮރުވަން: ހިއުމަން ރައިޓްސް ވޮޗް

24 ޖުލައި 2020 | ހުކުރު 07:06

ހައްޔަރުކޮށްފައި ތިބި ބިދޭސީން ދޫކޮށްލަން ގޮވާލި

އަލީ ސަމާޚް
އަލީ ސަމާޚް | 24 ޖުލައި 2020 | ހުކުރު 07:06
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް

ރާއްޖޭގައި ބިދޭސީންގެ މައްސަލަ ގޮސްފައި އޮތް ހިސާބަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސް އޮތް މައްސަލައެއް ކަމަށް ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން ވިދާޅުވަނީ، ފެއިލްވެފައިވާ ނިޒާމު ފޮރުވަން ވެގެން ކަމަށް ހިއުމަން ރައިސްޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ތުހުމަތު ކޮށްފިއެވެ.

ބިދޭސީންނަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ވިދާޅުވެފައެވެ. ޝަމާލް ސިފަކުރައްވާ ގޮތުގައި ރާއްޖެއިން ފެންނަނީ އަސްކަރީ ބާރަަކުން ގައުމެއް ހިފުމުން ފެންނަ މަންޒަރެވެ.

Advertisement - newsAdvertisement

ބިދޭސީންނާ މެދު ރާއްޖެއިން ކަންތައްކުރަމުންދާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރަމުން އެޗްއާރްޑަބްލިއު އިން ނެރުނު ބަޔާނެއްގައި އެ ޖަމިއްޔާއިން ވަނީ ހައްޔަރު ކޮށްފައި ތިބި ބިދޭސީންނަށް ދައުވާ ނުކުރުމަށް ގޮވާލާފައެވެ. އަދި އެ ބިދޭސީން މިހާރުން މިހާރަށް މިނިވަންކޮށް ބިދޭސީންނަށް ކުރިމަތިވާ މައްސަލަތަކަަށް ހައްލެއް ގެނައުމަށް ވެސް ގޮވާލާފައެވެ. އެ ޖަމިއްޔާގެ އޭޝިޔާގެ ޑިރެކްޓަރ ޕެޓްރީޝިއާ ގޮސްމަން ވިދާޅުވީ، ބިދޭސީން ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމުގެ ބަދަލުގައި އެ އެމީހުންނަށް ދޭން ޖެހޭ އަސާސީ ހައްގުތައް ކަށަވަރު ކޮށްދޭން ޖެހޭ ކަމަށެވެ.

ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންނާ މެދު އަމަލުކުރަނީ ވަރަށް އިހާނެތި ގޮތަށް ކަމަށް އެޗްއާރްޑަބްލިއު އިން ބުންޏެވެ. ބިދޭސީންގެ ހައްގުތައް ރައްކާތެރިކޮށްދޭ އިންޓަނޭޝަނަލް ކޮންވެންޝަން އޮފް މައިގްރެންޓް ވޯކާސް އާއި އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ 2014، ޕްރޮޓްކޯލް ޓު ދަ ފޯސް ލޭބަރ ކޮންވެންޝަން އަށް ސަރުކާރުން އަމަލުކުރަން ޖެހޭ ކަމަށް އެޖަމިއްޔާގެ ބަޔާނުގައި ގޮވާލިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރޭ ޓްރެފިކިން އިން ޕަރސަން ރިޕޯޓްގެ ޖޫން މަހުގެ އެޑިޝަންގައި ރާއްޖެ ހިމަނާފައިވަނީ ''ޓަޔަރ 2 ވޮޗް ލިސްޓް'' ގައެވެ. އެއީ ވަގުފާރި ކުރުމާއި، ގަދަކަމުން މަސައްކަތް ކުރުވަން މަޖްބޫރު ކުރުވުމާއި، އޮޅުވާލައިގެން ބިދޭސީން އެތެރެކުރާ ކަމުގެ ތުހުމަތުތަކާއި އެކުއެވެ.

ގޮސްމަން ވިދާޅުވީ، ބިދޭސީންގެ ވަގުފާރި ނިމުމަކަށް ގެނެސް ބަސް ބުނުމުގެ މިނިވަންކަން ފަހިކޮށްދީ، ބިދޭސީ މަސައްކަތްތެރިން ތިބޭނެ ތަނަކާއި، އެމީހުންނަށް ސިއްހީ ނިޒާމުގެ އިތުރުން އަސާސީ މުސާރާ ލިބޭތޯ ސަރުކާރުން ކަަށަވަރު ކުރަން ޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް