Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުރީގެ ދެ ރައީސުން

ރައީސް ނަޝީދާއި ރައީސް މައުމޫންގެ ބަސްފުޅު: އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމަށްޓަކައި!

ޑިމޮކްރަސީގެ އުސޫލްތަކާ ދިމާލަށް ރާއްޖެ އަނބުރާލުމުގެ ފުރުސަތު ލިބިގެންދާނެ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 25 މާރިޗު 2017 | ހޮނިހިރު 12:37
ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލްގައްޔޫމް

ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލްގައްޔޫމް

ޕާޓީތައް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރީ ގައުމުގެ ހައްގުގައި ކަމަށް ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އާއި، ޕީޕީއެމާއި، ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައި ވަނީ ހުކުރު ދުވަހު އެވެ. އެ އެއްބަސްވުމުގައި އެމްޑީޕީގެ ފަރާތުން ރައީސް ނަޝީދު ސޮއިކުރެއްވި އިރު، ޕީޕީއެމްގެ ފަރާތުން ސޮއިކުރެއްވީ ރައީސް މައުމޫނެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެއްބަސްވުމުގައި ސޮއިކުރެއްވި އިރު، އަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އެވެ.

އެ އެއްބަސްވުމާ ގުޅޭ ގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ސިޔާސީ ފިކުރުތަކަށް ވެސް އެއްކޮށް މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމްކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެ އެއްބަސްވުމާއެކު ޑިމޮކްރަސީގެ އުސޫލްތަކާ ދިމާލަށް ރާއްޖެ އަނބުރާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ ހުރިހާ ފަރާތްތަކަށް އެކަމުގެ މަރުހަބާ ދަންނަވާފަ އެވެ.

އެއްބަސްވުމާ ގުޅޭ ގޮތުން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މާތްﷲގެ ވާގިފުޅާއެކުު ގައުމު އިސްލާހު ކުރުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމު އިސްލާހު ކުރުމުގެ ހެޔޮ ނިޔަތުގައި ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާ އިރު، ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމް ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް ވަނީ ރައީސް މައުމޫންގެ ނަންފުޅުގައި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެހެން ފަރާތެއް ކަމަށް ވިދާޅުވެފަ އެވެ. ޚަލީލް ވިދާޅުވީ "ފަނާކުރާ ފިކުރާ" އެކު ރައީސް މައުމޫން އެއްބަސްވުމުގައި ސޮއި ނުކުރައްވާނެ ކަމަށެވެ.

ރައީސް މައުމޫން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނިކޮށް، ރައީސް ޔާމީންގެ ޕީޕީއެމް ފެކްޝަނުގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ޕީޕީއެމްގެ ނަމުގައި އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރެވޭނީ އެ ޕާޓީގެ ކައުންސިލުން ފާސްކޮށްގެން ކަމަށާއި އެހެންވެ އިދިކޮޅު ފަރާތްތަކާ އެކު ކޯލިޝަން އެއްބަސްވުމުގައި ޕީޕީއެމްގެ ރައީސް މައުމޫނަށް ސޮއިނުކުރެއްވޭނެ ކަމަށް ވިދާޅުވެފަ އެވެ.

އަބްދުއްރަހީމް އަށް ރައްދު ދެއްވައި، ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ޕީޕީއެމް ކައުންސިލް މެންބަރު ޔުމްނާ މައުމޫން ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީ ހިންގުމުގެ ހުރިހާ ޒިންމާއެއް މެންބަރުން ހަވާލު ކުރައްވާފައި ވަނީ ޕާޓީގެ ރައީސްއާ ކަމަށެވެ.

ޔުމްނާ ވިދާޅުވީ ކައުންސިލުގައި މަޝްވަރާކޮށް، ޕާޓީގެ ރައީސް އަށް އިޚްތިޔާރު އަރުވާފައި ވާތީ ޕީޕީއެމްގެ ރައީސް މައުމޫނަށް އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށެވެ.

ހަތަރު ޕާޓީގެ ލީޑަރުން ހުކުރު ދުވަހު ސޮއިކުރެއްވި އެއްބަސްވުމުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކާއި ސިޔާސީ ހުރިހާ ފިކުރެއްގެ ފަރާތްތަކުގެ މެދުގައި ކުރެވޭ ބިނާކުރަނިވި މައުނަވީ މަޝްވަރާތަކެއްގެ މައްޗަށް ބިނާކޮށް މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތާއި ގައުމީއްޔަތު ހިމާޔަތްކޮށް ދިވެހިރާއްޖޭގެ ބިންބިމާއި ފަޅުފަޅާއި ގުދުރަތީ ވަސީލަތްތަކުގެ މިލްކުވެރިކަން ހިމާޔަތްކޮށް ސިޔާސީ ގޮތުން އުފެދިފައިވާ ނުތަނަވަސްކަން ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ދިވެހިރައްޔިތުންގެ ކިބައިން ނިގުޅައިގަންނަމުން ގެންދާ މަދަނީ އަދި ސިޔާސީ ހައްގުތައް ރައްކާތެރިކޮށް ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބުތަކަކީ މިނިވަން އިންސާފްވެރި އަދި ސިޔާސީ ޕާޓީތަކުން އިޙްތިޔާރު ކުރާ ކެންޑިޑޭޓުން ވާދަކުރެވޭ އިންތިހާބަކަށް ހަދާނެ ކަމަށް އެއްބަސްވުމުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ސިޔާސީ ސަބަބުތަކަށްޓަކައި ނުހައްގުން ހައްޔަރުކޮށް ތަހުގީގު ކުރަމުންދާ ނުވަތަ ދައުވާ އުފުލި ނުވަތަ ދައުވާ އުފުލުމުގެ މަގުމަތީގައިވާ މީހުންނާއި އަދި ހުކުމް ކޮށްފައިވާ މީހުން މިނިވަން ކުރުމަށް މަސައްކަތް ކުރުމަށް އެއްބަސްވެފައި ވެއެވެ.

ހަމައެހެންމެ، ސަރުކާރުގެ ތެރޭގައި ހިންގަމުން ގެންދާ ކޮރޮޕްޝަނާއި ވައްކަމުގެ އަމަލުތައް ހުއްޓުވައި ނުހައްގުން ނިގުޅައިގަނެފައިވާ މުއާމަލާތްތަކާއި ރައްޔިތުންގެ މުދާ އަލުން އިޔާދަކޮށް ގައުމު ބިނާ ކުރުމަށްޓަކައި އަދި ގައުމާއި ރައްޔިތުންގެ ތަަރައްގީ ގާއިމް ކުރުމުގެ ގޮތުން ދިވެހިރާއްޖެ އަށް ދެމެހެއްޓެނެވި ހަމަޖެހުން ހޯދުމަށް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އެއްބަސްވުމުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީގެތަކުގެ ލީޑަރުންގެ މެދުގައި އެއްބަސް ވެވޭ ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުގައްޔާއި ސިޔާސީ މަސްރަހުގައި އެކުގައި ގުޅިގެން މަސައްކަތް ކުރުުމަށް ހަތަރު ސިޔާސީ ލީޑަރުން ސޮއިކޮށް އެއްބަސްވެފައި ވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު