Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ-އެލްޖީއޭ

އެލްޖީއޭ ބޯޑުގެ ރައީސް އުޒުރުވެރިވާ ހާލަތުގައި ނައިބު ރައީސަށް ވަގުތީ ބާރުތައް ދޭ ބިލް މަޖިލީހަށް ބަލައިގެންފި

22 ޖުލައި 2020 | ބުދަ 10:14

އެބިލް މަޖިލީހަށް ބަލައިގަންނަން ފާސްކުރީ، ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 67 މެމްބަރުންގެ އިއްތިފާގުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 22 ޖުލައި 2020 | ބުދަ 10:14
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ކާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ކާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނަށް އިސްލާހު ހުށަހަޅުއްވައި، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ ރައީސް އުޒުރުވެރިވާ ހާލަތުގައި އެބޯޑުގެ ނާއިބު ރައީސަށް ވަގުތީ ބާރުތަކެއް ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް، މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި އެބިލް މަޖިލީހަށް ބަލައިގަންނަން ފާސް ކުރީ، ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 67 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލް އިތުރަށް ދިރާސާ ކުރުމަށް ފޮނުވާފައިވަނީ، މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ހުށަހެޅުއްވި، އިސްލާހު ގެނައުމުގެ މި ބިލުގައި، މައިގަނޑު ގޮތެއްގައި ފާހަގަ ކުރައްވާފައިވަނީ، އެލްޖީއޭ ބޯޑުގައި ރައީސާއި ނާއިބު ރައިސް ދައުރާއި، އެލްޖީއޭ ބޯޑުގެ ރިޔާސަތާއި އަދި އެލްޖީއޭ ބޯޑުގެ ޖަލްސާތަކާ ގުޅޭ ބައެއް ކަންކަމެވެ.

އެގޮތުން، އެލްޖީއޭ ބޯޑާ ގުޅޭގުތުން ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެއް ހުންނަވާއިރު، އެ ފަރާތަކީ އެލްޖީއޭ ބޯޑުގެ ރައީސެވެ. ބޯޑުގެ ނައިބު ރައީސަކީ ބޯޑުގެ މެމްބަރުންގެ ތެރެއިން ބޯޑުން އިންތިހާބުކުރާ ފަރާތެކެވެ.

އެލްޖީއޭއާ ގުޅޭގޮތުން މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ފަރާތަކީ ވެސް އެލްޖީއޭގެ ރައީސެވެ. އަދި އެލްޖީއޭގެ ބޯޑުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުލެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރައްވާނީ ބޯޑުގެ ނައިބު ރައީސް ކަމަށް ފިރުޝާން ހުށަހަޅާފައިވާ އިސްލާހުގައި ވެއެވެ.

މީގެއިތުރުން، އެލްޖީއޭގެ ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ ރައީސް ކަމަށްބުނެފައި ވާއިރު، ރައީސަށް ހާޒިރުވެވެން ނެތް ހާލަތުގައި ރިޔާސަތު ބަލަހައްޓަވާނީ ނާއިބު ރައީސެވެ. އަދި ރައީސާއި ނާއިބު ރައީސްއަށް ހާޒިރުވެވެން ނެތް ހާލަތުގައި، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އެ ޖަލްސާއަކަށް ހާޒިރުވި، ތިބި ބޯޑު މެމްބަރުންގެ ތެރެއިން ނަގާ ވޯޓަކުން ކަނޑައަޅާ ފަރާތެއްކަމަށް ބުނެފައި ވެއެވެ.

އެލްޖީއޭ ބޯޑުގެ ޖަލްސާއެއް މަދުވެގެން ހަފުތާއަކު އެއްފަހަރު ބާއްވަންވާނެ ކަމަށް ބުނެފައިވާއިރު، ޖަލްސާއެއް ބޭއްވިދާނެ ގޮތްތައް ކަނޑައަޅާފައި ވެއެވެ. އެގޮތުން، ބޯޑުގެ ރައީސް ޖަލްސާއަކަށް ގޮވާލުން، ބައްދަލުވުމެއް ބޭއްވުމަށް ބޯޑިން ނިންމުން އަދި ބޯޑުގެ މެމްބަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި މެމްބަރުން ތާއީދާއެކު ޖަލްސާއެއް ބާއްވަން އެދުން، ފިރުޝާން ހުށަހަޅުއްވާފައިވާ އިސްލާހު ގެނައުމުގެ ބިލްގައި ވެއެވެ.

ފިރުޝާން ހުށަހެޅުއްވި، އިދާރީ ދާއިރާތައް ކާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ މި ބިލަށް ބުދަ ދުވަހުގެ ޖަލްސާގައި ވަނީ އިބްތިދާއީ ބަހުސްކުރުމަށް އެޖެންޑާ ކޮށްފައެވެ. އެބިލާ ގުޅިގެން ގިނަ މެމްބަރުން ބަހުސް ކުރެއްވިއިރު، ބައެއް މެމްބަރުން ވިދާޅުވެފައިވަނީ، އެލްޖީއޭއަކީ ސަރުކާރުގެ އިދާރާއެއް ނޫންކަމަށާއި، އެހެންކަމުން ކޮންމެހެން، އެލްޖީއޭ ބޯޑުގައި ވަޒީރުންގެ މަޖިލީހުގެ ވަޒީރަކު ހުންނަވަން ނުޖެހޭ ކަމަށެވެ.

އެލްޖީއޭ ބޯޑުގެ ރައީސަކީ، ހޯމް މިނިސްޓަރގެ ހައިސިއްޔަތުން އިމްރާން އަބްދުﷲ އެވެ. ނައިބު ރައީސަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި، މުހައްމަދު މާހިރު އީސާއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް