Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމް

ގާސިމްއާ ދެކޮޅަށް ހެއްކެއް ނެތް، ބަންދުގެ އަމުރު އިސްތިއުނާފް ކުރާނަން: ވަކީލުން

ހަ ދުވަސްތެރޭގައި ހެކި ހުށަހަޅަންޖެހޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 7 އެޕްރީލު 2017 | ހުކުރު 21:02
ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރުމުގެ ތެރެއިން

ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރުމުގެ ތެރެއިން

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވާއިރު ގާސިމްއާ ދެކޮޅަށް ފުލުހުންނަށް އެއްވެސް ހެއްކެއް ދެއްކިފައި ނުވާ ކަމަށާއި ގާސިމް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ގާސިމްގެ ވަކީލުން ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހީމް ހަ ދުވަހަށް ފުލުހުންގެ ބަންދުގައި ބަހައްޓުމަށް ކްރިމިނަލް ކޯޓުން މުއްދަތު ޖެހިގޮތާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ ގާސިމްއާ ދެކޮޅަށް ކުރިއަށް ގެންދާ މައްސަލައަކީ ގާނޫނީ އެއްވެސް އަސާސެއްގެ މައްޗަށް ތުހުމަތުކޮށް ކުރިއަށް ގެންދާ މައްސަލައެއް ނޫންކަން ޝަރީޢަތުގެ މަޖިލީހުގައި ފާހަގަ ކުރެއްވި ކަމަށެވެ.

Advertisement - newsAdvertisement

ހިސާން ވިދާޅުވީ ގާސިމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި ފުލުހުންގެ އަތުގައި އެއްވެސް ހެއްކެއް ނެތްއިރު ހެއްކަށް ނުފޫޒް ފޯރުވާ އަދި ހެކި ފޮރުވާނެ ގޮތެއް ވެސް ނެތްކަން ޝަރީޢަތުގެ މަޖިލީހުގައި ފާހަގަ ކުރެއްވި ކަމަށެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ ގާސިމްގެ މައްޗަށް ތުހުމަތުކޮށް ފުލުހުން ވިދާޅުވާ ކަންތައްތަކާ އަދި ގާސިމްގެ މައްޗަށް ތުހުމަތު ކުރެވޭ ކަންތައްތަކާ ހަވާލާދޭ ގާނޫނުގެ މާއްދާތަކާ ދިމާ ނުވާ ކަމަށެވެ.

ހިސާން ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅޭ ހެކި ނައްތާލާ އަދި ހެއްކަށް ނުފޫޒް ފޯރުވާފާނެ ކަމަށް ފުލުހުން ކޯޓުގައި ބުނިއިރު އެފަދަ ކަމެއް ކުރެއްވުމަށް މިހާތަނަށް ގާސިމް މަސައްކަތް ކުރެއްވިކަން ނުވަތަ މަސައްކަތް ކުރަައްވަން އުޅުއްވިކަން ފުލުހުން އިންޓަލިޖެންސް ރިޕޯޓުގައި ފާހަގަ ކުރަން ޖެހޭނެ ކަން ޝަރީޢަތުގެ މަޖިލީހުގައި ފާހަގަ ކުރެއްވި ކަމަށެވެ. ނަމަވެސް އެ ވާހަކަތައް ފަނޑިޔާރު އެއްޗެއް ވިދާޅުނުވާ ކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ކްރިމިނަލް ކޯޓުން ގާސިމް އިބްރާހީމްގެ މައްޗަށް ބަންދުގެ މުއްދަތު ޖެހީ ފުލުހުން ހުށަހެޅި އިންޓަލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި އެ އިންޓަލިޖެންސް ރިޕޯޓުގައި ގާސިމް އިބްރާހީމް ފުލުހުންގެ ބަންދުގައި ބަހައްޓަން ޖެހޭ ހެކިތައް ފެންނާނެ ކަމަށް ފުލުހުން ޝަރީޢަތުގެ މަޖިލީހުގައި ފުލުހުން ބުނި ކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ފުލުހުން ހުށަހެޅި އިންޓަލިޖެންސް ރިޕޯޓް ފިޔަވައި ގާސިމް އިބްރާހީމްއާ ދެކޮޅަށް އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ގާސިމް ފުލުހުންގެ ބަންދުގައި ބަހައްޓަން ބޭނުން ވަނީ ގާސިމްގެ މައްޗަށް ތުހުމަތު ކުރެވޭ ކަންތައްތަކާ ގުޅޭ ހެކި ހޯދުމަށް ކަމަށް ފުލުހުން ޝަރީޢަތުގެ މަޖިލީހުގައި ބުނި ކަމަށް ހިސާން ވިދާޅުވިއެވެ. އަދި ހަ ދުވަހުގެ ތެރޭގައި ހެކި ހޯދާ ކޯޓަށް ހުށަހެޅުމަށް ފަނޑިޔާރު ފުލުހުންނަށް އެންގި ކަމަށް ހިސާން ވިދާޅުވިއެވެ.

ބަންދުގައި ގާސިމް ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ފުލުހުން ހުށަހެޅި ކަންތައްތަކާ ބެހޭ ގޮތުން ހިސާން ވިދާޅުވީ ފުލުހުން ގާސިމް ބަންދުގައި ބަހައްޓަން ބޭނުން ވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅޭ ހެކި ނައްތާލާ ހެއްކަށް ނުފޫޒް ފޯރުވަފާނެތީ އާއި، މުޖުތަމަޢުއަށް ނުރައްކާތެރި ބޭފުޅެއް ކަމަށް ގާސިމް ވާތީ މުޖުތަމަޢުގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި ގާސިމް ބަންދުގައިގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ފުލުހުން ހުށަހެޅި ކަމަށް ހިސާން ވިދާޅުވިއެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ ގާސިމް އިބްރާހީމް ފުލުހުންގެ ބަންދުގައި ބަހައްޓާއިރު އެ ބަހައްޓާ ތަނަކީ ވައިލިބޭ ތަނަކަށް ވާން ޖެހޭނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު